ފުރަތަމަ ސަފްޙާ / ޚަބަރު / ކްލެސިކްގެ ކުއާޓާ ފައިނަލްގައި ވާދަކުރާ ހުރިހާ ޓީމެއް ކަށަވަރުވެއްޖެ
ކްލެސިކްގެ ކުއާޓާ ފައިނަލްގައި ވާދަކުރާ ހުރިހާ ޓީމެއް ކަށަވަރުވެއްޖެ

ކްލެސިކްގެ ކުއާޓާ ފައިނަލްގައި ވާދަކުރާ ހުރިހާ ޓީމެއް ކަށަވަރުވެއްޖެ

ފަހުމިނެޓް
ފަހުމިނެޓް
8 ގަޑިއިރު ކުރިން 7 ޖުލައި 2026

މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕް ކްލެސިކް މުބާރާތުގައި ރޭ ކުޅުނު މެޗުތަކަށްފަހު މުބާރާތުގެ ކުއާޓާ ފައިނަލްގައި ވާދަކުރާ ހުރިހާ ޓީމެއް ކަށަވަރުވެއްޖެ އެވެ.

ކްލަބް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކްލެސިކް މުބާރާތުގައި ރޭ ކުޅެފައިވަނީ ގްރޫޕް ސީ އާއި ގްރޫޕް ޑީގެ ފަހު މެޗުތަކެވެ.

ޖުމްލަ 19 ޓީމު ބައިވެރިވި މި މުބާރާތުގެ ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުން ރޭ ކްލަބް ބިނާރާ ޖާގަ ހޯދީ އެ ޓީމުގެ ފަހު މެޗުގައި ޕީއެސްއެމާ ވާދަކޮށް 1-2 އިން މޮޅުވެގެންނެވެ. ރޭގެ މެޗުން މޮޅުވެގެން ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުކުރުމުގެ ފުރުސަތު އޮތް ޕީއެސްއެމް އެންމެ ފަހުގެ ރަނަރަޕް ބިނާރާ އަތުން ބަލިވީ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑްވެސް ނަގައިފައި ވަނިކޮށެވެ. ރޭގެ މެޗުގައި ކްލަބް ބިނާރާގެ ދެ ގޯލް ކާމިޔާބުކޮށްދީފައިވަނީ އެންމެ ފަހުން އެ ޓީމު ކުޅުނު މެޗުގައި ހެޓްރިކް ހެދި އަހްމަދު ރުވާއު އާއި އަބްދުﷲ ނާހިލް އެވެ. ރޭގެ މެޗުގައި ޕީއެސްއެމުން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން އަމީން ނަސީރެވެ.

ގްރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލްގެ ޖާގަ ރޭ ކަށަވަރުކުރީ ވިޒިޓް މޯލްޑިވްސް އިންނެވެ. ގްރޫޕްގެ ފަހު މެޗުގައި ތައުލީމީ ގުޅުމާ ވާދަކޮށް 0-3 އިން ވިޒިޓް މޯލްޑިވްސް މެޗު ކާމިޔާބުކުރި އިރު އެޓީމަށް ރޭ ގޯލްތައް ކާމިޔާބުކޮށްދިނީ ފާލިހް އަހްމަދުގެ އިތުރުން އަހްމަދު ސައިން އާއި އިސްމާއިލް ރާއިދެވެ.

ކްލަބް މޯލްޑިވްސް ކަޕް ކްލެސިކްގެ މިފަހަރުގެ މުބާރާތުގައި ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލިއިރު ހަތަރު ޓީމު ހިމެނުނު ހަމައެކަނި ގްރޫޕް ކަމަށްވާ ގްރޫޕް ޑީގެ ފަހު ދެ މެޗަށް ޓީމުތަކުން ރޭ ނުކުތް އިރުވެސް ޔޫތު މިނިސްޓްރީގެ ޓީމަށް އޮތީ ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރުވެފަ އެވެ. ރޭ ގްރޫޕްގެ ފަހު މެޗުގައި ފިނޭންސް ރިކްރިއޭޝަން ކްލަބާ ވާދަކޮށް ކުޅުނު މެޗުން 1-3 އިން ޔޫތު މޮޅުވުމާއެކު އެ ޓީމަށް ވަނީ ގްރޫޕްގެ އެއްވަނަ ވެސް ކަށަވަރުވެފަ އެވެ. ރޭގެ މެޗުގައި ޔޫތު މިނިސްޓްރީގެ ޓީމުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އާލިމް އަބްދުލްގައްޔޫމް ކާމިޔާބުކުރި އިރު އަނެއް ގޯލް ކާމިޔާބުކުރީ އަހްމަދު އަލީ އެވެ.  ފިނޭންސްއިން ރޭގެ މެޗުގައި ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު އިމާދެވެ.

https://fahuminet.com/tournaments/cmc-classic-2026

ގްރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތުގައި ރޭ ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރުކުރީ ބީސީސީއިންނެވެ. ބީސީސީ އިން ރޭ ދިވަރު  ރިކްރިއޭޝަން ކްލަބާ ވާދަކޮށް ކުޅުނު މެޗު 1-9 އިން ކާމިޔާބުކުރި އިރު އެ ޓީމުގެ އަބްދުﷲ ލޫތު ވަނީ ހެޓްރިކް ހަދައިފަ އެވެ. އޭގެ އިތުރުން ރޭގެ މެޗުގައި ބީސީސީގެ މުހައްމަދު ނިހާލާއި، އިސްމާއިލް ލުބައިން ދެ ގޯލް ކާމިޔާބުކުރި އިރު  އިސްމާއިލް މާޒާއި، ފާރިހް މުހައްމަދު ވެސް ވަނީ ގޯލެއް ޖަހައިފަ އެވެ.  ދިވަރަށް ރޭގެ މެޗުގައި ސުން ކަނޑުވައިދިނީ  މުހައްމަދު އަމްޖަދެވެ.

މި މުބާރާތުގެ ގްރޫޕް އޭ އިން އެއްވަނަ ޓީމުގެ ގޮތުގައި ހުޅުމާލެ ހޮސްޕިޓަލުން ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައިވާއިރު ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާ އަށް ދަތުރުކޮށްފައިވަނީ ކްލަބް އެވްސެކެވެ. ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ކްރިމިނަލް ކޯޓް ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވާއިރު ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާގެ ޖާގަ ކަށަވަރުކުރީ އިކޮނޮމިކް މިނިސްޓްރީގެ ޓީމެވެ.  މުބާރާތުގެ ކުއާޓާ ފައިނަލްގެ މެޗުތައް ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރެ އެވެ.

 

ކޮމެންޓްސް

Matches
6
Ongoing
1
Upcoming
Predict
Settings