ފުރަތަމަ ސަފްޙާ / ޚަބަރު / އާރުސީސީން ފަހަތުން އަރައި މެޑްޓެކް ބަލިކޮށްފި
އާރުސީސީން ފަހަތުން އަރައި މެޑްޓެކް ބަލިކޮށްފި
އާރްއާރްސީން ފަހަތުން އަރައި މެޑްޓެކް ބަލިކުރި މެޗުގެ ތެރެއިން. މުބާރާތުގެ ވާދަވެރިކަން ވަނީ ބޮޑުވެފަ. ފޮޓޯ: ކްލަބް މޯލްޑިވްސް

އާރުސީސީން ފަހަތުން އަރައި މެޑްޓެކް ބަލިކޮށްފި

ފަހުމިނެޓް
ފަހުމިނެޓް
1 ގަޑިއިރު ކުރިން 3 އޮގަސްޓް 2026

ކްލަބް މޯލްޑިވްސް ސީޒަނުގެ ސެކްޓާ ލީގުގައި، އާރްއާރްސީން ރޭ ފަހަތުން އަރައި މެޑްޓެކް ބަލިކޮށްފި އެވެ. 

ގްރޫޕް އީގައި ހިމެނޭ އާރުސީސީން ރޭ މެޑްޓެކް ބަލިކުރީ 1-2 އިންނެވެ. 

މެޗުގައި މެޑްޓެކްގެ ގޯލު ޖެހީ 11 ވަނަ މިނެޓުގައި އަލީ އިރުފާދު އެވެ. އާރުސީސީގެ ފުރަތަމަ ގޯލު 15 ވަނަ މިނެޓުގައި ޖެހީ އަހުސަން ރަޝާދު އެވެ. 

އާރުސީސީން މެޗުގައި ލީޑު ނަގައި މޮޅުވި ގޯލު 17 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަބްދުﷲ ޒިޔާން އެވެ. ޒިޔާން އަކީ ތ. ތިމަރަފުއްޓަށް އުފަން ހުނަރުވެރި ކުޅުންތެރިއެކެވެ. މީގެކުރިން ކްލަބް މޯލްޑިވްސް ކަޕްގައި ވެސް ޒިޔާން ވަނީ ކުޅެފަ އެވެ. މޮޅުވި ގޯލު ޖަހައި ޒިޔާން ވަނީ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ. 

މި ގްރޫޕުގައި ހިމެނޭި ޓީމް ވިލާގެ މައްޗަށް މީޑިއާނެޓުން ރޭ ވަނީ 2-1 އިން ކުރި ހޯދައިފަ އެވެ. މެޗުގައި މީޑިއާނެޓްގެ ގޯލުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ސަމީހު އާއި ސައްދާމް ހުސައިން އެވެ. ވިލާގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު އަޒްލިފް އެވެ. 

ކްލަބް މޯލްޑިވްސް ސެކްޓާ ލީގުގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން. ފޮޓޯ: ކްލަބް މޯލްޑިވްސް
ކްލަބް މޯލްޑިވްސް ސެކްޓާ ލީގުގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން. ފޮޓޯ: ކްލަބް މޯލްޑިވްސް

ރޭ ދެން ކުޅުނީ ގްރޫޕް ސީގައި ހިމެނޭ ލިއޯ އެފްސީ އާއި ކްލަބް އެޕޯލޯގެ މެޗާއި ގްރޫޕް ޑީގައި ހިމެނޭ ސިލްވާ ސޭންޑްސް އާއި ރާއްޖެ އޮންލައިން (އާރުއޯއެލް) ގެ މެޗެވެ. 

ލިއޯ އެފްސީން ކްލަބް އެޕޯލޯ ބަލިކުރީ 0-4 އިންނެވެ. މި މެޗުގައި ލިއޯ އެފްސީގެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ އަބްދުﷲ އަހުލާމް ބިން އަސްލަމް އެވެ. އަނެއް ގޯލުތައް ޖެހީ އަބްދުﷲ ފިޒާމް އާއި މުހައްމަދު ޔަފާއު އެވެ. 

މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސިލްވާ ސޭންޑްސް ވަނީ 3-8 އިން އާރުއޯއެލް ބަލިކޮށްފަ އެވެ. 

ސިލްވާ ސޭންޑްސްގެ އަހުމަދު ރަފާހު ވަނީ މެޗުގައި ހެޓްރިކް ހަދައިފަ އެވެ. ޝާމިލް އަބްދުއްރަޝީދު ދެ ގޯލު ޖެހިއިރު، ދެން ގޯލުތައް ކާމިޔާބުކޮށްދިނީ އަހުމަދު ޝަފަގްގެ އިތުރުން އާސިމް އަލީ އަދި އިބްރާހީމް ހާމިދު އެވެ. 

https://www.fahuminet.com/tournaments/sector-league-2026

އާރުއޯއެލްގެ ގޯލުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ނަބީހު އާއި ނާސިފް ހުސައިންގެ އިތުރުން އައިރޫން އަހުމަދު ރަޝީދު އެވެ. 

ސެކްޓާ ލީގުގެ މެޗުތައް ދެން ކުޅޭނީ މާދަމާ ރެ އެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުޅޭނީ ބުދަ ދުވަހު އެވެ. 

މުބާރާތުގެ ގްރޫޕް ސްޓޭޖަށް ފަހު އޮންނާނީ ގަދަ 16 ގެ މެޗުތަކެވެ. އެހެންވެ، ގިނަ ޓީމުތަކަކަށް ގްރޫޕް ސްޓޭޖުން ސަލާމަތްވުމުގެ ފުރުސަތު މިފަހަރު އޮތީ ހުޅުވިފަ އެވެ. 

ކޮމެންޓްސް

Matches
2
Ongoing
2
Upcoming
Predict
Settings