ފުރަތަމަ ސަފްޙާ / ޚަބަރު / ކްލަސިކްގެ ފައިނަލުން ފުރަތަމަ ފަހަރަށް ކްރިމިނަލް ކޯޓު ޖާގަ ހޯދައިފި
ކްލަސިކްގެ ފައިނަލުން ފުރަތަމަ ފަހަރަށް ކްރިމިނަލް ކޯޓު ޖާގަ ހޯދައިފި
ކްރިމިނަލް ކޯޓުގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ކްލަސިކްގެ ފައިނަލުން ފުރަތަމަ ފަހަރަށް އެޓީމު ވަނީ ޖާގަ ހޯދާފަ. ފޮޓޯ: ކްލަބް މޯލްޑިވްސް

ކްލަސިކްގެ ފައިނަލުން ފުރަތަމަ ފަހަރަށް ކްރިމިނަލް ކޯޓު ޖާގަ ހޯދައިފި

ފަހުމިނެޓް
ފަހުމިނެޓް
1 ގަޑިއިރު ކުރިން 16 ޖުލައި 2026

ކްލަބް މޯލްޑިވްސް ސީޒަނުގެ ކްލަސިކް މުބާރާތުގެ ފައިނަލުން ފުރަތަމަ ފަހަރަށް ކްރިމިނަލް ކޯޓު ޖާގަ ހޯދައިފި އެވެ. 

އެޓީމުގެ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ކްލަސިކް ސެމީ ފައިނަލުގައި ރޭ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) 7-2 އިން ބަލިކޮށްގެންނެވެ. 

މެޗުގައި ކްރިމިނަލް ކޯޓުން މޮޅު ކުޅުމެއް ދެއްކިއިރު މުހައްމަދު ހައްސާން އަހުމަދު އާއި އަލީ ޝާޒް ހިލްމީ، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެޓީމުގެ ބާކީ ގޯލުތައް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޔައިޝް މުސްތަފާ އާއި މުހައްމަދު ޝަފްރާޒްގެ އިތުރުން މުސްލިމް މުހައްމަދެވެ. 

މެޗުގައި ބީސީސީގެ ދެ ގޯލު ކާމިޔާބުކޮށްދިނީ އަބްދުއްރަހްމާން ސާމީ އަބްދުއްރަހީމާއި މުހައްމަދު އީމާން އަހުމެވެ. 

ސެމީ ފައިނަލުގެ އަނެއް މެޗުގައި ކްލަބް ބިނާރާ ވަނީ 4-7 އިން ކްލަބް އޭވިއޭޝަން ސެކިއުރިޓީ ބަލިކޮށްފަ އެވެ. 

ބިނާރާ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: ކްލަބް މޯލްޑިވްސް
ބިނާރާ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: ކްލަބް މޯލްޑިވްސް

މެޗުގައި ބިނާރާގެ ހަތް ގޯލުގެ ތެރެއިން ހެޓްރިކް ހަދައި އަހުމަދު ރުވާއު ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އެޓީމުގެ ޖަޒްލާން ޖައުފަރު ދެ ގޯލު ޖެހިއިރު މުހައްމަދު ޒިދާން އީސާ ވެސް ދެ ގޯލު ޖެހި އެވެ. އަނެއް ގޯލަކީ އޭވިއޭޝަން ސެކިއުރިޓީގެ އާދަމް މާހިލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. 

ރޭގެ މެޗުގައި އޭވިއޭޝަން ސެކިއުރިޓީން ޖެހި ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ތައުމީން ނޫހު އެވެ. އަނެއް ދެ ގޯލު ޖެހީ އަބްދުﷲ ބައްސާން އާއި މުހައްމަދު ނާއިލް އެވެ. 

ފުރަތަމަ ފަހަރަށް ކްރިމިނަލް ކޯޓު މުބާރާތުގެ ފައިނަލުން ޖާގަ ހޯދިއިރު މިދިޔަ އަހަރުގެ ސެމީ ފައިނަލުގައި ކްލަބް ބިނާރާއާ ވާދަކޮށް އެޓީމު ވަނީ ބަލިވެފަ އެވެ. މިފަހަރު ފައިނަލުގައި އެޓީމު ނުކުންނާނީ ބިނާރާ ދެކޮޅަށެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ވެސް ބިނާރާ ކުޅުނެވެ. ފައިނަލުގައި އެޗްޕީއެސްއެންއާ ވާދަކޮށް ބިނާރާ ބަލިވީ 1-3 އިންނެވެ. 

ކްލަބް މޯލްޑިވްސް ކްލަސިކްގައި ކްރިމިނަލް ކޯޓާއި ކްލަބް ބިނާރާ ވާދަކުރާ މެޗު ކުޅޭނީ ޖުލައި 17 ވަނަ ދުވަހެވެ. 

ކޮމެންޓްސް

Matches
7
Ongoing
2
Upcoming
Predict
Settings