ފުރަތަމަ ސަފްޙާ / ޚަބަރު / މުޅިން އަލަށް ބައިވެރިވެ އެޗްޑީސީން ކްލަސިކްގެ ތަށި އުފުލާލައިފި
މުޅިން އަލަށް ބައިވެރިވެ އެޗްޑީސީން ކްލަސިކްގެ ތަށި އުފުލާލައިފި

މުޅިން އަލަށް ބައިވެރިވެ އެޗްޑީސީން ކްލަސިކްގެ ތަށި އުފުލާލައިފި

ފަހުމިނެޓް
ފަހުމިނެޓް
2 ގަޑިއިރު ކުރިން 28 ޖުލައި 2026

އެއިޓީން ތާޓީ ކްލަސިކްގައި މުޅިން އަލަށް ބައިވެރިވެ ކްލަބް އެޗްޑީސީން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ. 

އެޗްޑީސީ ޗެމްޕިއަންކަން ހޯދީ މިރޭ ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ސްޓެލްކޯ ރެކްރިއޭޝަން ކްލަބްގެ މައްޗަށް 4-2 އިން ކުރި ހޯދައިގެންނެވެ. 

ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗު ބެލުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ގޮސްފަ އެވެ. މުޅި މެޗުގައި އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ އެޗްޑީސީގެ ސަޕޯޓަރުން ޓީމަށް ދިން ތަރުހީބެވެ. 

މެޗުގައި ފުރަތަމަ ލީޑު ނެގީ އެޗްޑީސީންނެވެ. މި ގޯލު ހަތަރު ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފިރުޝާނާ ނަސީރު އެވެ. އޭގެ މިނެޓެއް ފަހުން ސްޓެލްކޯ އަށް ނަތީޖާ ހަމަހަމަކޮށްދިން ގޯލު ކާމިޔާބުކޮށްދިނީ ޝަހުލާ ތައުފީގެވެ. 

އެޗްޑީސީން މެޗުގައި ދެ ވަނަ ފަހަރަށް ލީޑު ނެގީ 17 ވަނަ މިނެޓުގައި ފާތިމަތު ސާލިޔާ ކާމިޔާބުކޮށްދިން ގޯލުންނެވެ. އަދި އޭގެފަހުން 27 ވަނަ މިނެޓުގައި ސާލިޔާ އިތުރު ގޯލެއް ޖަހައި ފަރަގު ބޮޑުކުރި އެވެ. މިއީ އޭރިޔާ ބޭރުން ލިބުނު ބޯޅަ ހިފައިގެން ގޮސް ގޯލުގެ މަތީ ކަނަށް ވައްދާލައިގެން ސާލިޔާ ކާމިޔާބުކުރި ހިތްގައިމު ގޯލެކެވެ. 

އެޗްޑީސީ ދެ ގޯލު ކުރީގައި އޮއްވައި މެޗުގެ 29 ވަނަ މިނެޓުގައި ޝަހުލާ ވަނީ ހިލޭ ޖެހުމަކުން ސްޓެލްކޯގެ ދެ ވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. މި ގޯލާ އެކު މެޗުގެ ފޯރި އިތުރަށް ގަދަވި އެވެ. އަދި ސްޓެލްކޯ އިން އިތުރަށް ކުރިއަށްޖެހި ހަމަލާތައް އުފައްދަން މަސައްކަތްކުރި އެވެ. 

https://fahuminet.com/tournaments/eighteen-thirty-classic-2026

އެޗްޑީސީން ތަށި ޔަގީންކުރި ގޯލު މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ފިރުޝާނާ އެވެ. މި ގޯލު ޖެހިތާ އިރުކޮޅެއްތެރޭ މެޗު ނިމުމާ އެކު އެޗްޑީސީގެ އެތައް ސަތޭކަ ސަޕޯޓަރުންނެއް ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. 

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެޗްޑީސީގައި މޮޅު ކުޅުމެއް ދެއްކި ފިރުޝާނާ ނަސީރު އެވެ. 

އެޗްޑީސީން ފުރަތަމަ ފަހަރަށް އެއިޓީން ތާޓީ ކްލަސިކްގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެގެންނެވެ. އެޓީމު ވަނީ ފަސް މެޗުގައި 28 ގޯލު ޖަހައިފަ އެވެ. 

ކޮމެންޓްސް

Matches
2
Ongoing
3
Upcoming
Predict
Settings