ފުރަތަމަ ސަފްޙާ / ޚަބަރު / ނަރުދޫ ފުޓްސަލް ފިއެސްޓާގެ ސްކޯ ދިމާކޮށްގެން ހާއްސަ އިނާމެއް ހޯދުމުގެ ފުރުސަތު
ނަރުދޫ ފުޓްސަލް ފިއެސްޓާގެ ސްކޯ ދިމާކޮށްގެން ހާއްސަ އިނާމެއް ހޯދުމުގެ ފުރުސަތު
ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ 2024 ގެ ތެރެއިން. މިފަހަރުގެ މުބާރާތުގެ ސްކޯ ޕްރިޑިކްޓް ކޮށްގެން އިނާމު ލިބޭ ފުރުސަތު ވަނީ ހުޅުވާލާފައި. ފޮޓޯ: ނަރުދޫ ކައުންސިލް

ނަރުދޫ ފުޓްސަލް ފިއެސްޓާގެ ސްކޯ ދިމާކޮށްގެން ހާއްސަ އިނާމެއް ހޯދުމުގެ ފުރުސަތު

ފަހުމިނެޓް
ފަހުމިނެޓް
7 ގަޑިއިރު ކުރިން 11 ޖުލައި 2026

އަންނަ ބުދަ ދުވަހު ފަށާގޮތަށް ހަމަޖެހިފައިވާ ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ 2026 ގައި ކުޅޭ މެޗުތަކުގެ ސްކޯ ދިމާކޮށްގެން ހާއްސަ އިނާމެއް ހޯދުމުގެ ފުރުސަތު "ފަހުމިނެޓް" އިން ހުޅުވާލައިފި އެވެ.

ށ. ނަރުދޫ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ހަމައެކަނި ރަށަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ޖުމްލަ ހަ ޓީމަކުން ބައިވެރިވެފައިވާ އިރު މުބާރާތުގައި ޖުމްލަ 18 މެޗު ކުޅޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި މަހުގެ 15 އިން 25 ގެ ނިޔަލަށް ނަރުދޫ ފުޓްސަލް ދަނޑުގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށްގެންދަން ރާވާފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރުމަށްފަހު އެންމެ ރަގަޅު ނަތީޖާ ހޯދާ ހަތަރު ޓީމު ސެމީ ފައިނަލްގައި ވާދަކުރާ ގޮތަށެވެ.

ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގެ މެޗުތަކުގެ ސްކޯ ދިމާކޮށްގެން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް މި ނޫހުގެ ފަރާތުން ހުށަހަޅަނީ ބޫޓް ރޫމްގެ ހާއްސަ ގިފްޓް ޕެކޭޖެކެވެ. ބޫޓް ރޫމަކީ ރާއްޖޭގެ ކުޅިވަރު އެތުލީޓުންގެ ބޮޑު މަގްބޫލްކަމެއް ހޯދަމުން އަންނަ ސްޕޯޓްސް އައުޓްލެޓެކެވެ. މައިގަނޑު ގޮތެއްގައި މި އައުޓްލެޓުން ވިއްކަމުން އަންނަނީ އެކި ކުޅިވަރުތަކަށް ހާއްސަ ބޫޓާއި، ޓެނިހެވެ.

މުބާރާތުގެ މެޗުތަކުގެ ސްކޯ ދިމާކުރުމުގެ ފުރުސަތު "ފަހުމިނެޓް" ގެ ފަރާތުން ހުޅުވާލައިފައި ވަނީ މި ނޫހުގެ ވެބްސައިޓްގައިވާ ސްކޯ ޕްރިޑިކްޓާ ޕޯޓަލް މެދުވެރިކޮށެވެ. ކޮންމެ މެޗެއްގެ ވެސް ސްކޯ، އެ މެޗެއް ފަށަން ހަމަޖައްސާފައިވާ ގަޑީގެ ކުރިން ޕޯޓަލްގައި ޖަހަން ޖެހޭ އިރު، ކޮންމެ މެޗެއް ނިމުމާއެކު ސްކޯ ދިމާކުރުމުގައި ބައިވެރިވާ ފަރާތްތަކަށް ލިބޭ ޕޮއިންޓާއި، އެ މީހަކު އެވަގުތެއްގައި އޮތީ ކިތައް ވަނައިގައިކަން ޕޯޓަލުން އެނގެން ހުންނާނެ އެވެ.

މުބާރާތުގެ ސްކޯ ދިމާކޮށްގެން މިހާރު "ފަހުމިނެޓް" އިން ހުށަހަޅާފައިވާ އިނާމުގެ އިތުރުން އިތުރު އިނާމުތައް ހުށަހަޅައިގެން ލީގެއް ސްޕޮންސާ ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލެވިފަ އެވެ.

https://www.fahuminet.com/tournaments/narudhoo-council-futsal-fiesta-2026

ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ "ފަހުމިނެޓް" އެވެ. އެއާއެކު މުބާރާތަށް ޓީމުތަކުން ވަމުން އަންމނަ ތައްޔާރީތަކާއި، މުބާރާތުގެ ހުރިހާ މެޗެއްގެ ލައިވް ސްކޯއާއި، މެޗުތަކުގެ ތަފްސީލް ހަބަރުގެ އިތުރުން މުބާރާތުގެ ތެރެއިން ފާހަގަވާ މުހިންމު ކަންކަމާ ގުޅޭ ހަބަރުތައް ތާޒާ ކަމާއެކު މި ނޫހުގެ ވެންސައިޓް މެދުވެރިކޮށް ގެނެސްދެވޭނެ އެވެ.

މީގެ އިތުރުން މުބާރާތުގެ ކުރިއަށް ހުންނަ މެޗުތަކުގެ މައުލޫމާތާއި، ޕޮއިންޓް ޓޭބަލަށް އަންނަ ބަދަލުތަކާއި، އެންމެ ގިނަ ގޯލް ޖަހާ ކުޅުންތެރިންގެ ތަރުތީބާއި އަދި މުބާރާތުގައި ވާދަކުރާ ޓީމުތަކާއި، އެ ޓީމުތަކުގައި ހިމެނޭ ކުޅުންތެރިންގެ މައުލޫމާތާއި ތަފާސް ހިސާބު ވެސް މި ނޫހުގެ ވެބްސައިޓްގައި މުބާރާތަށް ހާއްސަކޮށްފައިވާ ޕޭޖުން ބެލެން ހުންނާނެ އެވެ.

ކޮމެންޓްސް

Matches
6
Ongoing
1
Upcoming
Predict
Settings