ފުރަތަމަ ސަފްޙާ / ޚަބަރު / ހަ މުބާރާތް ނިންމައި ކްލަބް މޯލްޑިވްސް އިން ސެކްޓާ ލީގު މިރޭ ފަށަނީ
ހަ މުބާރާތް ނިންމައި ކްލަބް މޯލްޑިވްސް އިން ސެކްޓާ ލީގު މިރޭ ފަށަނީ
ިމިދިޔަ އަހަރުގެ ސެކްޓާ ލީގުގެ ތަށި އެރީނާ ހޮޓެލްސް އިން އުފުލާލަނީ. މިއަހަރުގެ ސެކްޓާ ލީގު މިރޭ ފަށާނެ. ފޮޓޯ: އަދަދު

ހަ މުބާރާތް ނިންމައި ކްލަބް މޯލްޑިވްސް އިން ސެކްޓާ ލީގު މިރޭ ފަށަނީ

ފަހުމިނެޓް
ފަހުމިނެޓް
15 ގަޑިއިރު ކުރިން 29 ޖުލައި 2026

ކްލަބް މޯލްޑިވްސް މިއަހަރުގެ ސީޒަނުގެ ހަތް މުބާރާތުގެ ތެރެއިން، ހަ މުބާރާތުގެ ކުޅުން ނިންމައި ހަތް ވަނަ މުބާރާތުގެ ކުޅުން މިރޭ ފަށަން ތައްޔާރުވެއްޖެ އެވެ. 

ރާއްޖޭގައި ފުޓްސަލްގެ އެންމެ ގިނަ މުބާރާތްތައް ބާއްވަމުން އަންނަ ކްލަބް މޯލްޑިވްސް އިން މިރޭ ފަށާ ސެކްޓާ ލީގަކީ މިދިޔަ އަހަރު ތައާރަފްކުރި މުބާރާތެކެވެ. މިދިޔަ އަހަރުވެސް އެ މުބާރާތަށް ލިބުނު ތަރުހީބު ބޮޑެވެ. އެކަމަކު މިއަހަރުގެ ސެކްޓާ ލީގު ވެގެންދާނީ ގިނަ އަދަދަކަށް ޓީމުތައް ބައިވެރިވާ ވާދަވެރި މުބާރާތަކަށެވެ. 

މިއަހަރުގެ ކްލަބް މޯލްޑިވްސް ސީޒަނުގައި މިހާތަނަށް ނިންމާލާފައިވަނީ، ކިޑްސަލް، ކިންގްސް ކަޕް، އެއިޓީން ތާޓީ ކްލަސިކް، އެއިޓީން ތާޓީ، ކްލަބް މޯލްޑިވްސް ކްލަސިކް އަދި ކްލަބް މޯލްޑިވްސް ކަޕެވެ. 

މިދިޔަ އަހަރުގެ ސެކްޓާ ލީގުގައި 15 ޓީމެއް ވާދަކުރިއިރު މިއަހަރު އެ އަދަދު ވަނީ 20 ޓީމަށް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މުބާރާތް ކުރިއަށްގެންދިޔައީ ފަސް ޓީމު ހިމެނޭ ތިން ގްރޫޕަށް ބަހާލައިގެންނެވެ. މިއަހަރުގެ މުބާރާތް ކުރިއަށްދާނީ ހަތަރު ޓީމު ހިމެނޭ ފަސް ގްރޫޕަށް ބަހާލައިގެންނެވެ.

https://www.facebook.com/permalink.php?story_fbid=pfbid08uqW1LBkpgXqS14az4HwwuwQKvWN4jgoyxnoaRKTakzAFYqUZZhNrBbatTfLWxCkl&id=61579015154690&__cft__[0]=AZaNq6gBEAX-2X7VOb_1XhcSD9GcfG-RSq_9dcKyifSApc4UqM4TNI8Xh2D-CDPLbIdNhaVtQ59FpRrcvWwFntKh1LYN3IJvJ2kMKnCiATsF9l3x_wVDfkV6uWLD_T_kgtcAWCHC8RR2wb-8hjhoRKQRI4W7QegAKRg1W04nEcPsPLRsUD2-vU9zum3OFcOgaQNxvhyghYbL_dnCCzqQz2c-&__tn__=%2CO%2CP-R

މިދިޔަ އަހަރުގެ ސެކްޓާ ލީގުގެ ޗެމްޕިއަންކަން ފައިނަލުގައި 1-0 އިން ހޯކްސް ބަލިކޮށް ހޯދީ މާފުށީ އެރީނާ ހޮޓެލްސް އިންނެވެ. މި ދެޓީމުގެ އިތުރުން މިދިޔަ އަހަރު ސެމީ ފައިނަލުގައި ކުޅުނީ އާރްސީސީ އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (މިބްސާ) އެވެ. 

މުބާރާތުގައި މިރޭ ހަތަރު މެޗު ކުޅޭނެ އެވެ. ރޭގަނޑު 8:15 ގައި ފަށާ އެއް މެޗުގައި ބައްދަލުކުރާނީ ހޯކްސް އާއި ކްލަބް ލޯކަލްޗާ އެވެ. އެގަޑީގައި ކުޅޭ އަނެއް މެޗުގައި މިބްސާ ނުކުންނާނީ އެމްއޭޑަބްލިއުސީއާ ދެކޮޅަށެވެ. 

ރޭގަނޑު 21:45 ގައި ކުޅޭ ފުރަތަމަ މެޗުގައި ކްލަބް ވެލިގާ އާއި ބިޔޯންޑް ވާދަކުރާއިރު އެގަޑީގައި ކުޅޭ އަނެއް މެޗުގައި ހެޕީ މާކެޓާއި މާކޯ ރެކްރިއޭޝަން ކްލަބް ވާދަކުރާނެ އެވެ. 

https://www.fahuminet.com/tournaments/sector-league-2026

މިއަހަރުގެ ސެކްޓާ ލީގަށް ޓީމުތައް ވަނީ ވަރުގަދަކޮށްފަ އެވެ. މިގޮތުން ފުޓްސަލްގެ މަޝްހޫރު ބައެއް ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިން ވެސް ސެކްޓާ ލީގު ޓީމުތަކުގައި ވަނީ ހިމަނައިފަ އެވެ. މި ކުޅުންތެރިންނާ އެކު ކްލަބް މޯލްޑިވްސް ސީޒަނުގެ ފަހު މުބާރާތް ވެގެންދާނީ އެންމެ ވާދަވެރިކޮށް ފެންނާނެ އެއް މުބާރާތަށެވެ. 

މިއަހަރުގެ ކްލަބް މޯލްޑިވްސް ސީޒަނުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ. 

ކޮމެންޓްސް

Matches
1
Ongoing
2
Upcoming
Predict
Settings