ފުރަތަމަ ސަފްޙާ / ޚަބަރު / އެއިޓީން ތާޓީ ކްލަސިކްގެ ފައިނަލަށް ސްޓެލްކޯ އާއި އެޗްޑީސީ
އެއިޓީން ތާޓީ ކްލަސިކްގެ ފައިނަލަށް ސްޓެލްކޯ އާއި އެޗްޑީސީ
އެސްޓީއޯ ބަލިކުރި މެޗުގައި އެޗްޑީސީގެ ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: ކްލަބް މޯލްޑިވްސް

އެއިޓީން ތާޓީ ކްލަސިކްގެ ފައިނަލަށް ސްޓެލްކޯ އާއި އެޗްޑީސީ

ފަހުމިނެޓް
ފަހުމިނެޓް
1 ގަޑިއިރު ކުރިން 23 ޖުލައި 2026

ކްލަބް މޯލްޑިވްސް ސީޒަނުގެ އެއިޓީން ތާޓީ ކްލަސިކްގެ ފައިނަލުގެ ޖާގަތައް ސްޓެލްކޯ ރެކްރިއޭޝަން ކްލަބް (ސްޓެލްކޯ) އާއި އެޗްޑީސީ ހޯދައިފި އެވެ. 

ސްޓެލްކޯ ފައިނަލުގެ ޖާގަ ހޯދީ މިރޭ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޕްރިޒަން ކްލަބްގެ މައްޗަށް 3-0 އިން ކުރި ހޯދައިގެންނެވެ. ޕްރިޒަން ކްލަބަކީ މިދިޔަ އަހަރު އެއިޓީން ތާޓީ ކްލަސިކްގެ ޗެމްޕިއަން ޓީމެވެ. 

ސްޓެލްކޯ އިން މޮޅު ކުޅުމެއް ދެއްކި މެޗުގައި އެޓީމުގެ ފުރަތަމަ ގޯލު 19 ވަނަ މިނެޓުގައި ޖެހީ އައިމިނަތު މައިހާ މޫސާ އެވެ. ގަޑި ހުއްޓައިގެން ކުޅުނު މެޗުގައި ސްޓެލްކޯގެ ފަހު ދެ ގޯލު ޖެހީ ފަހު 10 މިނެޓުގަ އެވެ. އެޓީމުގެ ދެ ވަނަ ގޯލު 32 ވަނަ މިނެޓުގައި ޝަހުލާ ތައުފީގް ޖެހިއިރު، މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ސްޓްލްކޯގެ ތިން ވަނަ ގޯލު ކާމިޔާބުކޮށްދިނީ މަރްޔަމް ވިޝާޔާ ވިލްދާނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސްޓެލްކޯގެ ޝަހުލާ އެވެ. 

ސެމީ ފައިނަލުގެ އެންމެ ބޮޑު ވާދަވެރިކަމެއް ފެނުނީ ދެ ވަނަ މެޗުގަ އެވެ. އެޗްޑީސީން މި މެޗު ކާމިޔާބުކުރީ އެސްޓީއޯއާ ވާދަކޮށް 3-5 އިންނެވެ. މިއީ އެޗްޑީސީ އެއިޓީން ތާޓީ ކްލަސިކްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. 

މެޗުގެ ފަށައިގެން ފުރަތަަމަ މިނެޓުގައި އެޗްޑީސީ އަށް ލީޑު ލިބުނީ، އެސްޓީއޯ އަށް ކުޅޭ ތަޖުރިބާކާރު ކުޅުންތެރިޔާ ފަދުވާ ޒާހިރު އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އޭގެ އިރުކޮޅެއް ފަހުން ފަސް ވަނަ މިނެޓުގައި އެޗްޑީސީ އަށް ފަރަގަ ބޮޑުކޮށްދިން ގޯލު ޖެހީ ފިރުޝާނާ ނަސީރު އެވެ. 

ޗެމްޕިއަން ޕްރިޒަން ކްލަބް ބަލިކުރި މެޗުގައި ސްޓެލްކޯ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: ކްލަބް މޯލްޑިވްސް
ޗެމްޕިއަން ޕްރިޒަން ކްލަބް ބަލިކުރި މެޗުގައި ސްޓެލްކޯ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: ކްލަބް މޯލްޑިވްސް

އެޗްޑީސީ ދެ ގޯލުގެ ލީޑެއްގައި އޮއްވައި އެސްޓީއޯ އިން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެޓީމުގެ ފުރަތަމަ ގޯލު 14 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އާއިޝަތު ޝަފްނާ އެވެ. ދެ ވަނަ ގޯލު 23 ވަނަ މިނެޓުގައި ޖެހީ ސުމައްޔާ ބިންތު އަބްދުލްހަމީދެވެ. 

މެޗު އެއްވަރުވެފައި އޮއްވައި ގާތްގާތުގައި ގޯލުތަކެއް ފެނުމާއެކު ފޯރި އިންތިހާއަށް ގަދަވި އެވެ. އެޗްޑީސީގެ ތިން ވަނަ ގޯލު 30 ވަނަ މިނެޓުގައި ޖެހީ އާމިނަތު ރިސާލާ އެވެ. މި ގޯލު ޖެހިތާ މިނެޓެއްތެރޭ ފަދުވާގެ ގޯލަކުން އެސްޓީއޯ އިން އަނެއްކާވެސް ނަތީޖާ ހަމަހަމަކުރި އެވެ. އެކަމަކު ޖެހިގެން އައި މިނެޓުގައި ރިސާލާގެ ގޯލަކުން އަނެއްކާވެސް އެޗްޑީސީން ލީޑު ނެގި އެވެ. 

އެއް ގޯލު ލީޑުގައި އޮވެ ކުޅެމުން ގޮސް 37 ވަނަ މިނެޓުގައި ފާތިމަތު ސާލިޔާގެ ގޯލަކުން އެޗްޑީސީން ފަރަގު ބޮޑުކުރި އެވެ. އަދި މެޗު ނިމުމާ ހަމައަށް މި ނަތީޖާގައި އެޓީމު ހިފެހެއްޓި އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެޗްޑީސީގެ ރިސާލާ އެވެ. 

https://fahuminet.com/tournaments/eighteen-thirty-classic-2026

ސްޓެލްކޯ އާއި އެޗްޑީސީ ވާދަކުރާ އެއިޓީން ތާޓީ ކްލަސިކްގެ ފައިނަލް މެޗު ކުޅޭނީ ޖުލައި 28 ވަނަ ދުވަހުގެ ރެ އެވެ. 

ކޮމެންޓްސް

Matches
7
Ongoing
2
Upcoming
Predict
Settings