ފުރަތަމަ ސަފްޙާ / ޚަބަރު / މާޒިޔާ އިން ހަތް ވަނަ ފަހަރަށް ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފި
މާޒިޔާ އިން ހަތް ވަނަ ފަހަރަށް ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފި
މާޒިޔާ އިން ޗެރިޓީ ޝީލްޑް އުފުލާލަނީ. ފޮޓޯ: އެފްއޭއެމް

މާޒިޔާ އިން ހަތް ވަނަ ފަހަރަށް ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފި

ފަހުމިނެޓް
ފަހުމިނެޓް
3 ގަޑިއިރު ކުރިން 31 ޖުލައި 2026

ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު އެއްވަރުގެ ޕެނަލްޓީގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކޮށް، އާ ސީޒަނުގެ އެފްއޭ ޗެރިޓީ ޝީލްޑް މާޒިިޔާ އިން ކާމިޔާބުކޮށްފި އެވެ. 

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 3-3 އިން ދެޓީމު އެއްވަރުވެގެންނެވެ. ޕެނަލްޓީގައި މާޒިޔާ އިން ކުރި ހޯދީ 5-3 އިންނެވެ. 

މިއީ މާޒިޔާއިން އެފްއޭ ޗެރިޓީ ޝީލްޑް ކާމިޔާބުކުރި ހަތް ވަނަ ފަހަރެވެ. އެއީ 2015، 2016، 2017، 2021، 2023, 2025 އަދި މިއަހަރެވެ. 

ނިއު ރޭޑިއަންޓަށް ޗެރިޓީ ޝީލްޑް އެންމެ ފަހުން ކާމިޔާބުކުރެވުނީ 2014 ވަނަ އަހަރު އެވެ. އޭގެކުރިން 2013 ވަނަ އަހަރު ވެސް ނިއު އިން ޗެރިޓީ ޝީލްޑް ކާމިޔާބުކުރި އެވެ. 

މިރޭގެ މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި ލީޑު ނެގީ ނިއު ރޭޑިއަންޓުންނެވެ. މި ގޯލު ބޮލުން ކާމިޔާބުކޮށްދިނީ މި ސީޒަނުގައި އެޓީމާ ގުޅުނު ފޯވާޑް ބްރެޒިލްގެ ޑޮރިއެލްޓަން ގޯމޭޒް އެވެ. 

ނިއު ރޭޑިއަންޓުގެ ދެ ވަނަ ގޯލު 36 ވަނަ މިނެޓުގައި ޖެހީ އަލީ ފާސިރު (ސެންޓޭ) އެވެ. ދެ ގޯލުގެ ނިއު އިން ނެގިތާ ފަސް ވަރަކަށް މިނެޓު ތެރޭ މާޒިޔާގެ މުހައްމަދު އިލާން އިމްރާން ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. 

ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއު ރޭޑިއަންޓުގެ ތިން ވަނަ ގޯލު ކާމިޔާބުކޮށްދިނީ 36 އަހަރުގެ ފޯވާޑް ޑޮރިއެލްޓަން އެވެ. 

ފުރަތަމަ ނިއު ރޭޑިއަންޓް ކުރީގައި އޮވެގެން ނިންމާލި ނަމަވެސް، ދެ ވަނަ ހާފުގައި މާޒިޔާ އިން ވަނީ ހިތްވަރުކޮށް ދެ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެޓީމުގެ ދެ ވަނަ ގޯލު 50 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިބްރާހީމް މަހުދީ  ހުސައިން އެވެ. މާޒިޔާ އިން ނަތީޖާ ހަމަހަމަ ކުރި ގޯލު 63 ވަނަ މިނެޓުގައި ޖެހީ ޒުވާން ފޯވާޑް އިލާން އެވެ. 

ދެ ވަނަ ހާފުގެ ބާކީ ބައިގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ފުރުސަތުތައް ލިބުނެވެ. 

އެއްވަރުވުމުން ޖެހި ޕެނަލްޓީގައި މާޒިޔާ އިން ވަނީ ފަސް ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. ނިއު ރޭޑިއަންޓުގެ ހަތަރު ޕެނަލްޓީ ކާމިޔާބު ކުރިއިރު، އެޓީމުގެ މުހައްމަދު ނާއިމް ޖެހި ޕެނަލްޓީ މާޒިޔާގެ ގޯލްކީޕަރު ހުސައިން ޝަރީފް ވަނީ މަތަކޮށްފަ އެވެ. 

ޗެރިޓީ ޝީލްޑް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މާޒިޔާގެ އިލާން އެވެ. 

https://fahuminet.com/tournaments/fam-charity-shield-20262027

މެޗުން މޮޅުވި މާޒިޔާ އަށް ވަނީ އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ދީފަ އެވެ. މި ފައިސާ ހަދިޔާކުރާނީ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް އަށެވެ. 

ޕެނަލްޓީގައި މާޒިޔާ އިން ނިއު ރޭޑިއަންޓް ބަލިކުރިއިރު މިދިޔަ ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި ވެސް މާޒިޔާ އިން ވަނީ ޕެނަލްޓީގައި ނިއު ރޭޑިއަންޓް ބަލިކޮށްފަ އެވެ. 

ޗެރިޓީ ޝީލްޑް މެޗު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރު ވަޒީރު އަބްދުﷲ ރާފިއު އެވެ. ވަޒީރުގެ އަރިހުގައި ކުޅިވަރު ވުޒާރާ އާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. 

ކޮމެންޓްސް

Matches
3
Ongoing
1
Upcoming
Predict
Settings