ފުރަތަމަ ސަފްޙާ / ޚަބަރު / އެޕޮކަލިޕްސް ސެމީއާ ގާތްވި އިރު ކަންމަތި ނިއު ޖެނެރޭޝަނުން ހޯދީ ޗާލު މޮޅެއް
އެޕޮކަލިޕްސް ސެމީއާ ގާތްވި އިރު ކަންމަތި ނިއު ޖެނެރޭޝަނުން ހޯދީ ޗާލު މޮޅެއް
އެޕޮކަލިޕްސް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: މިޔަޓް

އެޕޮކަލިޕްސް ސެމީއާ ގާތްވި އިރު ކަންމަތި ނިއު ޖެނެރޭޝަނުން ހޯދީ ޗާލު މޮޅެއް

ފަހުމިނެޓް
ފަހުމިނެޓް
2 ގަޑިއިރު ކުރިން 1 އޮގަސްޓް 2026

ކ. ތުލުސްދޫގައި ކުރިއަށްދާ މިޔަޓް ފުޓްސަލް ފިއެސްޓާގައި އެޕޮކަލިޕްސް ސްޕޯޓްސް ކްލަބުން ކުޅުނު ދެވަނަ މެޗުވެސް  ކާމިޔާބުކޮށް ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކުރުމާ ގާތަށް ޖެހިލިއިރު ކަންމަތި ނިއު ޖެނެރޭޝަނުން ފަހަތުން އަރައި އެފްސީ ކުޑަވިލިގިލި ބަލިކޮށްފި އެވެ.

ކ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވަމުން އަންނަ އެންމެ ކުލަގަދަ ފުޓްސަލް އީދުގައި މިރޭ ދެ މެޗު ކުޅެފައިވާއިރު ފުރަތަމަ މެޗުގައި ގްރޫޕް އޭގެ އެޕޮކަލިޕްސް ސްޕޯޓްސް ކްލަބުން ވަނީ މުބާރާތުގައި މުޅިން އަލަށް މިފަހަރު ވާދަކުރަމުން އަންނަ ވޭލިއެންޓް ސްޕޯޓްސް ކްލަބްގެ މައްޗަށް 1-5 އިން ކުރި ހޯދައިފަ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން ދިއްފުށި އަތުން ހޯދި މޮޅާއެކު އެޕޮކަލިޕްސް މި ވަގުތު އޮތީ ގްރޫޕް އޭގެ އެއްވަނައިގަ އެވެ. މިރޭ އެޕޮކަލިޕްސް އަތުން ބަލިވި ވޭލިއަންޓް ވަނީ ރޭ އެކްސް ބޯއީޒް އަތުން ވެސް ބަލިވެފަ އެވެ.

އެޕޮކަލިޕްސް އާއި ވޭލިއަންޓް މިރޭ ބައްދަލުކުރި މެޗުގެ ފުރަތަމަ މިނެޓްގައި އެޕޮކަލިޕްސްގެ އަހްމަދު އަފްލާޒް ލަނޑެއް ޖަހައި އެ ޓީމަށް ލީޑް ނަގައިދީފައިވަނިކޮށް އޭގެ ތިން މިނެޓް ފަހުން ވޭލިއަންޓްގެ ހަސަން ޔޫން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރި އެވެ. އެއާއެކު މިރޭގެ މެޗު ފޯރި ގަދަވާނެ ކަމަށް ބެލެވުނު ނަމަވެސް އެޕޮކަލިޕްސްގެ ތަޖުރިބާކާރު ކުޅުންތެރިން ހިފެހެއްޓުން ވޭލިއަންޓަށްވީ އުނދަގޫ ކަމަކަށެވެ.

އެޕޮކަލިޕްސް އިން މިރޭގެ މެޗުގައި ޖެހި ފަސް ލަނޑުގެ ތެރެއިން އެއް ލަނޑު ވޭލިއަންޓް ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން އިރު ފުރަތަމަ މެޗުގައިވެސް އެޕޮކަލިޕްސްއަށް ގޯލް ކާމިޔާބުކޮށްދިން ކުޅުންތެރިން ކަމަށްވާ ހުސައިން ޝަރީފް (އޮންލީ) އާއި  މުހައްމަދު ވިލްފްގެ އިތުރުން އަބްދުﷲ ޝައްފާން (ޝާކާ) ވެސް ވަނީ މިރޭގެ މެޗުގައި ގޯލް ޖަހައިފަ އެވެ.

މިޔަޓް ފުޓްސަލް ފިއެސްޓާގައި މިރޭ ކުޅުނު ދެ މެޗުގެ ތެރެއިން ފަހު މެޗުގައި ކަންމަތި ނިއު ޖެނެރޭޝަނުން އެފްސީ ކުޑަ ވިލިގިލި ބަލިކުރީ 1-3 އިންނެވެ. މި މެޗުގެ 13 ވަނަ މިނެޓްގައި ކުޑަ ވިލިގިލިގެ އަބްދުﷲ އާމިން އަލީ ގޯލެއް ޖަހައި ލީޑް ނަގައި ދިންނަ ނަމަވެސް ކުޑަ ވިލިގިއްޔަށް އެ ލީޑް ހިފަހައްޓާލެވޭ ވަރުވީ އެންމެ ތިން މިނެޓަށްވެ. މެޗުގެ 16 ވަނަ މިނެޓްގައި ކަންމަތި ނިއު ޖެނެރޭޝަންގެ އަހްމަދު ހުސައިން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރި އެވެ.

https://fahuminet.com/tournaments/myat-futsal-fiesta-2026

މިރޭގެ ފަހު މެޗުގައި ކަންމަތި ނިއު ޖެނެރޭޝަނުން ލީޑް ނެގީ ފަހު ހާފު ފަށައިގެން ފުރަތަމަ މިނެޓްގެ ތެރޭގަ އެވެ. މި ލަނޑު ކަންމަތި ނިއު ޖެނެރޭޝަންގެ ކައިސާން ބިން ހިސާން ކާމިޔާބުކުރި އިރު މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކުރި އަހްމަދު ހުސައިން އެވެ.

މާދަމާ ރޭ ވެސް މި މުބާރާތުގެ ދެ މެޗު ކުރިއަށްދާނެ އެވެ. ފުރަތަމަ މެޗުގައި ގްރޫޕް އޭގެ އެކްސް ބޯއީޒް އާއި ދިއްފުށި ބައްދަލުކުރާއިރު ދެވަނަ މެޗުގައި ވާދަކުރާނީ ގްރޫޕް ބީގެ ބްލެކް އީގަލްސް އާއި ކަންމަތި ނިއު ޖެނެރޭޝަނެވެ.  

ކޮމެންޓްސް

Matches
3
Ongoing
1
Upcoming
Predict
Settings