ފުރަތަމަ ސަފްޙާ / ޚަބަރު / ފައިނަލުން ޖާގަ ހޯދަން އެމްޓީސީސީން މިރޭ ޗެމްޕިއަނާ ދެކޮޅަށް ނުކުންނަނީ
ފައިނަލުން ޖާގަ ހޯދަން އެމްޓީސީސީން މިރޭ ޗެމްޕިއަނާ ދެކޮޅަށް ނުކުންނަނީ
އެމްޓީސީސީ ޓީމުގެ ކުޅުންތެރިން ކުއާޓާ ފައިނަލް މެޗުގައި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ތާރީހީ ފައިނަލަކުން ޖާގަ ހޯދަން ނުކުންނާނީ ޗެމްޕިއަނާ ދެކޮޅަށް. ފޮޓޯ: ކްލަބް މޯލްޑިވްސް

ފައިނަލުން ޖާގަ ހޯދަން އެމްޓީސީސީން މިރޭ ޗެމްޕިއަނާ ދެކޮޅަށް ނުކުންނަނީ

ފަހުމިނެޓް
ފަހުމިނެޓް
10 ގަޑިއިރު ކުރިން 21 ޖުލައި 2026

ކްލަބް މޯލްޑިވްސް ކަޕްގެ ތާރީހުގައި ފައިނަލުން ޖާގަ ހޯދަން އެމްޓީސީސީން މިރޭ، އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރިކްރިއޭޝަން ކްލަބް (އާރްއާރްސީ) އާ ދެކޮޅަށް ނުކުންނާނެ އެވެ. 

އެމްޓީސީސީ އަކީ ފަހަކަށް އައިސް ވަރުގަދަ ސްކޮޑަކާ އެކު މުބާރާތްތަކުގައި ވާދަކުރާ ޓީމެކެވެ. މިފަހަރުގެ ކްލަބް މޯލްޑިވްސް ކަޕަށް ވެސް އެޓީމު ނުކުތީ ރާއްޖޭގެ ނަން މަޝްހޫރު ފުޓްސަލް ތަރިންނާ އެކު އެވެ. 

އެމްޓީސީސީ ޓީމުގައި ތިބި ފުޓްސަލް ތަރިންނަށް ބަލާއިރު، އަޔާޒް އަހުމަދު (އަޔާ) އާއި އަލީ ޝިޔާހު (ޝިޔަޅޭ)، ގޯލްކީޕަރު ޒައިދާން އަހުމަދު (އަސޫ) އަދި އަބްދުﷲ ޖުނައިދު (ޖެންނެ) ފާހަގަކުރެވެ އެވެ. މި ކުޅުންތެރިންގެ ތެރެއިން ޝިޔަޅޭ އާއި އަސޫ އަދި ޖެންނެ އަކީ ގައުމީ ފުޓްސަލް ޓީމާ އެކު ރަމް މެޑަލް ހޯދި ކުޅުންތެރިންނެވެ. 

އެމްޓީސީސީ ވަނީ ގްރޫޕް ސްޓޭޖުގައި ގްރޫޕުގެ އެއް ވަނަ ހޯދައިފަ އެވެ. އަދި ކުއާޓާ ފައިނަލުގައި 3-11 ގެ ބޮޑު ތަފާތަކުން އެމްއޭސީއެލް ބަލިކުރި އެވެ. 

ކްލަބް މޯލްޑިވްސްގެ މިފަހަރުގެ މުބާރާތުގެ ހަތަރު މެޗުގައި އެޓީމުން ވަނީ 26 ގޯލު ޖަހައިފަ އެވެ. ބައިކޮޅަށް ވަނީ އެންމެ ފަސް ގޯލެވެ. މި ހިސާބުތަކާއެކު އެޓީމު މިރޭ ޗެމްޕިއަނުންނާ ދެކޮޅަށް ނުކުންނާނީ އިތުބާރާއެކު އެވެ. 

އެމްޓީސީސީ އަކީ މީގެކުރިން، މި ޝަރަފްވެރި މުބާރާތުގެ ފައިނަލުން ފުރުސަތު ލިބިފައިވާ ޓީމެއް ނޫނެވެ. އެހެންވެ އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ އެންމެ ޝަރަފްވެރި ފުޓްސަލް މުބާރާތުގެ ފައިނަލުން މިރޭ ފުރަތަމަ ފަހަރަށް ޖާގަ ހޯދުމެވެ. ކުންފުނިތަކަށް ބަލާއިރު، މަޝްހޫރު ވަރުގަދަ ކުންފުނިތަކުން ވަނީ މިދިޔަ އަހަރުތަކުގައި ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކޮށްފަ އެވެ. 

އާރްއާރްސީގެ އަފްލާޒް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: ކްލަބް މޯލްޑިވްސް
އާރްއާރްސީގެ އަފްލާޒް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: ކްލަބް މޯލްޑިވްސް

އެމްޓީސީއާ ވާދަކުރާ އާރްއާރްސީއަކީ ވެސް ހުސް ތަރިން ހިމެނޭ ވަރުގަދަ ޓީމެކެވެ. ގްރޫޕް ސްޓޭޖުގައި އާރްއާރްސީ ވަނީ ގްރޫޕުގެ އެއް ވަނަ ހޯދައިފަ އެވެ. ކުއާޓާ ފައިނަލުގައި އެޓީމު ވަނީ ސްޓެލްކޯއާ ވާދަކޮށް 4-7 އިން މޮޅުވެފަ އެވެ. 

އާރްއާރްސީގައި ތިބި ކުޅުންތެރިންނަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ އަލީ ހާފިޒް (ހާއްޕެ) އެވެ. ހާއްޕެގެ އިތުރުން އިބްރާހީމް އަސްވަދު (ގަބޭ) އާއި އަހުމަދު އަފްލާޒް އަދި ޝަނާން ރަޝާދަކީ ވެސް ފުޓްސަލްގައި ފާހަގަކޮށްލެވޭ މަޝްހޫރު ކުޅުންތެރިންނެވެ. 

މިފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި އާރްއާރްސީ މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން އެއް މެޗު އެއްވަރުވިއިރު ހަތަރު މެޗުން މޮޅުވި އެވެ. ފަސް މެޗުގައި އެޓީމުން 33 ގޯލު ޖެހިިިއިރު ބައިކޮޅަށް 12 ގޯލު ވަނީ ވަދެފަ އެވެ. 

https://www.fahuminet.com/tournaments/club-maldives-cup-2026

ކްލަބް މޯލްޑިވްސް މިއަހަރުގެ ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ކިންގްސް ކަޕްގެ ގްރޫޕް ސްޓޭޖުން އާރްއާރްސީ ވަނީ ކަޓައިފަ އެވެ. އެހެންވެ ކްލަބް މޯލްޑިވްސް ކަޕަށް އެޓީމު ނުކުތީ ހެދުނު ގޯސްތައް ރަނގަޅުކޮށް އަލުން ޗެމްޕިއަންކަމަށް އަމާޒުހިފައިގެންނެވެ. 

އެމްޓީސީސީ އާއި އާރްއާރްސީ ވާދަކުރާ ސެމީ ފައިނަލް މެޗު ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ފަށާނީ މިރޭ 20:30 ގަ އެވެ. 

ކޮމެންޓްސް

Matches
6
Ongoing
2
Upcoming
Predict
Settings