ފުރަތަމަ ސަފްޙާ / ޚަބަރު / އާރްއެސްއޭ ނެކްސްޓް ޖެން އިން އުޖާލާކޮށްދެނީ ނަރުދޫގެ ފުޓްސަލްގެ ކުރިމަގު
އާރްއެސްއޭ ނެކްސްޓް ޖެން އިން އުޖާލާކޮށްދެނީ ނަރުދޫގެ ފުޓްސަލްގެ ކުރިމަގު
އާރުއެސްއޭ ނެކްސްޓް ޖެންގެ ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އާރުއެސްއޭ

އާރްއެސްއޭ ނެކްސްޓް ޖެން އިން އުޖާލާކޮށްދެނީ ނަރުދޫގެ ފުޓްސަލްގެ ކުރިމަގު

ފަހުމިނެޓް
ފަހުމިނެޓް
10 ގަޑިއިރު ކުރިން 16 ޖުލައި 2026

ށ. ނަރުދޫ ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ އިއްޔެ ފަށާފައިވާއިރު މި މުބާރާތުގައި ބައިވެރިވި އެންމެ ޒުވާން ޓީމަކީ އެ ރަށުގައި ހިންގަމުން އަންނަ ރަމްޒު ސްޕޯޓްސް އެކަޑަމީއަށް ނިސްބަތްވާ އާރްއެސްއޭ ނެކްސްޓް ޖެން އެވެ.

ރަމްޒު ސްޕޯޓްސް އެކަޑަމީ އަކީ ކުޅިވަރުގެ ހުނަރުވެރި ޖީލެއް ރަށުގައި ބިނާކުރުމުގެ އިތުރުން ފުޓްބޯޅައާއި ފުޓްސަލްގެ އިތުރުން ހޭންޑްބޯލް ފަދަ ކުޅިވަރުތަކުގައި ރަށް ތަމްސީލްކުރާނެ މޮޅު ކުޅުންތެރިންތަކެއް ބިނާކުރުމުގެ މަގްސަދުގައި މީގެ ފަސް އަހަރުކުރިން އުފައްދާފައިވާ އެކެޑަމީ އެކެވެ. މި އެކެޑަމީގައި ސަތޭކައާ ގާތްކުރާ އަދަދެއްގެ ކުދިން ކުޅިވަރުގެ އެކި ފިލާވަޅުތަކާއި ތަމްރީންތައް އަންނަނީ ލިބިގަންނަމުންނެވެ. އަދި، އެ ކުދިންނަށް އެކި ކުޅިވަރުތަކުން އިތުރު ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމަށް ހުރި ފުރުސަތުގެ ބޭނުން އެ އެކެޑަމީން އަންނަނީ ކުރަމުންނެވެ.

"ކައުންސިލުން ބާއްވާ މި ފުޓްސަލް މުބާރާތުގައި އެކެޑަމީގެ ޓީމެއް މި ބައިވެރިކުރީ ވެސް ކުދިންނަށް ފުޓްސަލްގައި އިތުރު ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން. މި އެކެޑަމީގައި އުޅޭ ކުދިންވެސް ވަރަށް ބޮޑަށް މިކަން ކުރަން ބޭނުންވެގެން މިފަހަރުގެ މުބާރާތުގަ ޓީމެއް މި ބައިވެރިކުރީ." އާރްއެސްއޭ ނެކްސްޓް ޖެންގެ މެނޭޖަރު މުހައްމަދު ނިޒާރު "ފަހުމިނެޓް" އާ ވާހަކަދައްކަމުން ބުނެފައިވެ އެވެ.

ޖުމްލަ ހަ ޓީމަކުން ވާދަކުރަމުން އަންނަ މި މުބާރާތުގައި އާރްއެސްއޭ ނެކްސްޓް ޖެންއިން ބައިވެރިވީ ތަޖުރިބާ ހޯދަން ކަމަށްވިޔަސް މި މުބާރާތަށް އެކެޑަމީގެ ޓީމު ވަރަށް ސީރިއަސްކޮށް ފަރިތަކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. އަދި މުބާރާތް ފެށުމުގެ ހަފްތާއެއްހާ ދުވަސްކުރިން ރާއްޖޭގެ ފުޓްބޯޅައާއި، ފުޓްސަލްގައި ކުރިން ވިދާލި އާދަމް ލަރީފް (ރޮނާ) އެ ޓީމާ ގުޅި ކުޅުންތެރިންނަށް އަންނަނީ ކޯޗެއްގެ ހައިސިއްޔަތުން އިރުޝާދު ދެމުންނެވެ. މި މުބާރާތަށް އެންމެ ދުރާލާ ފަރިތަކުރުންތައް ފެށި ޓީމަކީވެސް އާރްއެސްއޭ ނެކްސްޓް ޖެން އެވެ.

https://www.fahuminet.com/tournaments/narudhoo-council-futsal-fiesta-2026

މުބާރާތުގައި ބައިވެރިވި އެހެން ހުރިހާ ޓީމެކޭ އެއްގޮތަށް އާރްއެސްއޭ ނެކްސްޓް ޖެން އިން ވެސް ވަނީ ސަޕޯޓަރުންގެ ޖޯޒީ ހަދައި ސަޕޯޓަރުންގެ މެދުގައި ފޯރި ހިތްޕާލައިފަ އެވެ.

މުބާރާތުގައި އާރްއެސްއޭ އިން ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު އިއްތިހާދު އެފްސީއާ ދެކޮޅަށް ނުކުންނައިރު ލީގު އުސޫލުން ފުރަތަމަ ބުރު ކުޅޭ މި މުބާރާތުގައި އެ ޓީމަށްވެސް މަދުވެގެން ފަސް މެޗު ކުޅެން ލިބޭނެ އެވެ.

 

 

ކޮމެންޓްސް

Matches
7
Ongoing
2
Upcoming
Predict
Settings