ފުރަތަމަ ސަފްޙާ / ޚަބަރު / ބްލެކް ކޯނާއަށް ސެމީ ފައިނަލްގެ ދޮރު ބަންދުވެއްޖެ
ބްލެކް ކޯނާއަށް ސެމީ ފައިނަލްގެ ދޮރު ބަންދުވެއްޖެ
ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގައި ބްލެކް ކޯނާއިން އިއްތިހާދު އެފްސީއާ ދެކޮޅަށް ކުޅުނު މެޗަށް ނުކުތުމުގެ ކުރިން - ފޮޓޯ: ނަރުދޫ ކައުންސިލް އިދާރާ

ބްލެކް ކޯނާއަށް ސެމީ ފައިނަލްގެ ދޮރު ބަންދުވެއްޖެ

ފަހުމިނެޓް
ފަހުމިނެޓް
14 ގަޑިއިރު ކުރިން 21 ޖުލައި 2026

ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު އެންމެ ފަހުގެ ރަނަރަޕް ބްލެކް ކޯނާއަށް ބަންދުވެއްޖެ އެވެ.

މުބާރާތުގައި ބްލެކް ކޯނާއަށް ބާކީ އެއް މެޗު އޮތް ނަމަވެސް މުބާރާތުގައި އެ ޓީމަށް އިތުރަށް ކުރިއަށްދިއުމުގެ ފުރުސަތު ގެއްލުނީ ޓޭބަލްގެ އެއްވަނައިގައި އޮތް ކަމިން އަޕްއާ ވާދަކޮށް ކުޅުނު މެޗު އެއްވަރުވުމުންނެވެ. މި ނަތީޖާއާއެކު ބްލެކް ކޯނާ ގްރޫޕް ސްޓޭޖުގައި ކުޅެންޖެހޭ އެންމެ ފަހު މެޗު ކާމިޔާބުކުރި ނަމަވެސް މިވަގުތު ޓޭބަލްގެ ހަތަރުވަނައިގައި ފަސް ޕޮއިންޓާއެކު އޮތް ދަ ބެންޗާ އަރާ ހަމަ ނުކުރެވޭނެ އެވެ.

ރޭ ނަރުދޫ ފުޓްސަލް ދަނޑުގައި ދަ ކަމިން އަޕާއި، ބްލެކް ކޯނާ ވާދަކުރި މެޗު 3-3 އިން އެއްވަރުވި އިރު މި މެޗުގައި ބްލެކް ކޯނާއިން ދެ ފަހަރު ލީޑް ނެގި އެވެ. މެޗުގެ ފުރަތަމަ ގޯލް ހަވަނަ މިނެޓްގައި ބްލެކް ކޯނާއިން ކާމިޔާބުކުރި ނަމަވެސް އޭގެ ތިން މިނެޓް ފަހުން އެ ޓީމުގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑަކުން ނަތީޖާ ހަމަހަމަވިއެވެ. އަދި، އޭގެ ފަހުން މެޗުގެ 12 ވަނަ މިނެޓްގައި ކަމިން އަޕްގެ ހުސައިން ވިޔާމް ލަނޑެއް ޖަހައި އެ ޓީމަށް ލީޑް ހޯދައިދިނެވެ. އެކަމަކު ބްލެކް ކޯނާއިން ވަނީ  ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލުން ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެ ލަނޑު ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިން އަދި ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުގެސް ހޯދި މުހައްމަދު މާއިލް އެވެ.

ރޭގެ މެޗުގައި ބްލެކް ކޯނާއަށް ދެވަނަ ފަހަރަށް ލީޑް ލިބުނީ ފަހު ހާފު ފަށައިގެން ހަތަރު ވަނަ މިނެޓްގެ ތެރޭގައި ކަމިން އަޕް ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑަކާ އެކު އެވެ. އެކަމަކު މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ކަމިން އަޕްގެ ވިޝާން އާރިފް ލަނޑެއް ޖަހައި އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނެވެ. މިއީ ވިޝާން މި މުބާރާތުގައި ކާމިޔާބުކުރި ހަތަރު ވަނަ ގޯލެވެ.

https://fahuminet.com/tournaments/narudhoo-council-futsal-fiesta-2026

މުބާރާތުގައި އިއްޔެ ހަވީރު ދަ ބެންޗާއި އާރްއެސްއޭ ނެކްސްޓް ޖެން ވާދަކުރި މެޗުވެސް ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. މި މެޗުގައި ދަ ބެންޗުން މެޗުގެ ކުރީކޮޅު ދެ ލަނޑު ކާމިޔާބުކޮށް  ލީޑް ނަގާފައިވާއިރު އެ ދެ ލަނޑަކީ ވެސް އާރްއެސްއޭގެ ކުޅުންތެރިން އަތުން ބައިކޮޅަށް ވަތް ދެ ލަނޑެވެ. މި މެޗުގައި އާރްއެސްއޭއިން ކާމިޔާބުކުރި ތިން ލަބނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހުސައިން މާހިލް އެވެ. މި މެޗުގައި މާހިލް ޖެހި ދެ ގޯލާއެކު މުބާރާތުގައި އޭނާ ކާމިޔާބުކުރި ގޯލްގެ އަދަދު ހަތަރަކަށް ވަނީ އަރައިފަ އެވެ. އަދި ރޭގެ މެޗުގައި އާރްއެސްއޭއަށް ފުރަތަމަ ފަހަރަށް ލީޑް ނަގައިދިން އާދަމް ލަރީފް (ރޮނާ) ވެސް ވަނީ މި މުބާރާތުގައި މިހާތަނަށް ހަތަރު ގޯލް ކާމިޔާބުކޮށްފަ އެވެ. މި މެޗުގައި ދަ ބެންޗަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ އިބްރާހިމް ޒާހީ އެވެ.

މުބާރާތުގައި މިއަދު ހަވީރާއި މިރޭ އޮންނާނީ ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗުތަކެވެ. އެހެން ދުވަސްތަކާ ތަފާތުކޮށް މިއަދާއި މިރޭ މުބާރާތުގެ ތިން މެޗު ކުރިއަށް ދާނެ އެވެ.  އެއީ ހަވީރު އެއް މެޗާއި، ރޭގަނޑު ދެ މެޗެވެ.

ކޮމެންޓްސް

Matches
6
Ongoing
2
Upcoming
Predict
Settings