ކްލަބް މޯލްޑިވްސް ސީޒަނުގެ ސެކްޓާ ލީގުގެ ކުޅުން ރޭ ފެށިއިރު، ކްލަބް ވެލިގާ އިން 8 ގޯލުގެ މޮޅެއް ހޯދައިފި އެވެ.
ރޭ ވަނީ ސެކްޓާ ލީގުގެ ހަތަރު މެޗު ކުޅެފަ އެވެ. ކްލަބް ވެލިގާ އިން 8-0 އިން މޮޅު ހޯދީ ބިއޯންޑް ރެކްރިއޭޝަން ކްލަބާ ވާދަކޮށެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޓީމު މިބްސާ ވަނީ އެމްއޭޑަބްލިއުސީއާ ވާދަކޮށް 1-0 އިން ބަލިވެފަ އެވެ.
މިދިޔަ އަހަރުގެ ފައިނަލުގައި ވާދަކޮށް ބަލިވި ހޯކްސް ވަނީ 0-4 އިން ލޯކަލްޗާ ބަލިކޮށްފަ އެވެ. އަނެއް މެޗުގައި ހެޕީ މާކެޓާއި މާކޯ ރެކްރިއޭޝަން ކްލަބް، މާކޯ އިން ކާމިޔާބުކުރީ 4-1 އިންނެވެ.
ވެލިގާ އިން ބިއޯންޑް ބަލިކުރި މެޗުގައި އަހުމަދު ޝަޒީމް ވަނީ ހެޓްރިކް ހަދައިފަ އެވެ. އެޓީމަށް ދެން ގޯލުތައް ޖަހައިދިނީ އަހުމަދު ލައިތު އައްބާސް އާއި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޮދި ނައްވާފް އަބްދުﷲ ނަޝީދު އާއި ހަސަން މުއާޒް އެވެ. މެޗުގައި ލައިތު އަދި ނައްވާފް ދެ ގޯލު ޖެހި އެވެ.

މިބްސާ ކޮޅަށް އެމްއޭޑަބްލިއުސީގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދުު އަހުސަމް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެމްއޭޑަބްލިއސީގެ މުހައްމަދި ރާއިފް ފަޒީލް އެވެ.
ހޯކްސް އިން ލޯކަލްޗާ ބަލިކުރި މެޗުގައި ގޯލު ޖެހީ އަހުމަދު އައިހަމް އާއި އިބްރާހީމް ނަދާދު (ކުޑައްޓޭ) ގެ އިތުރުން މުހައްމަދު ނާއިމް އެވެ. މެޗުގައި އައިހަމް ދެ ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ.
https://www.fahuminet.com/tournaments/sector-league-2026
ހެޕީ މާކެޓާއި މާކޯ ކުޅުނު މެޗުގައި މާކޯގެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ އުކާޝް އަލީ އެވެ. އަނެއް ގޯލުތައް ކާމިޔާބުކޮށްދިނީ ޔޫހު ނަސީރު އާއި މުހައްމަދު އިޔާދު އަލީ އެވެ. ހެޕީ މާކެޓުގެ ގޯލަކީ މާކޯގެ އަބްދުއްރަހްމާން ޝައްފާފް ޝާހު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޔޫހު ނަސީރު އެވެ.
ސެކްޓާ ލީގުގައި މިރޭ ހަ މެޗު ކުޅޭނެ އެވެ.