ފުރަތަމަ ސަފްޙާ / ޚަބަރު / ކްލަބް މޯލްޑިވްސް ކަޕް ކުއާޓާ ފައިނަލުގައި މިރޭ ވަރުގަދަ ކުރިމަތިލުންތަކެއް
ކްލަބް މޯލްޑިވްސް ކަޕް ކުއާޓާ ފައިނަލުގައި މިރޭ ވަރުގަދަ ކުރިމަތިލުންތަކެއް

ކްލަބް މޯލްޑިވްސް ކަޕް ކުއާޓާ ފައިނަލުގައި މިރޭ ވަރުގަދަ ކުރިމަތިލުންތަކެއް

ފަހުމިނެޓް
ފަހުމިނެޓް
16 ގަޑިއިރު ކުރިން 13 ޖުލައި 2026

ކްލަބް މޯލްޑިވްސް ކަޕް މިއަހަރުގެ ސީޒަނުގެ ވާދަވެރި ކުއާޓާ ފައިނަލް މެޗުތައް މިރޭ ފަށާނެ އެވެ. 

ކުއާޓާ ފައިނަލްގެ ދެ މެޗު މިރޭ ކުޅޭއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެމްޕީއެލް އާއި ކްލަބް އެޗްޑީސީ އެވެ. ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ބީއެމްއެލް އާއި އެސްޓިއޯ އެވެ. 

އެމްޕީއެލް ވަނީ ގްރޫޕް އޭގެ އެއް ވަނަ ހޯދައިފަ އެވެ. އެޓީމު އެއް  ވަނަ ހޯދީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. އެޗްޑީސީ އަކީ މަރުގެ ގްރޫޕުގެ ގޮތުގައި ބެލެވުނު ގްރޫޕް ޑީގެ ދެ ވަނަ އެވެ. އެޓިމު ވަނީ ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައިފަ އެވެ. 

ޔުނައިޓެޑް ބީއެމްއެލް ވަނީ ގްރޫޕް ބީގެ އެއް ވަނަ ހޯދައިފަ އެވެ. އެޓީމަށް ތިން މެޗުން ލިބުނީ ހަ ޕޮއިންޓެވެ. ޔުނައިޓެޑް ބީއެމްއެލްއާ ދެކޮޅަށް ނުކުންނަ އެސްޓީއޯ އަށް ލިބުނީ ގްރޫޕް ސީގެ ދެ ވަނަ އެވެ. އެޓީމު ތިން މެޗުން ހަތް ޕޮއިންޓް ހޯދި އެވެ. 

އެސްޓީއޯ އަކީ މިދިޔަ އަހަރުގެ ފައިނަލުގައި ވާދަކުރި ޓީމެކެވެ. ފައިނަލުގައި އެޓީމު ބަލިވީ އާރްއާރްސީ އަތުންނެވެ. 

https://www.fahuminet.com/tournaments/club-maldives-cup-2026

ކްލަބް މޯލްޑިވްސް ކަޕްގެ ހުރިހާ މެޗެއްގެ ކުޅުން ވެސް ކުރިއަށްގެންދަނީ ގަޑި ހުއްޓައިގެންނެވެ. އެހެންވެ މިފަހަރުގެ ގްރޫޕް ސްޓޭޖުގައި މިފަހަރު ވަނީ ވާދަވެރި މެޗުތަކެއް ފެނިފަ އެވެ. 

މުބާރާތުގެ ކުއާޓާ ފައިނަލުގެ ފަހު ދެ މެޗު ކުޅޭނީ މާދަމާ ރެ އެވެ. މާދަމާ ރޭ ކުޅޭ ފުރަތަމަ މެޗުގައި އެމްޓީސީސީ ވާދަކުރާނީ އެމްއޭސީއެލްއާ އެވެ. ދެ ވަނަ މެޗުގައި ޗެމްޕިއަން އާރްއާރްސީ ނުކުންނާނީ ސްޓެލްކޯއާ ދެކޮޅަށެވެ. 

ކޮމެންޓްސް

Matches
6
Ongoing
1
Upcoming
Predict
Settings