ފުރަތަމަ ސަފްޙާ / ޚަބަރު / އެކަޑަމީ ޓީމުން ޗެމްޕިއަން ލެއިޓަށް ވަރުގަދަ ލަނޑެއް ދީފި
އެކަޑަމީ ޓީމުން ޗެމްޕިއަން ލެއިޓަށް ވަރުގަދަ ލަނޑެއް ދީފި

އެކަޑަމީ ޓީމުން ޗެމްޕިއަން ލެއިޓަށް ވަރުގަދަ ލަނޑެއް ދީފި

ފަހުމިނެޓް
ފަހުމިނެޓް
7 ގަޑިއިރު ކުރިން 18 ޖުލައި 2026

މިހާރު ކުރިއަށްދާ ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގައި މިއަދު ހަވީރު ކުޅުނު މެޗުގައި ރަމްޒު ސްޕޯޓްސް އެކަޑަމީއަށް ނިސްބަތްވާ އާރްއެސްއޭ ނެކްސްޓް ޖެން އިން މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ލެއިޓް ވުލްފް ޔުނައިޓެޑް ބަލިކޮށްފި އެވެ.

މިއަދުގެ މެޗަށް އާރްއެސްއޭ ނުކުތްއިރު އެ ޓީމު އޮތީ މުބާރާތުގައި ކުޅުނު ދެ މެޗުންވެސް ބަލިވެ ޓޭބަލްގެ ފަސް ވަނައިގަ އެވެ. މެޗަކަށް ވުރެ މެޗެއް އާރްއެސްއޭ އިން ނަތީޖާ ރަގަޅު ކުރަމުން އައި ނަމަވެސް، މެޗެއް ނުކުޅެ އެއް ދުވަސް ރެސްޓް ކުރުމަށް ފަހު މިއަދުގެ މެޗުޗަށް ނުކުތް ލެއިޓް ވުލްފްގެ މައްޗަށް އެ ޓީމަށް ކުރި ހޯދި ދާނެ ކަމަކަށް ގިނަ ބަޔަކު ލަފާކޮށްފަ އެއް ނެތެވެ.

މިފަހަރުގެ މުބާރާތް ލެއިޓް ވުލްފުން ވެސް ފެށީ ހެޔޮވަރުގެ ބައްޔަކާ އެކު އެވެ. އެކަމަކު ޖެހިގެން އައި މެޗުގައި ބޮޑު ތަފާތަކުން އެންމެ ފަހުގެ ރަނަރަޕް ބަލިކުރުމާއެކު އެ ޓީމުގެ ނަތީޖާތައް ދެން ދާނީ ރަގަޅަށް ކަމަށް ބަލައިގެން ތިބި މީހުން މަދެއް ނޫނެވެ.

ނަރުދޫ ފުޓްސަލް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އާރްއެސްއޭއިން ލެއިޓް ވުލްފް ބަލިކުރީ 3-5 އިންނެވެ. މި މެޗުގައި އާރްއެސްއޭއިން ލެއިޓް ވުލްފްގެ މައްޗަށް ކުރި ހޯދީ ލެއިޓުން މެޗުގެ ފުރަތަމަ ހާފު ދެ ލަނޑުގެ ލީޑަކާ އެކު ނިންމާލި ފަހުންނެވެ.  މެޗުގެ ފުރަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށް  ލެއިޓަށް ލީޑް ނަގައިދިނީ  އިބްރާހިމް އީވާން އެވެ. އީވާން ލަނޑު ޖެހިތާ މިނެޓެއް ފަހުން ލެއިޓްގެ  މުހައްމަދު ނާއިފް އިތުރު ލަނޑެއް ޖަހައި ލީޑް ފުޅާކުރި އެވެ.

މި ނަތީޖާއާއެކު ލެއިޓް ކުރީގައި އޮވެގެން ފުރަތަމަ ހާފު ނިންމާލުމާއެކު މި މެޗު ފަސޭހަ ކަމާއެކު ލެއިޓުން ކާމިޔާބުކުރާނެ ކަމަށް ބެލެވުނެވެ. އެކަމަކު މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ހައިރާންކުރުވަނިވި ނަތީޖާއަށް އާރްއެސްއޭއިން މަގު ކޮށަން ފެށީ  ފަހު ހާފު ފަށައިގެން ފުރަތަމަ މިނެޓްގަ އެވެ. މި މެޗުގައި އާރްއެސްއޭއިން ޖެހި ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުން މި މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގައިވެސް ގޯލް ޖަހަމުން އަންނަ އަދި މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އާދަމް ލަރީފް (ރޮނާ) އެވެ.

https://fahuminet.com/tournaments/narudhoo-council-futsal-fiesta-2026

ރޮނާގެ ލަނޑުން އާރްއެސްއޭ ހޯދި އާދަޔާ ހިލާފު ހިތްވަރާއެކު އެ ޓީމުން ވަނީ ފުލުފުލުގައި ދެ ގޯލް ޖަހައި ފަހު ހާފުގެ ފުރަތަމަ ފަސް މިނެޓްގެ ތެރޭގައި  ނަތީޖާ 2-3 އަށް ބަދަލުކޮށްފަ އެވެ. މި ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޚަލަފް ބިން މުހައްމަދު ސިރާޖާއި، ހުސައިން މާހިލް އެވެ. އެއާއެކު ލެއިޓުން އަލުން ކުޅުން ރަގަޅުކޮށް  މެޗުގެ 31 ވަނަ މިނެޓްގައި އަހްމަދު ޝަނީ ޖެހި ގޯލާއެލު މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ.

އެ ލަނޑާއެކު އަނެއްކާވެސް އަލުން ގޭމު އެނބުރޭނެ ކަމަށް ބަލައިގެން ތިއްބާ އާރްއެސްއޭއިން ދެ ލަނޑު ޖަހައި މުބާރާތުގެ ފުރަތަމަ ތިން ޕޮއިންޓް އެ ޓީމުން ހޯދި އެވެ. އާރްއެސްއޭއިން ޖެހި ފަހު ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި ފުރަތަނމަ ފަހަރަށް އާރްއެސްއޭ އަށް ލީޑް ނަގައިދިން މާހިލް އާއި މުހައްމަދު މައާން އެވެ.

މި ނަތީޖާއަޢެކު މުބާރާތުގެ ފޯރި އިތުރަށް ގަދަވެ ސެމީ ފައިނަލަށް ޓީމުތަކުން ކުރަމުން އަންނަ ހަނގުރާމަ އިތުރަށް ހޫނު ވާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓްސް

Matches
9
Ongoing
Upcoming
Predict
Settings