ފުރަތަމަ ސަފްޙާ / ޚަބަރު / ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ: ފުރަތަމަ ދުވަހުވެސް ގެނުވީ ބޮޑު ހައިރާންކަމެއް
ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ: ފުރަތަމަ ދުވަހުވެސް ގެނުވީ ބޮޑު ހައިރާންކަމެއް
ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގެ ފުރަތަމަ މެޗުގެ ތެރެއިން. ފުރަތަމަ ދުވަހުވެސް ފެނުނީ ހައިރާންކުރުވަނިވި ނަތީޖާތަކެއް. ފޮޓޯ: ނަރުދޫ ކައުންސިލް

ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ: ފުރަތަމަ ދުވަހުވެސް ގެނުވީ ބޮޑު ހައިރާންކަމެއް

ފަހުމިނެޓް
ފަހުމިނެޓް
11 ގަޑިއިރު ކުރިން 16 ޖުލައި 2026

ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގެ ފުރަތަމަ ދެ މެޗު އިއްޔެ ހަވީރާއި ރޭ ކުޅެފައިވާއިރު އެންމެ ފަހުން ބޭއްވި މުބާރާތުގެ ފައިނަލްގައި ކުޅުނު ދެ ޓީމު ވެސް ފުރަތަމަ ކުޅުނު މެޗުން ބަލިވެއްޖެ އެވެ.

ލީގު އުސޫލުން ފުރަތަމަ ބުރުގެ މެޗުތައް ކުރިއަށްގެންދާގޮތަށް ހަމަޖެހިފައިވާ މި މުބާރާތް ހުޅުވި މެޗުގައި އިއްޔެ ހަވީރު އެންމެ ފަހުގެ ރަނަރަޕް ބްލެކް ކޯނާ އާއި ދަ ބެންޗް ވާދަކުރި މެޗުން ބްލެކް ކޯނާ ބަލިވީ 2-5 އިންނެވެ.

އެންމެ ފަހުން ބޭއްވި ދެ މުބާރާތުގެ ފައިނަލްގައިވެސް ކުޅުނު ބްލެކް ކޯނާއިން މެޗު ފަށައިގެން ފުރަތަމަ މިނެޓްގައި ގޯލެއް ޖަހައި ލީޑް ހޯދި ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ދަ ބެންޗުން ފަހަތުން އަރައި ދެ ލަނޑު ޖެހި އެވެ. ދެވަނަ ހާފާއެކު ކުޅުން ރަނގަޅުކޮށް ބްލެކް ކޯނާއިން ރަނގަޅު ރައްދެއް ދިފާނެ ކަމަށް ބެލެވުނު ނަމަވެސް ކަންވީ ދިމާ އިދިކޮޅަށެވެ. މެޗުގެ ފަހު ހާފު ފަށައިގެން ފުރަތަމަ ފަސް މިނެޓްގެ ތެރޭ ދަ ބެންޗުން އިތުރު ތިން ގޯލް ޖަހައި ބްލެކް ކޯނާއަށް މެޗުގެ ތެރެއަށް އަލުން އެނބުރި ނާދެވޭ ވަރުކޮށްލި އެވެ.

އިއްޔަ ހަވީރު ނަރުދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުގައި ދަ ބެންޗުން ކާމިޔާބުކުރި ފަސް ގޯލްގެ ތެރެއިން ދެ ގޯލް ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިބްރާހިމް ޒާހީ އެވެ. ދަ ބެންޗަށް މި މެޗުގައި އިތުރު ގޯލްތައް ކާމިޔާބުކޮށްދީފައިވަނީ ފުވައްމުލަކަށް އުފަން މޫސާ އަޒީމާއި އަދި މުހައްމަދު ނާއިޒްގެ އިތުރުން ގދ. ވާދޫ ފުޓްސަލް ޓީމުގައި ހިމެނުނު  އަބްދުﷲ އާހިލް އެވެ. މި މެޗުގައި  ބްލެކް ކޯނާއިން ޖެހި ދެ ގޯލް ކާމިޔާބުކޮށްފައިވަނީ  އަލީ ޒިދާން އާއި  ހަސަން ނަޒްމީން އެވެ.

އިއްޔެއިން ފެށިގެން މި މަހުގެ 25 ގެ ނިޔަލަށް ކުރިއަށްދާ ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގައި ރޭ ކުޅުނު މެޗުގެ ނަތީޖާ ވެސް ނުކުތީ ގިނަ ބަޔަކު ހީކުރި ގޮތާ ތަފާތުކޮށެވެ. އެންމެ ފަހުގެ ޗެމްޕިއަން ލެއިޓް ވުލްފް ޔުނައިޓެޑާއި، މި މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ކަމިން އަޕް ބައްދަލު ކުރި މެޗުން ލެއިޓް ވުލްފް ބަލިވީ 2-6 އިންނެވެ.

ރޭގެ މެޗު ފަށައިގެން ފުރަތަމަ މިނެޓްގައި ކަމިން އަޕަށް ކުޅެމުން އަންނަ ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ މުހައްމަދު އިސާމް (ޝަންޓޭ) ގޯލެއް ޖަހައި ލީޑް ނަގައިދިން އިރު އޭގެ ހަ މިނެޓް ފަހުން އެޓީމުގެ ވިސާމް އާރިފް ލަނޑެއް ޖަހައި ކަމިން އަޕަށް ލީޑް ފުޅާކޮށްދިނެވެ.

އޭގެ އެއް މިނެޓް ފަހުން ދެން ފެނުނީ ލެއިޓް ވުލްފަށް ކުޅެމުން އަންނަ މިލަންދޫއަށް އުފަން އަހްމަދު ޝާނީ ގޯލެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރި ތަނެވެ. އެކަމަކު އެ ލަނޑާއެކު އާ ހިތްވަރެއްލައި ލެއިޓަށް މެޗު ޑޮމިނޭޓް ނުކުރެވި އުޅެނިކޮށް ކަމިން އަޕްގެ ހުސައިން ވިޔާމާއި، ވިޝާމް އާރިފް ފުލުފުލުގައި ދެ ގޯލް ޖަހައި މެޗުގެ ނަތީޖާ 1-4 އަށް ބަދަލުކުރި އެވެ.  

https://www.fahuminet.com/tournaments/narudhoo-council-futsal-fiesta-2026

މެޗުގެ ފަހު ހާފު ފަށައިގެން ދެންވެސް ފެނުނީ ކަމިން އަޕުން ލަނޑެއް ޖަހައި ލީޑް އިތުރަށް ފުޅާކުރި ތަނެވެ. މި ލަނޑު ކަމިން އަޕަށް ކާމިޔާބުކޮށްދީފައިވަނީ އެ ޓީމަށް ކުޅެމުން އަންނަ ތިމަރަފުށީ ފުޓްސަލް ޓީމުގެ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އިބްރާހިމް ސިނާހް (ސިނާ) އެވެ. ސިނާ ލަނޑު ޖެހިތާ ދެ މިނެޓް ފަހުން  ލެއިޓް ވުލްފްގެ  އިބްރާހިމް އީވާން ލަނޑެއް ޖެހައި ފަރަގު ކުޑަކުރި ނަމަވެސް އެ ޓީމަށް ގޭމްގެ ތެރެއަށް އަލުން އާދެވޭ ގޮތެއް ނުވި އެވެ. މި މެޗުގައި ކަމިން އަޕުން ޖެހި ހަވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޝަންޓޭ އެވެ.

މުބާރާތުގެ ކުޅުން މިއަދު ހަވީރާއި މިރޭ ވެސް އޮންނާނެ އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި އާރްއެސްއޭ ނެކްސްޓް ޖެން އާއި އިއްތިހާދު އެފްސީ ވާދަކުރާއިރު މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ލެއިޓް ވުލްފާއި، ބްލެކް ކޯނާ އެވެ.

ކޮމެންޓްސް

Matches
7
Ongoing
2
Upcoming
Predict
Settings