ފުރަތަމަ ސަފްޙާ / ޚަބަރު / ވާދަވެރި ރެއެއް ނިމުނުއިރު ޗެމްޕިއަނަށް ސަލާމަތެއް ނުވެވުނު
ވާދަވެރި ރެއެއް ނިމުނުއިރު ޗެމްޕިއަނަށް ސަލާމަތެއް ނުވެވުނު
ސިލްވަ ސޭންޑްސް އިން ޗެމްޕިއަން އެރީނާ ބަލިކުރި މެޗުގެ ތެރެއިން. ފޮޓޯ: ކްލަބް މޯލްޑިވްސް

ވާދަވެރި ރެއެއް ނިމުނުއިރު ޗެމްޕިއަނަށް ސަލާމަތެއް ނުވެވުނު

ފަހުމިނެޓް
ފަހުމިނެޓް
12 ގަޑިއިރު ކުރިން 31 ޖުލައި 2026

ކްލަބް މޯލްޑިވްސް ސީޒަނުގެ ސެކްޓާ ލީގުގައި ރޭ ހަ މެޗު ކުޅުނުއިރު، މިދިޔަ އަހަރުގެ ޗެމްޕިއަން އެރީނާ ހޮޓެލްސް ބަލިވެއްޖެ އެވެ. 

ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުތަކުގައި ކުރިއަށްދާ މުބާރާތުގައި، މާފުއްޓަށް ނިސްބަތްވާ އެރީނާ އިން ރޭ ކުޅުނު މެޗުގައި ބަލިވީ ސިލްވަ ސޭންޑްސްއާ ވާދަކޮށް 0-1 އިންނެވެ. މެޗުގައި ސިލްވަ ސޭންޑްސްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އަލީ ނާއިޝް އަހުމަދު ވަހީދެވެ. 

މިދިޔަ އަހަރުގެ ސެކްޓާ ލީގުގައި އެރީނާ އިން މޮޅު ކުޅުމެއް ދައްކައި ފައިނަލުގައި މޮޅުވީ ހޯކްސްއާ ވާދަކޮށެވެ. 

ރޭ ލިއޯ އެފްސީން ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ 3-1 އިން ބަލިކޮށްފަ އެވެ. މެޗުގައި ލިއޯގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ މުހައްމަދު ޔަފާއު އެވެ. އަނެއް ގޯލު ޖެހީ މުހައްމަދު އަނޫފެވެ. އެސްބީއައިގެ ހަމައެކަނި ގޯލު ޖެހީ އަބްދުﷲ ތަހުސީނެވެ. 

ބަރޯސް މޯލްޑިވްސް ވަނީ ރޭ ކްލަބް އެޕޯލޯ 0-3 އިން ބަލިކޮށްފަ އެވެ. ބަރޮސްގެ ތިން ގޯލުގެ ތެރެއިން އެއް ގޯލަކީ އެޕޯލޯގެ މުހައްމަދު މިޝްއަލް މަޒުހަރުއްދީން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެޓީމުގެ އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު އަޖުމަލް އާއި ހަސަން ޒާމިލް އެވެ. 

ރޭ ޔޫރޯ މާކެޓިން އާއި ރާއްޖެ އޮންލައިން (އާރުއޯއެލް) ވާދަކުރި މެޗު 2-1 އިން ކާމިޔާބުކުރީ ރާއްޖެ އޮންލައިން އެވެ. ރާއްޖެ އޮންލައިންގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ނާސިފް ހުސައިން އާއި މުހައްމަދު ނަބީހު އެވެ. ޔޫރޯގެ ގޯލަކީ ރާއްޖެ އޮންލައިންގެ މުހައްމަދު އަރުޝަދު މިއާހް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. 

ސެކްޓާ ލީގުގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން. ވާދަވެރި މެޗުތަކެއް ރޭ ފެނުނު. ފޮޓޯ: ކްލަބް މޯލްޑިވްސް
ސެކްޓާ ލީގުގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން. ވާދަވެރި މެޗުތަކެއް ރޭ ފެނުނު. ފޮޓޯ: ކްލަބް މޯލްޑިވްސް

ރޭ އާރްސީސީ ވަނީ ވިލާއާ ވާދަކޮށް 0-2 އިން މޮޅުވެފަ އެވެ. މެޗުން އާރްސީސީ މޮޅުކޮށްދިން ދެ ގޯލު ވެސް ޖަހައިދިނީ މުހައްމަދު އާހިލް ނަޒީރު އެވެ. 

މެޑްޓެކާއި މީޑިއާނެޓް ވާދަކުރި މެޗު 2-1 އިން ކާމިޔާބުކުރީ މީޑިއާނެޓުންނެވެ. މީޑިއާނެޓްގެ ދެ ގޯލު ޖެހީ މުހައްމަދު ސަމީހު އާއި އަހުމަދު ރިޒްވާނެވެ. މެޑްޓެކްގެ ހަމައެކަނި ގޯލު ޖެހީ ޔަޒްދާން އިބްރާހީމެވެ. 

ސެކްޓާ ލީގުގައި މިރޭވެސް ހަ މެޗު ކުޅޭނެ އެވެ. މިއަހަރުގެ ސެކްޓާ ލީގުގައި 20 ޓީމު ވާދަކުރާއިރު މެޗުތައް ކުރިއަށްދަނީ ފަސް ގްރޫޕަކަށް ބަހާލައިގެންނެވެ. 

ކޮމެންޓްސް

Matches
3
Ongoing
1
Upcoming
Predict
Settings