ފުރަތަމަ ސަފްޙާ / ޚަބަރު / އެސްޓީއޯ އާއި އެޗްޑީސީ ސެމީން ޖާގަ ހޯދިއިރު އަލްސަން ވިދާލައިފި
އެސްޓީއޯ އާއި އެޗްޑީސީ ސެމީން ޖާގަ ހޯދިއިރު އަލްސަން ވިދާލައިފި
އެޗްޑީސީގެ އަލްސަން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: ކްލަބް މޯލްޑިވްސް

އެސްޓީއޯ އާއި އެޗްޑީސީ ސެމީން ޖާގަ ހޯދިއިރު އަލްސަން ވިދާލައިފި

ފަހުމިނެޓް
ފަހުމިނެޓް
13 ގަޑިއިރު ކުރިން 14 ޖުލައި 2026

ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލުގެ ޖާގަތައް އެސްޓީއޯ އާއި ކްލަބް އެޗްޑީސީ ހޯދިއިރު، އެޗްޑީސީގެ އަލީ އަލްސަން ވިދާލައިފި އެވެ. 

ރޭ ކުޅުނު ކުއާޓާ ފައިނަލްގައި ކްލަބް އެޗްޑީސީ ވަނީ 4-3 އިން އެމްޕީއެލް ބަލިކޮށްފަ އެވެ. މި މެޗުގައި އެޗްޑީސީގެ އަލީ އަލްސަން ވަނީ ހެޓްރިކް ހަދައިފަ އެވެ. އަލްސަން މެޗުގައި ޖެހި ފަހު ގޯލަކީ ލިބުނު ދުރު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ. 

އަލްސަންގެ އިތުރުން އެޗްޑީސީ އަށް ގޯލު ކާމިޔާބުކޮށްދިނީ އަބްދުﷲ ސުޒޭރު އެވެ. 

އެމްޕީއެލްގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ އިބްރާހީމް ވަހީދު ހަސަން އެވެ. އަނެއް ގޯލު ޖެހީ އަލީ ފާސިރު (ސެންޓޭ) އެވެ. 

އެސްޓީއޯ އާއި ބީއެމްއެލް ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ކްލަބް މޯލްޑިވްސް
އެސްޓީއޯ އާއި ބީއެމްއެލް ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ކްލަބް މޯލްޑިވްސް

ކުއާޓާ ފައިނަލުގައި ރޭ ކުޅުނު އަނެއް މެޗުގައި ޔުނައިޓެޑް ބީއެމްއެލްއާ ވާދަކޮށް 4-1 އިން އެސްޓީއޯ ވަނީ މޮޅުވެފަ އެވެ. 

https://www.fahuminet.com/tournaments/club-maldives-cup-2026

މެޗުގައި ފުރަތަމަ ލީޑު ނެގީ ބީއެމްއެލް އިންނެވެ. މި ގޯލު ކާމިޔާބުކޮށްދިނީ އިޝާން އިބްރާހީމް (ސައްޓު) އެވެ. އެސްޓީއޯ އިން މެޗު ކާމިޔާބުކުރީ ފަހަތުން އަރައި ޖެހި ގޯލުތަކުންނެވެ. މި ގޯލުތައް ކާމިޔާބުކޮށްދިނީ އިސްމާއީލް އީސާ އާއި މުހައްމަދު އައްޒާމްގެ އިތުރުން އަލީ ހައިސަމް (ޗުމްޕު) އައި ހުސައިން ޝަރީފް (އޮންލީ) އެވެ. 

މުބާރާތުގައި މިރޭ ވެސް ކުއާޓާ ފައިނަލުގެ ދެ މެޗު ކުޅޭނެ އެވެ. މިރޭ ކުޅޭ އެއް މެޗުގައި އެމްޓީސީސީ އިން އެމްއޭސީއެލްއާ ދެކޮޅަށް ނުކުންނައިރު އަނެއް މެޗުގައި އާރްއާރްސީ ނުކުންނާނީ ސްޓެލްކޯއާ ދެކޮޅަށެވެ. 

ކޮމެންޓްސް

Matches
6
Ongoing
1
Upcoming
Predict
Settings