ފުރަތަމަ ސަފްޙާ / ޚަބަރު / އިއްތިހާދު އެފްސީ: އަލަށް ބައިވެރިވިޔަސް އަމާޒު ހުރީ އެންމެ އުހަށް
އިއްތިހާދު އެފްސީ: އަލަށް ބައިވެރިވިޔަސް އަމާޒު ހުރީ އެންމެ އުހަށް
އިއްތިހާދު އެފްސީން މީގެކުރިން ހޯދި ކާމިޔާބީއެއްގެ ތެރެއިން. ފުރަތަމަ ފަހަރަށް ނަރުދޫ ކައުންސިލް ފުޓްސަލް މުބާރާތުގައި އެޓީމު މިއަހަރު ވާދަކުރާނެ. ފޮޓޯ: އިއްތިހާދު އެފްސީ

އިއްތިހާދު އެފްސީ: އަލަށް ބައިވެރިވިޔަސް އަމާޒު ހުރީ އެންމެ އުހަށް

ފަހުމިނެޓް
ފަހުމިނެޓް
9 ގަޑިއިރު ކުރިން 12 ޖުލައި 2026

އަންނަ ބުދަ ދުވަހު ފަށާ ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގައި މުޅިން އަލަށް ބައިވެރިވި ކަމުގައިވިޔަސް އަމާޒަކީ މުބާރާތުން ފުރިހަމަ ކާމިޔާބެއް ހޯދުން ކަމަށް އިއްތިހާދު އެފްސީން ބުނެފި އެވެ.

ފުޓްބޯޅައަށް ލޯބިކުރާ ނަރުދޫގެ ބައެއް ޒުވާނުން އެކުވެގެން 2009 ވަނަ އަހަރު ވުޖޫދުކުރި އިއްތިހާދު އެފްސީ އަކީ ފުޓްބޯޅައަށް ހާއްސަކޮށްގެން އުފެއްދި ކްލަބެކެވެ. ކްލަބް އުފެދުނު ފަހުން ރަށުގައި ބާއްވަމުން އައި ފުޓްބޯޅަ މުބާރާތްތަކުގައި ގަވައިދުން ބައިވެރިވަމުން އައިސްފައިވާއިރު އިއްތިހާދު އެފްސީން ވަނީ ތިން ފަހަރެއްގެ މަތިން މުބާރާތުގެ ޗެމްޕިއަންކަންވެސް ހޯދައިފަ އެވެ.

ޖުމްލަ ހަ ޓީމަކުން ވާދަކުރާ ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގައި ބައިވެރިވާ އިއްތިހާދު އެފްސީ ޓީމުގެ މެނޭޖަރު މުހައްމަދު އުސާމް "ފަހުމިނެޓް" އާ ވާހަކަދައްކަމުން ބުނެފައިވަނީ މިއީ ފުޓްސަލްގައި އެ ޓީމުގެ ފުރަތަމަ ތަޖުރިބާ ކަމަށްވިޔަސް މިއީ ތަޖުރިބާ ހޯދުމުގެ ފަހަރެއް ނޫން ކަމަށެވެ.

"ފުޓްސަލް މުބާރާތުގައި އަލަށް މިފަހަރު ބައިވެރިވިކަމުގައިވިޔަސް މެނޭޖްމަންޓުން ކަނޑައަޅާފައި އޮތް ޓާގެޓަކީ ފުރިހަމަ ކާމިޔާބީއެއް ހޯދުން." އުސާމު ބުނެފައިވެ އެވެ.

މުބާރާތުގެ އެންމެ އުހަށް ދާން އިއްތިހާދު އެފްސީއިން ކަނޑައެޅީ އަޒުމެއް އެކަންޏެއް ނޫނެވެ. މުބާރާތް ކާމިޔާބުކުރުމަށްޓަކައި ޓީމަކުން ކުރާނެ ހުރިހާ ކަމެއް އެޓީމުން އަންނަނީ ކުރަމުންނެވެ. ޓީމުގައި ރަށު ފުޓްބޯޅައިގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަހްމަދު ނިޔާޒް އާދަމް (ނިޔާ) މެން ފަދަ ކުޅުންތެރިން ޓީމުގައި ހިމަނާފައިވާއިރު ރަށުން ފާހަގަކޮށްލެވޭ ހުނަރުވެރި ޒުވާން ކުޅުންތެރިންތަކެއްވެސް އެޓީމުގައި ވަނީ ހިމަނައިފަ އެވެ. އެވަރުން އަދި ފުއްދާލީ އެއް ނޫނެވެ. ޓީމު އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ށ. އަތޮޅުގެ ފުޓްބޯޅައިގައި އެންމެ ނަން ހިނގާ ދެ ރަށް ކަމަށްވާ ކަނޑިތީމާއި، ފޯކައިދޫއިން ގޯލްޑަން ފުޓްސަލް މުބާރާތުގައި ބައިވެރިވަމުން އަންނަ ޓީމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ދެ ކުޅުންތެރިއަކުވެސް ޓީމުގައިވަނީ ހިމަނައިފަ އެވެ.

މި ޓީމުގެ އެންމެ ބޮޑު ސްޓްރެންތެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރާނީ ރަށުން ބޭރުން މި ގެނެވޭ ދެ ކުޅުންތެރިން. އެ ދެ ކުޅުންތެރިންގެ ސަބަބުން ޓީމު ވަރަށް ބޮޑުތަން ވަރުގަދަ ވާނެ ކަމަށް މި އުންމީދުކުރަނީ. 

އުސާމު ބުނެފައިވެއެވެ. 

މުބާރާތަށް އިއްތިހާދު އެފްސީގެ ސްކޮޑް ވަރުގަދަ ކުރިއިރު އެ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީވެސް އާދައިގެ މީހެއް ނޫނެވެ. ނަރުދޫ ކައުންސިލުން އިންތިޒާމުކޮށްގެން އެންމެ ފަހުން ބޭއްވި މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދި އާދަމް ޒާހިރު އިއްތިހާދު އެފްސީގެ ކޯޗަކަށް ހަމަޖައްސާފައިވާއިރު އޭނާއަކީ އެކި މުބާރާތްތަކަށް ނަރުދޫ ޓީމު ތައްޔާރުރުމުގައިވެސް އިސްކޮށް ހަރަކާތްތެރިވެފައިވާ ކޯޗެކެވެ.

ޓީމާ އެއްވަރަށް ސަޕޯޓަރުންގެ މެދުގައި ފޯރި ހިތްޕާލުމަށްވެސް އިއްތިހާދު އެފްސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

https://fahuminet.com/tournaments/narudhoo-council-futsal-fiesta-2026

"ސަޕޯޓަސް ޖޯޒީވެސް މިއަންނަނީ ހަދަމުން. ސަޕޯޓަރުންވެސް މަދެއް ނުވާނެ." އިއްތިހާދު އެފްސީ އުފެދުނީއްސުރެ އެ ޓީމުގެ ކަންކަމުގައި ހަރަކާތްތެރިވަމުން އަންނަ އުސާމް ބުންޏެވެ.

ނަރުދޫ ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ 2026 ފަށާނީ އަންނަ ބުދަ ދުވަހު އެވެ. މިއަހަރުގެ މުބާރާތުގައި އެރަށުގެ ހަ ޓީމަކުން ވަނީ ބައިވެރިވެފައެވެ. 

ކޮމެންޓްސް

Matches
6
Ongoing
1
Upcoming
Predict
Settings