ފުރަތަމަ ސަފްޙާ / ޚަބަރު / ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލުގައި މިފަހަރުވެސް ރޯޑާއި އެސްޓީއޯ
ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލުގައި މިފަހަރުވެސް ރޯޑާއި އެސްޓީއޯ
މުބާރާތުގެ މެޗެއްގައި އާރްއާރްސީގެ އަފްލާޒް ގޯލެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފައިނަލުގައި އާރްއާރްސީ ނުކުންނާނީ އެސްޓީއޯއާ ދެކޮޅަށް. ފޮޓޯ: ކްލަބް މޯލްޑިވްސް

ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލުގައި މިފަހަރުވެސް ރޯޑާއި އެސްޓީއޯ

ފަހުމިނެޓް
ފަހުމިނެޓް
4 ގަޑިއިރު ކުރިން 21 ޖުލައި 2026

މިއަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލުގައި ވެސް ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އާއި އެސްޓީއޯ ރެކްރިއޭޝަން ކްލަބް (އެސްޓީއޯ) ވާދަކުރަން ޖެހިއްޖެ އެވެ. 

ފައިނަލުގެ ފަހު ޖާގަ އާރްއާރްސީ ހޯދީ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު މެޗުގައި 4-3 އިން އެމްޓީސީސީ ބަލިކޮށްގެންނެވެ. އެސްޓީއޯ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ފުރަތަމަ ސެމީގައި އެޗްޑީސީގެ މައްޗަށް ކުރި ހޯދައިގެންނެވެ. 

މިރޭގެ ސެމީގައި އެންމެ ފުރަތަމ ަލީޑު ނެގީ އާރްއާރްސީންނެވެ. މި ގޯލު ހަތަރު ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު އަފްލާޒް އެވެ. އޭގެ އިރުކޮޅެއް ފަހުން ނުވަ ވަނަ މިނެޓުގައި އެމްޓީސީސީ އަށް ނަތީޖާ ހަމަހަމަކޮށްދިނީ މުހައްމަދު އިސާމް (ޝަންޓެ) އެވެ. އަދި މެޗުގެ 16 ވަނަ މިނެޓުގައި އެމްޓީސީސީގެ ބިދޭސީ ކުޅުންތެރިޔާ ނޭތަން ސޯރޭސް ސޯރޭސް ގޯލެއް ޖަހައި އެމްޓީސީސީ އަށް ލީޑު ނަގައިދިނެވެ. އެމްޓީސީސީ ލީޑުގައި އޮއްވައި ފުރަތަމަ ހާފު ނިމުމުގެ ކުރިން އާރްއާރްސީން ނަތީޖާ ހަމަހަމަކުރި އެވެ. ދުރު ޕެނަލްޓީއަކުން މި ގޯލު ކާމިޔާބުކޮށްދިނީ ޝަނާން ރަޝާދު އެވެ. 

ދެ ވަނަ ހާފު ފަށައިގެން ކުޅުނު ދިހަ ވަރަކަށް މިނެޓުތެރޭ އާރްއާރްސީން ވަނީ ނަތީޖާ އެޓީމު ކޮޅަށް އަނބުރާލައިފަ އެވެ. މިގޮތުން މެޗުގެ 29 ވަނަ މިނެޓުގައި އާދަމް ނާސިހު އެޓީމަށް ލީޑު ނަގައިދިނެވެ. އަދި އޭގެ މިނެޓެއް ފަހުން މޯހްސެން މޮންޓަޒެމީ އެޓީމަށް ލީޑު ފުޅާކޮށްދިނެވެ. 

ދެ ގޯލުގެ ލީޑެއްގައި އޮވެ އާރްއާރްސީ މޮޅުވާން ދަނިކޮށް އެމްޓީސީސީ އަށް ލިބުނު ދުރު ޕެނަލްޓީއަކުން ބިދޭސީ ކުޅުންތެރިޔާ ނޭތަން ސޯރެސް ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. އެކަމަކު ފަހު ވަގުތު ހިތްވަރުކުރި ނަމަވެސް އެމްޓީސީސީ އަށް ނަތީޖާ ހަމަހަމަ ކުރެވޭގޮތެއްނުވި އެވެ. 

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މިދިޔަ އަހަރުވެސް އާރްއާރްސީ ޓީމުގައި މޮޅު ކުޅުމެއް ދެއްކި މޮހްސެން އެވެ. 

https://fahuminet.com/tournaments/club-maldives-cup-2026

މިދިޔަ އަހަރުގެ ފައިނަލުގައި އާރްއާރްސީ އާއި އެސްޓީއޯ ވާދަކުރި ފޯރިގަދަ މެޗު 5-7 އިން ކާމިޔާބުކުރީ އާރްއާރްސީ އެވެ. މިއީ އާރްއާރްސީ ކްލަބް މޯލްޑިވްސް ފައިނަލަށް ޖެހިޖެހިގެން ދަތުރުކުރި ހަތަރު ވަނަ ފަހަރެވެ. 

އާރްއާރްސީއާ ދެކޮޅަށް ފައިނަލުގައި ނުކުންނަ އެސްޓީއޯ އަކީ ކްލަބް މޯލްޑިވްސް ކަޕްގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމެވެ. އެޓީމުން ވަނީ 2009، 2011، 2014 އަދި 2015 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. 

އާރްއާރްސީ އާއި އެސްޓީއޯ ވާދަކުރާ ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރެ އެވެ. 

ކޮމެންޓްސް

Matches
6
Ongoing
2
Upcoming
Predict
Settings