ފުރަތަމަ ސަފްޙާ / ޚަބަރު / ކަމިން އަޕް ސެމީ ފައިނަލަށް، ލެއިޓް ވުލްފްއިން އުންމީދު އާކޮށްފި
ކަމިން އަޕް ސެމީ ފައިނަލަށް، ލެއިޓް ވުލްފްއިން އުންމީދު އާކޮށްފި
އިއްޔެ ހަވީރު ކުޅުނު މެޗުގައި ކަމިން އަޕްގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: ނަރުދޫ ކައުންސިލް

ކަމިން އަޕް ސެމީ ފައިނަލަށް، ލެއިޓް ވުލްފްއިން އުންމީދު އާކޮށްފި

ފަހުމިނެޓް
ފަހުމިނެޓް
1 ދުވަސް ކުރިން 20 ޖުލައި 2026

ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ކަމިން އަޕުން ކަށަވަރުކުރި އިރު ލެއިޓް ވުލްފްއިން އުންމީދު އާކޮށްފި އެވެ.

މުބާރާތުގައި މުޅިން އަލަށް ބައިވެރިވި ކަމިން އަޕުން ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައި މިވަނީ އިއްޔެ ހަވީރު ދަ ބެންޗްއާ ވާދަކޮށް ކުޅުނު މެޗު 0-5 އިން ކާމިޔާބުކޮށްގެންނެވެ. އިއްޔެގެ މެޗަށް ދެ ޓީމު ނުކުތްއިރު ކަމިން އަޕުން އޮތީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. ދަ ބެންޗުން އެހާތަނަށް ދެ މެޗު ކުޅެފައި އޮތްއިރު އެއް މެޗުން މޮޅުވެ އެއް މެޗު އޮތީ އެއްވަރުކޮށްފަ އެވެ.

ކަމިން އަޕުން އިއްޔެ ހަވީރު ދަ ބެންޗްގެ މައްޗަށް ކުރި ހޯދި މެޗުގައި އެ ޓީމުން ޖެހި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގަ އެވެ. ކަމިން އަޕްގެ ފުރަތަމަ ގޯލް ދަ ބެންޗުގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް އިރު އެ ޓީމުން ޖެހި އަނެއް ހަތަރު ގޯލް ކާމިޔާބުކޮށްދީފައިވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުހައްމަދު އިސާމް (ޝަންޓޭ) އާއި  ހުސައިން ވިޔާމްގެ އިތުރުން ހުސައިން ހަލީމް އަދި އަބްދުﷲ އަޔާން އެވެ.

މި ނަތީޖާއާއެކު ކަމިން އަޕް އޮތީ ނުވަ ޕޮއިންޓާއެކު ޓޭބަލްގެ އެއްވަނައިގަ އެވެ. ދަ ބެންޗަށް މިހާތަނަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް އަދި ބާކީ ދެ މެޗު އޮތުމާއެކު ސެމީ ފައިނަލްގެ ޖާގަ އެއް ހޯދުމުގެ ފުރުސަތު އެ ޓީމަށް އަދި ވަރަށް ފުޅާކޮށް ހުޅުވިފަ އެވެ.

ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގައި ރެއާއި ހަމައަށް މުބާރާތުގެ އެއްވެސް މެޗަކުން ބަލި ނުވެ އޮތް އިއްތިހާދު އެފްސީ އާ ދެކޮޅަށް މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ލެއިޓް ވުލްފްއިން ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 1-3 އިންނެވެ. މި މެޗުގެ ކުރިން މުބާރާތުގައި ލެއިޓުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފައި އޮތުމާއެކު ރޭގެ މެޗުން މޮޅެއް ހޯދުން ލެއިޓަށް އޮތީ މަޖުބޫރިުވެފަ އެވެ.

ރޭގެ މެޗުގައި ލެއިޓް ވުލްފްއިން ޖެގހި ތިން ގޯލްގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދީފައިވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި މުހައްމަދު އަޒްމޫނެވެ. އެ ޓީމުން ޖެހި ތިން ގޯލްގެ ތެރެއިން އެއް ގޯލަކީ  އިއްތިހާދު ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.  މި މެޗުގައި އިއްތިހާދުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައިވަނީ  ހުސައިން ނިހާލެވެ.

މި ނަތީޖާއާއެއެކު ލެއިޓް ވުލްފަށް ހަ ޕޮއިންޓް ލިބި ސެމީ ފައިނަލްގެ ޖާގައެއް ހޯދުމުގެ އުންމީދު އެޓީމުން ވަނީ އާކޮށްފަ އެވެ. އިއްތިހާދުން މި މުބާރާތުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ހޯދި ހަތް ޕޮއިންޓާއެކު އެ ޓީމު އޮތީ ޓޭބަލްގެ ދެވަނައިގަ އެވެ.

މުބާރާތުގައި މިއަދު ހަވީރާއި، މިރޭވެސް ކުޅުން ކުރިއަށްދާނެ އެވެ. ހަވީރު ކުޅޭ މެޗުގައި އާރްއެސްއޭ ނެކްސްޓް ޖެން އާއި ދަ ބެންޗް ވާދަކުރާއިރު  މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ  ކަމިން އަޕާއި ބްލެކް ކޯނާ އެވެ.

 

ކޮމެންޓްސް

Matches
7
Ongoing
2
Upcoming
Predict
Settings