ފުރަތަމަ ސަފްޙާ / ޚަބަރު / ނިއު އާއި މާޒިޔާއިން ކަޕް ވިނާސް ކަޕް ފެށީ ވަރުގަދަކޮށް
ނިއު އާއި މާޒިޔާއިން ކަޕް ވިނާސް ކަޕް ފެށީ ވަރުގަދަކޮށް
މޮޅުވި ގޯލު ޖެހުމަށް ފަހު މާޒިޔާގެ އައިހަމް އުފާފާޅުކުރަނީ. ފޮޓޯ: އެފްއޭއެމް

ނިއު އާއި މާޒިޔާއިން ކަޕް ވިނާސް ކަޕް ފެށީ ވަރުގަދަކޮށް

ފަހުމިނެޓް
ފަހުމިނެޓް
18 ގަޑިއިރު ކުރިން 4 އޮގަސްޓް 2026

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން 18 އަހަރަށް ފަހު ފެށި، ކަޕް ވިނާސް ކަޕްގެ ފުރަތަމަ މެޗުތަކުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވެއްޖެ އެވެ. 

މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ނިއު ރޭޑިއަންޓް ވަނީ ބުރު ސްޕޯޓްސް ކްލަބާ ވާދަކޮށް 0-5 އިން މޮޅުވެފަ އެވެ. މާޒިޔާ ކުޅުނު މެޗުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެ މޮޅުވީ 1-2 އިންނެވެ. 

ނިއު ރޭޑިންޓާއި މާޒިޔާ އަކީ މި ސީޒަނުގެ އެފްއޭއެމް ޗެރިޓީ ޝީލްޑްގައި ވާދަކުރި ދެ ޓީމެވެ. އެ މެޗު ޕެނަލްޓީ ޖަހައިގެން ކާމިޔާބުކުރީ މާޒިޔާ އެވެ. 

އިއްޔެ ހަވީރު ނިއު ރޭޑިއަންޓް މޮޅުވި މެޗުގައި ތަފާތަކަށްވީ މި ސީޒަނުގައި ބޮޑު އަގުދީފައި އެ ކްލަބަށް ގެނައި ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ގޮމޭސް ނަސިމެންޓޯ އެވެ. މެޗުގައި ޑޮރީ ވަނީ ހެޓްރިކް ހަދައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. 

ނިއު ރޭޑިއަންޓުގެ އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އާއި އަބްދުއްލައި ބިލިޓީ އެވެ. 

މާޒިޔާ އާއި އޮޑި ސްޕޯޓްސް ވާދަކުރި މެޗުގެ ފުރަތަމަ ގޯލު 18 ވަނަ މިނެޓުގައި ޖެހީ މާޒިޔާގެ ނައްސާހް އިބްރާހީމް ނާސިރެވެ. އޮޑިން އެއްވަރުކުރި ގޯލު 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުޒްދާން ހަސަން އެވެ. މާޒިޔާ މޮޅުވި ގޯލު 78 ވަނަ މިނެޓުގައި ޖެހީ ހުނަރުވެރި މިޑްފީލްޑަރު އަހުމަދު އައިހަމް އެވެ. 

ނިއު ރޭޑިއަންޓުގެ ޑޮރީ (ވ) ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: އެފްއޭއެމް
ނިއު ރޭޑިއަންޓުގެ ޑޮރީ (ވ) ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: އެފްއޭއެމް

ކަޕް ވިނާސް ކަޕްގެ މެޗުތައް ދެން އޮންނާނީ ބުރާސްފަތި ދުވަހު އެވެ. އެދުވަހު ހަވީރު ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ ބުރު ސްޕޯޓްސްއާ ދެކޮޅަށެވެ. ރޭގަނޑު ކުޅޭ މެޗުގައި ނިއު އާއި އޮޑި ވާދަކުރާނެ އެވެ. 

https://www.fahuminet.com/tournaments/cup-winners-cup-2026

ލީގު ބުރުގެ ފަހު މެޗުތައް އޮންނާނީ އޮގަސްޓް 15 ވަނަ ދުވަހު އެވެ. އެންމެ ކުރި ހޯދާ ދެ ޓީމުގެ ފައިނަލް މެޗު އޮންނާނީ އޮގަސްޓް 18 ވަނަ ދުވަހުގެ ރެ އެވެ. 

ކޮމެންޓްސް

Matches
3
Ongoing
1
Upcoming
Predict
Settings