ފުރަތަމަ ސަފްޙާ / ޚަބަރު / ވާދަވެރިކަން ބޮޑު ދުވަހެއް، އާރްއެސްއޭ އަތުން ކަމިން އަޕް ސަލާމަތްވީ ކިރިޔާ
ވާދަވެރިކަން ބޮޑު ދުވަހެއް، އާރްއެސްއޭ އަތުން ކަމިން އަޕް ސަލާމަތްވީ ކިރިޔާ
ކަމިން އަޕްގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. އެޓީމަށް ލިބުނީ އުނދަގޫ މޮޅެއް. ފޮޓޯ: ނަރުދޫ ކައުންސިލް

ވާދަވެރިކަން ބޮޑު ދުވަހެއް، އާރްއެސްއޭ އަތުން ކަމިން އަޕް ސަލާމަތްވީ ކިރިޔާ

ފަހުމިނެޓް
ފަހުމިނެޓް
1 ދުވަސް ކުރިން 17 ޖުލައި 2026

މިހާރު ކުރިއަށްދާ ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގައި މިއަދު ހަވީރާއި މިރޭ ވާދަވެރި މެޗުތަކެއް ކުޅުނު އިރު  އާރްއެސްއޭ ނެކްސްޓް ޖެން އަތުން ހަނި ގޮތަކަށް ކަމިން އަޕް މޮޅުވެއްޖެ އެވެ.

މުބާރާތުގައި މިއަދު ހަވީރު ކަމިން އަޕުން އާރްއެސްއޭއާ ވާދަކޮށް ކުޅުނު މެޗު ކާމިޔާބުކޮށްފައިވަނީ 2-3 އިންނެވެ. ކަމިން އަޕުން މިއަދު ހޯދި މޮޅާއެކު އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ޓޭބަލްގެ އެއް ވަނައިގަ އެވެ. 

މުބާރާތުގައި ކަމިން އަޕުން ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަންއާ ވާދަކޮށް ބޮޑު ތަފާތަކުން މޮޅުވި ނަމަވެސް ރަމްޒު ސްޕޯޓްސް އެކަޑަމީގެ ޓީމުގެ މައްޗަށް ކުރި ހޯދުނީ އުނދަގުލުންނެވެ. މިއަދުގެ މެޗުގައި ކަމިން އަޕަށް އެންމެ ބޮޑު ގޮންޖެހުމަކަށްވީ ކްލަބް މޯލްޑިވްސް ކަޕްގައި ވާދަކުރަމުން އަންނަ އެމްޓީސީސީ އަށްވެސް ކުޅެމުން އަންނަ މުހައްމަދު އިސާމް (ޝަންޓޭ) ނެތުމެވެ.

އާރްއެސްއޭ އާއި ކަމިން އަޕް ވާދަކުރި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ކަމިން އަޕުންނެވެ. މި ލަނޑު މެޗުގެ 13 ވަނަ މިނެޓްގައި ހުސައިން ވިޔާމް ކާމިޔާބުކުރިތާ މާ ގިނަ އިރު ތަކެއް ނުވެ އާރްއެސްއޭގެ ހޫދު ބިން ސުނީލް ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ.

މެޗުގެ ފަހު ހާފު ފަށައިގެން ކަމިން އަޕުން އަނެއްކާވެސް ރަގަޅަށް ކުޅެ ފުރަތަމަ ދިހަ މިނެޓް ތެރޭގައި ދެ ގޯލް ޖަހައި ލީޑު ފުޅާކުރި އެވެ. މި ދެ ލަނޑު ކަމިން އަޕަށް ކާމިޔާބުކޮށްދިނީ  ނިހާލް ތޯހާ އާއި ވިޝާން އާރިފެވެ. އެކަމަކު މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އާރްއެސްއޭގެ އާދަމް ލަރީފް (ރޮނާ) ގޯލެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރި އެވެ.  ރޮނާ ވަނީ އާރްއެސްއޭ އިން ކުޅުނު ފުރަތަމަ މެޗުގައިވެސް ގޯލް ޖަހައިފަ އެވެ.

މުބާރާތުގައި މިރޭ އިއްތިހާދު އެފްސީ އާއި ދަ ބެންޗު ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުޗެފައިވާ މި ދެ ޓީމު މިއަދުގެ މެޗު ޕޮއިންޓަކުން ފުއްދާލި އިރު  މެޗުގައި  ޖެހި ދެ ގޯލްވެސް ފެނިފައިވަނީ ފަހު ހާފުގަ އެވެ.

https://fahuminet.com/tournaments/narudhoo-council-futsal-fiesta-2026

މެޗުގެ ފުރަތަމަ ލަނޑު  ފަހު ހާފުގެ ހަތަރު ވަނަ މިނެޓްގައި  މުހައްމަދު ރިޝްވާން ކާމިޔާބުކޮށް އިއްތިހާދަށް ލީޑް ނަގައިދިން އިރު ދަ ބެންޗުން މެޗުގެ ނަތީޖާ ހަމަހަމަކުރީ  މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް  އަމާން އާދަމް އެވެ.

މުބާރާތުގައި މާދަމާ  ހަވީރު ކުޅޭ މެޗުގައި އާރްއެސްއޭ އާއި ލެއިޓް ވުލްފް ވާދަކުރާ ގޮތަށް ހަމަޖެހިފައިވާއިރު މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ  ބްލެކް ކޯނާ އާއި އިއްތިހާދު އެފްސީ އެވެ. 

ކޮމެންޓްސް

Matches
9
Ongoing
Upcoming
Predict
Settings