ފުރަތަމަ ސަފްޙާ / ޚަބަރު / އެކްސް ބޯއީޒްގެ ފުރިހަމަ މޮޅާއެކު ދިއްފުށިން ދިއްލި އުންމީދުގެ ހުޅުކޮޅު ނިވިއްޖެ
އެކްސް ބޯއީޒްގެ ފުރިހަމަ މޮޅާއެކު ދިއްފުށިން ދިއްލި އުންމީދުގެ ހުޅުކޮޅު ނިވިއްޖެ
އެކްސް ބޯއީޒްގެ ރިމޭ ބޯޅަ ހިފައިގެން. ރިމޭ ވަނީ ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައި. ފޮޓޯ: މިޔަޓް

އެކްސް ބޯއީޒްގެ ފުރިހަމަ މޮޅާއެކު ދިއްފުށިން ދިއްލި އުންމީދުގެ ހުޅުކޮޅު ނިވިއްޖެ

ފަހުމިނެޓް
ފަހުމިނެޓް
3 ގަޑިއިރު ކުރިން 2 އޮގަސްޓް 2026

މިޔަޓް ފުޓްސަލް ފިއެސްޓާގައި މިރޭ ދިއްފުށި ފުޓްސަލް ޓީމުގެ މައްޗަށް އެކްސް ބޯއީޒް އިން ކުރި ހޯދުމާއެކު ޖެހިޖެހިގެން ތިންވަނަ ފަހަރަށް މުބާރާތުގެ ތަށި ހޯދަން ދިއްފުށިން ކުރަމުން އައި އުންމީދުގެ ހުޅުކޮޅު ގާތްގަނޑަކަށް ނިވިއްޖެ އެވެ.

އެންމެ ފަހުން މިޔަޓް ފުޓްސަލް ފިއެސްޓާ ބޭއްވި ދެ އަހަރު ވެސް ތަށި އުފުލާލި ދިއްފުށިން މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން އެ ޓީމަށް ކާމިޔާބުކުރެވިފައިވަނީ އެންމެ މެޗެކެވެ.

ދިއްފުށި ވާދަކުރަމުން އަންނަ ގްރޫޕް އޭގައި ފަސް ޓީމު ހިމެނޭ އިރު މިރޭ އެ ޓީމު އަތުން މޮޅުވި އެކްސް ބޯއީޒް އާއި މި ގްރޫޕްގައި ހިމެނޭ އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ އެޕޮކަލިޕްސް ސްޕޯޓްސް ކްލަބް ވަނީ މިހާތަނަށް އެ ދެ ޓީމުން މުބާރާތުގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފަ އެވެ.

ދިއްފުށްޓަށް މުބާރާތުގައި ބާކީ އޮތް މެޗު ކާމިޔާބުކުރި ކަމުގައިވިޔަސް އެކްސް ބޯއިޒްއާއި އެޕޮކަލިޕްސް އިން މި މުބާރާތުގައި އެންމެ ޕޮއިންޓެއް އިތުރަށް ހޯދިޔަސް ދިއްފުށްޓަށް މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު އެއްކޮށް ބަންދުވާނެ އެވެ.

މިރޭ އެކްސް ބޯއީޒް އާއި ދިއްފުށި ވާދަކުރި މެޗު އެކްސް ބޯއިޒް އިން ކާމިޔާބުކޮށްފައިވަނީ 0-2 އިންނެވެ. މި މެޗުގައި އެކްސް ބޯއިޒް އިން ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ފަހު ހާފުގަ އެވެ. ފުރަތަމަ ލަނޑު އެކްސް ބޯއީޒްއަށް ލިބުނު ހިލޭ ޖެހުމެއް ގޯލްގެ ތިރީ ކަނަށް އަމާޒުކޮށްލައިގެން ކާމިޔާބުކުރީ މިއަހަރު މާލޭގައި ބޭއްވި އޮފީސް ލީގާއި، ކިންގްސް ކަޕްގެ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިބްރާހީމް ރިމާހް (ރިމޭ) އެވެ. އެކްސް ބޯއީޒްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ އިސްމާއިލް ވަޖީހް (ވައްޖޭ) އެވެ.

މި މެޗުގައި ގިނަ އިރު ބޯޅަ ގެންގުޅެ އެކްސް ބޯއީޒް އިން މެޗު ޑޮމިނޭޓް ކުރިއިރު ކައުންޓާ އެޓޭކްގައި އެކްސް ބޯއީޒްގެ ގޯލަށް ދިއްފުށިން ދެ ހާފުގައިވެސް ވަނީ ނުރައްކާކޮށްފަ އެވެ. ދިއްފުށީގެ ގިނަ ހަމަލާތަކެއް އެކްސް ބޯއީޒްގެ ގޯލްކީޕަރު މަތަކުރިއިރު ދިއްފުށިގެ ނުރައްކާތެރި ހަމަލާއެއް ގޯލަށް ވަދެވަދެ އޮއްވައި ގޯލްގެ ރޮނގު މަތިންވެސް ވަނީ ދިފާއުކޮށްފަ އެވެ.

ބްލެކް އީގަލްސްގެ ޝަންޓޭ އަދި ސުޒޭރު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: މިޔަޓް
ބްލެކް އީގަލްސްގެ ޝަންޓޭ އަދި ސުޒޭރު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: މިޔަޓް

މިރޭ ކުޅުނު ގްރޫޕް ބީގެ މެޗުގައި ކަންމަތި ނިއު ޖެނެރޭޝަނާ ވާދަކޮށް 2-5 އިން ބްލެކް އީގަލްސް ވަނީ މޮޅުވެފަ އެވެ. މި މެޗުގައި ބްލެކް އީގަލްސް އަށް ކުޅެމުން އަންނަ ނުރައްކާތެރި ފޯވާޑް މުހައްމަދު އިޝާމް (ޝަންޓޭ) ދެ ގޯލް ކާމިޔާބުކުރި އިރު އެ ޓީމަށް ކުޅެމުން އަންނަ ކާށިދޫ ފުޓްސަލް ޓީމުގެ ތަރި އަބްދުﷲ ސުޒޭރުވެސް ވަނީ ދެ ގޯލް ކާމިޔާބުކޮށްދީފަ އެވެ.  ބްލެކް އީގަލްސް އަށް ދެން މި މެޗުގައި ގޯލް ކާމިޔާބުކޮށްދީފައިވަނީ ހުސައިން އަފްސަލެވެ.

މިރޭގެ މެޗުގައި ބްލެކް އީގަލްސްއިން ފަސް ލަނޑު ޖެހީ ކަންމަތި ނިއު ޖެނެރޭޝަނުން މެޗު ފަށައިގެން ކުޑައިރު ކޮޅެއް ނުވަނީސް ލަނޑެއް ޖަހައި ލީޑް ނަގައިފައިވަނިކޮށެވެ. މި މެޗުގައި ކަންމަތި ނިއު ޖެނެރޭޝަނުން ޖެހި ދެ ގޯލް ވެސް ކާމިޔާބުކޮށްދީފައިވަނީ މި މުބާރާތުގައި އެ ޓީމުން ކުޅުނު ފުރަތަމަ ނެޗުގައިވެސް އެ ޓީމަށް ގޯލް ކާމިޔާބުކޮށްދިން އަހްމަދު ހުސައިން އެވެ.

https://fahuminet.com/tournaments/myat-futsal-fiesta-2026

މި ނަތީޖާއާ އެކު ގްރޫޕް ބީގައި ހިމެނޭ ހަތަރު ޓީމުގެ ތެރެއިން ކުޑަ ވިލިގިލި ފިޔަވައި ދެން އޮތް ތިން ޓީމުވެސް ވަނީ ޕޮއިންޓްގެ ގޮތުން އެއްވަރުވެ ފަ އެވެ. އެކަމަކު ބްލެކް އީގަލްސް އާއި ކަންމަތި ނިއު ޖެނެރޭޝަނާ ހިލާފަށް، ކަންމަތި އެފްސީއަށް ތިން ޕޮއިންޓް ލިބިފައިވަނީ މުބާރާތުގައި އެންމެ މެޗެއް ކުޅެގެންނެވެ. 

ކޮމެންޓްސް

Matches
2
Ongoing
2
Upcoming
Predict
Settings