ފުރަތަމަ ސަފްޙާ / ޚަބަރު / އިއްތިހާދުން ފެށުން ރަނގަޅު ކުރިއިރު ލެއިޓުން އަސްލު ފެންވަރު ދައްކާލައިފި
އިއްތިހާދުން ފެށުން ރަނގަޅު ކުރިއިރު ލެއިޓުން އަސްލު ފެންވަރު ދައްކާލައިފި
ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގައި އިއްޔެ ކުޅުނު މެޗެއްގެ ތެރެއިން. ފޮޓޯ: ނަރުދޫ ކައުންސިލް

އިއްތިހާދުން ފެށުން ރަނގަޅު ކުރިއިރު ލެއިޓުން އަސްލު ފެންވަރު ދައްކާލައިފި

ފަހުމިނެޓް
ފަހުމިނެޓް
15 ގަޑިއިރު ކުރިން 17 ޖުލައި 2026

މިހާރު ކުރިއަށްދާ ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގައި މުޅިން އަލަށް ވާދަކުރި ދެ ޓީމުގެ ކުރިމަތިލުން އިއްތިހާދު އެފްސީއިން ކާމިޔާބުކުރި އިރު، އެންމެ ފަހުގެ ޗެމްޕިއަން ލެއިޓް ވުލްފް ޔުނައިޓެޑުން ކުޅުނު ދެވަނަ މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފި އެވެ.

އިއްޔެ ހަވީރު ނަރުދޫ ފުޓްސަލް ދަނޑުގައި ރަމްޒު ސްޕޯޓްސް އެކަޑަމީއަށް ނިސްބަތްވާ އާރްއެސްއޭ ނެކްސްޓް ޖެން އާއި އިއްތިހާދު އެފްސީ ވާދަކުރި މެޗު އިއްތިހާދުން ކާމިޔާބުކުރީ 1-3 އިންނެވެ. މި މެޗުގައި އިއްތިހާދު އެފްސީއިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގަ އެވެ. އެކަމަކު ހިތްވަރާއެކު ކުޅެމުން ދިޔަ އާރްއެސްއޭ ޓީމުގެ ގޯލް އިއްތިހާދަށް ފޫއަޅުވާލެވޭ ވަރުވީ މެޗުގެ 14 ވަނަ މިނެޓްގަ އެވެ. މި ލަނޑު އިއްތިހާދު އެފްސީއަށް ކާމިޔާބުކޮށްދިނީ  އަލީ ނިސާހެވެ. މެޗުގައި އިއްތިހާދުން ޖެހި ދެވަނަ ލަނޑު ފުރަތަމަ ހާފު ނިމިނިމި އޮއްވައި އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލްސަން އަލީ އެވެ.

މެޗުގެ ފަހު ހާފު ފަށައިގެން އާރްއެސްއޭއިން ކުޅުން ރަނގަޅު ކުރި ނަމަވެސް އަނެއްކާވެސް ގޯލް ޖަހައި ލީޑް ފުޅާކުރީ އިއްތިހާދު އެފްސީ އިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހުސައިން ނިހާލެވެ. އާރްއެސްއޭ އިން ބަލިވެގެން މެޗު ނިންމާލަން ޖެހުނަސް ގޯލަކާ ނުލައި ދަނޑުން ނުފައިބާން ކުރި މަސައްކަތް މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓީމުގެ ކޯޗެއްގެ ގޮތުގައިވެސް ހަރަކާތްތެރިވަމުން އަންނަ އާދަމް ލަރީފް (ރޮނާ) އެވެ.

ޖުމްލަ ހަ ޓީމަކުން ވާދަކުރަމުން އަންނަ ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ލެއިޓް ވުލްފާއި، ރަނަރަޕް މަގާމު ހޯދި ބްލެކް ކޯނާ ބައްދަލުކުރި މެޗު ލެއިޓް ވުލްފްއިން ކާމިޔާބުކުރީ 1-7 އިންނެވެ. މިއީ މި ދެޓީމު މުބާރާތުގައި ކުޅުނު ދެވަނަ މެޗް ކަމަށް ވާއިރު މި ދެޓީމުވެސް ވަނީ ފުރަތަމަ ކުޅުނު މެޗުން ބަލިވެފަ އެވެ.

https://fahuminet.com/tournaments/narudhoo-council-futsal-fiesta-2026

ރޭގެ މެޗުގައި ލެއިޓް ވުލްފުން ޖެހި ހަތް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ޖަހާފައި ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުހައްމަދު ޖުނައިދެވެ. ލެއިޓުން މި މެޗުގައި ޖެހި އަނެއް ތިން ގޯލް ކާމިޔާބުކޮށްދީފައިވަނީ ފުރަތަމަ މެޗުގައިވެސް އެ ޓީމަށް ގޯލް ކާމިޔާބުކޮށްދިން އަހްމަދު ޝާނީ އާއި އިބްރާހިމް އީވާންގެ އިތުރުން އިސްމާއިލް ޝާފިއު އެވެ.

ރޭގެ މެޗުގައި ބްލެކް ކޯނާގެ ދާއޫދު އަލީ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފައިވާއިރު އެ ޓީމަށް ސުން ކަނޑުވައިދިން ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އާދަމް ރިސްފާނެވެ.

މުބާރާތުގެ ކުޅުން މިއަދު ހަވީރާއި، މިރޭ ވެސް ކުރިއަށްދާނެ އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ކަމިން އަޕް އާއި އާރްއެސްއޭ ނެކްސްޓް ޖެން ބައްދަލުކުރާއިރު މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ފުރަތަމަ ކުޅުނު މެޗުން މޮޅުވެފައި އޮތް ދެ ޓީމު ކަމަށްވާ ދަ ބެންޗާއި، އިއްތިހާދު އެފްސީ އެވެ.

ކޮމެންޓްސް

Matches
7
Ongoing
2
Upcoming
Predict
Settings