ފުރަތަމަ ސަފްޙާ / ޚަބަރު / ހޯކްސް، ލިއޯ އަދި އެމްއޭޑަބްލިއުސީ އިން ގްރޫޕުގެ އެއް ވަނަ ކަށަވަރުކޮށްފި
ހޯކްސް، ލިއޯ އަދި އެމްއޭޑަބްލިއުސީ އިން ގްރޫޕުގެ އެއް ވަނަ ކަށަވަރުކޮށްފި
އެމްއޭޑަބްލިއުސީ އިން ކްލަބް ވެލިގާ ބަލިކުރި މެޗުގެ ތެރެއިން. ފޮޓޯ: ކްލަބް މޯލްޑިވްސް

ހޯކްސް، ލިއޯ އަދި އެމްއޭޑަބްލިއުސީ އިން ގްރޫޕުގެ އެއް ވަނަ ކަށަވަރުކޮށްފި

ފަހުމިނެޓް
ފަހުމިނެޓް
22 ގަޑިއިރު ކުރިން 5 އޮގަސްޓް 2026

ސެކްޓާ ލީގުގައި ރޭ ކުޅުނު މެޗުތަކަށް ފަހު ކްލަބް ހޯކްސް އާއި އެމްއޭޑަބްލިއުސީ އަދި ލިއޯ އެފްސީން ގްރޫޕުގެ އެއް ވަނަ ހޯދައިފި އެވެ. 

ހޯކްސް ގްރޫޕް ބީގެ އެއް ވަނަ ކަށަވަރުކުރީ ރޭ މާކޯ ރެކްރިއޭޝަން ކްލަބް 0-5 އިން ބަލިކޮށްގެންނެވެ. 

މުބާރާތުގެ އެންމެ ވަރުގަދަ އެއް ޓީމުގެ ގޮތުގައި ފެންނަ ހޯކްސް އަށް ރޭ ގޯލުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ނާއިމް އާއި އިބްރާހީމް ނަދާދުގެ އިތުރުން ފާރޫގު އިސްމާއީލް އަދި ހޫދު އަހުމަދު ފަތުހީ އެވެ. މެޗުގައި ނާއިމް ވަނީ ދެ ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. 

ގްރޫޕް ބީގެ އަނެއް މެޗުގައި ރޭ ކްލަބް ލޯކަލްޗާ ވަނީ 1-5 އިން ހެޕީ މާކެޓް ބަލިކޮށްފަ އެވެ. މެޗުގައި ލޯކަލްޗާގެ މުހައްމަދު ފައިޒާން ފަޒީން ހެޓްރިކް ހަދައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ. އަނެއް ދެ ގޯލު ޖެހީ މުހައްމަދު އަނާން އާއި އިސްމާއީލް ލީޒާން އެވެ. ހެޕީ މާކެޓްގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު މުސްލިހެވެ. 

ގްރޫޕް ބީގެ އެއް ވަނަ ހޯކްސް ހޯދީ ތިން މެޗުން މޮޅުވެ 9 ޕޮއިންޓާ އެކު އެވެ. ދެ ވަނަ ލިބުނީ 6 ޕޮއިންޓް ލިބުނު މާކޯ އަށެވެ. ތިން ވަނަ 3 ޕޮއިންޓާ އެކު ކްލަބް ލޯކަލްޗާ ހޯދިއިރު ފުލަށް ދިޔަ ހެޕީ މާކެޓް ވަނީ ތިން މެޗުން ވެސް ބަލިވެފަ އެވެ. 

ރޭ އެމްއޭޑަބްލިއުސީ ވަނީ ވާދަވެރި މެޗަކަށް ފަހު 2-3 އިން ކްލަބް ވެލިގާ ބަލިކޮށްފަ އެވެ. އެމްއޭޑަބްލިއުސީގެ ގޯލުތައް ކާމިޔާބުކޮށްދިނީ ހުސައިން ފަޔާޒާއި އާދަމް ޝަހީމްގެ އިތުރުން މުހައްމަދު އަހުސަމް އެވެ. ވެލިގާގެ ދެ ގޯލު ވެސް ޖެހީ އަހުމަދު ފިރާޝް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެމްއޭޑަބްލިއުސީގެ ފަޔާޒް އެވެ. 

މި ގްރޫޕުގެ އަނެއް މެޗުގައި އިސްލާމިކް ބޭންކުގެ ޓީމު، މިބްސާ ވަނީ 1-6 އިން ބިއޯންޑް ބަލިކޮށްފަ އެވެ. މި މެޗުގައި މިބްސާގެ އިޔާން އަހުމަދު ރަޝީދު ވަނީ ހެޓްރިކް ހަދައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އޭނާގެ އިތުރުން މުހައްމަދު ނާއިޝް އިބްރާހީމް ދެ ގޯލު ޖެހި އެވެ. އަނެއް ގޯލަކީ ބިއޯންޑުގެ އަހުމަދު ފާރިޝް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ބިއޯންޑުގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު މުބީން އެވެ. 

އެސްބީއައިގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: ކްލަބް މޯލްޑިވްސް
އެސްބީއައިގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: ކްލަބް މޯލްޑިވްސް

އެމްއޭޑަބްލިއުސީ އެއް ވަނަ ކަށަވަރުކުރީ ތިން މެޗުން ވެސް މޮޅުވެގެންނެވެ. ދެ ވަނަ ލިބުނީ 6 ޕޮއިންޓް ހޯދި މިބްސާ އަށެވެ. ތިން ވަނަ އަށް 3 ޕޮއިންޓާ އެކު ދިޔައީ ކްލަބް ވެލިގާ އެވެ. ފުލަށް ދިޔައީ ޕޮއިންޓެއް ނުލިބުނު ބިއޯންޑް ރެކްރިއޭޝަނެވެ. 

ގްރޫޕް ސީގައި ރޭ ލިއޯ އެފްސީ ވަނީ 0-3 އިން ބަރޮސް މޯލްޑިވްސް ބަލިކޮށްފަ އެވެ. ލިއޯގެ ގޯލުތައް މެޗުގައި ކާމިޔާބުކޮށްދިނީ އަބްދުﷲ ފިޒާމް އާއި އެމަދާ ސޮލިމަން އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފިޒާމް އެވެ. 

މި ގްރޫޕުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ޓީމު، އެސްބީއައި ވަނީ 0-5 އިން ކްލަބް އެޕޯލޯ ބަލިކޮށްފަ އެވެ. އެސްބީއައި އަށް ގޯލުތައް ކާމިޔާބުކޮށްދިނީ ދެ ގޯލު ޖެހި މުހައްމަދު އައިހަމް އިބްރާހީމް އާއި އުނައިޝް އަހުމަދުގެ އިތުރުން މުސައްނިފް މުހައްމަދު އަދި އަބްދުﷲ ތަހުޝީން އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެސްބީއައިގެ އައިހަމް އެވެ. 

ލިއޯ އެފްސީ ވެސް ގްރޫޕްގެ އެއް ވަނަ ކަށަވަރުކުރީ 9 ޕޮއިންޓާ އެކު އެވެ. މި ގްރޫޕުގެ ދެ ވަނަ ލިބުނީ އެސްބީއައި އަށެވެ. އެޓީމަށް 6 ޕޮއިންޓް ލިބުނެވެ. ބަރޮސް މޯލްޑިވްސް އަށް 3 ޕޮއިންޓާ އެކު ތިން ވަނަ ލިބުނުއިރު ފުލަށް ދިޔައީ ތިން މެޗުން ވެސް ބަލިވި ކްލަބް އެޕޯލޯ އެވެ. 

https://www.fahuminet.com/tournaments/sector-league-2026

ރޭގެ މެޗުތަކާ އެކު ފުރަތަމަ ތިން ގްރޫޕުގެ ކުޅުން ވަނީ ނިމިފަ އެވެ. ގްރޫޕް ޑީ އަދި ގްރޫޕް އީގެ ފަހު މެޗުތައް އޮންނާނީ މިރެ އެވެ. މިރޭ ކުޅޭ މެޗުތަކަށް ފަހު ގަދަ 16 ގެ ޓީމުތައް ކަށަވަރުވެގެންދާނެއެވެ. 

ކޮމެންޓްސް

Matches
3
Ongoing
2
Upcoming
Predict
Settings