ފުރަތަމަ ސަފްޙާ / ޚަބަރު / ސާދުގެ ދެ ގޯލާއެކު ޗެމްޕިއަން ބަލިކޮށް އެޗްޑީސީއިން އެއްވަނައިގައި ހަމަޖެހިލައިފި
ސާދުގެ ދެ ގޯލާއެކު ޗެމްޕިއަން ބަލިކޮށް އެޗްޑީސީއިން އެއްވަނައިގައި ހަމަޖެހިލައިފި
ކްލަބް މޯލްޑިވްސް ކަޕްގައި ރޭ އާރްއާރްސީ އާއި އެޗްޑީސީ ވާދަކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސާދު އެވޯޑާއެކު. ސާދުވަނީ މި މުބާރާތުގައި މިހާތަނަށް ނުވަ ގޯލް ކާމިޔާބުކޮށްފަ - ފޮޓޯ: ފޮޓޯ މާސްޓާ

ސާދުގެ ދެ ގޯލާއެކު ޗެމްޕިއަން ބަލިކޮށް އެޗްޑީސީއިން އެއްވަނައިގައި ހަމަޖެހިލައިފި

ފަހުމިނެޓް
ފަހުމިނެޓް
15 ގަޑިއިރު ކުރިން 4 ޖުލައި 2026

ކްލަބް މޯލްޑިވްސް ކަޕްގެ ގްރޫޕް ޑީގައި ރޭ އާރްއާރްސީ އާއި އެޗްޑީސީ ވާދަކުރި މެޗު އެޗްޑީސީއިން ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނައިގައި އެ ޓީމު ހަމަޖެހިލައިފި އެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އާރްއާރްސީގެ މައްޗަށް ރޭ އެޗްޑީސީއިން ކުރި ހޯދާފައިވަނީ 0-3 އިންނެވެ. މި މެޗުގައި އެޗްޑީސީއިން ޖެހި ތިން ގޯލްގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްފައިވަނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު ސާދު ނިޒާރެވެ. ރޭގެ މެޗުގައި ސާދު ޖެހި ދެ ލަނޑާއެކު އޭނާ މި މުބާރާތުގައި މިހާތަނަށް ޖެހި ގޯލްގެ އަދަދު ނުވައަކަށް އެރީ އެވެ. މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިންގެ ލިސްޓްގެ އެންމެ ކުރީގައިވެސް އޮތީ ސާދެވެ.

ރޭގެ މެޗުގައި އެޗްޑީސީއިން ކާމިޔާބުކުރި ތިން ގޯލުވެސް ފަހު ހާފުގައި ޖަހާފައިވާއިރު އެ ޓީމުން މިރޭގެ މެޗުގައި ޖެހި ފަހު ގޯލް ކާމިޔާބުކޮށްދީފައިވަނީ ޔޫސުފް ޝާއިފެވެ.

ކްލަބް މޯލްޑިވްސް ކަޕްގައި ރޭ އާރްއާރްސީގެ މައްޗަށް އެޗްޑީސީއިން ހޯދި މޮޅާއެކު އެ ޓީމަށް ވަނީ ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ. ފަސް ޓީމު ހިމެނޭ ހަމައެކަނި ގްރޫޕް ކަމަށްވާ ގްރޫޕް ޑީގެ އެއްވަނައިގައި އެޗްޑީސީ އޮތްއިރު ދެވަނައިގައި އޮތް އާރްއާރްސީއަށާއި، ތިންވަނައިގައި އޮތް ވެމްކޯއަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ.

https://fahuminet.com/tournaments/club-maldives-cup-2026

ގްރޫޕް ޑީގައި މިރޭ ކުޅުނު އަނެއް މެޗުގައި މުބާރާތުގައި އަދި ޕޮއިންޓެއް ހޯދިފައި ނެތް ފެން ކްލަބާ ވާދަކޮށް 4-8 އިން ވެމްކޯ ވަނީ މޮޅުވެފަ އެވެ. މި މެޗުގައި ވެމްކޯގެ އިބްރާހިމް މައިސާން ހެޓްރިކް ހަދައިފައިވާއިރު އެޓީމަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ ވަނީ ދެ ގޯލް ޖަހައިފައެވެ.  މި މެޗުގައި ދެން ވެމްކޯއަށް ގޯލްތައް ކާމިތާބުކޮށްދިނީ  އަހްމަދު ބައްސާމް މުހައްމަދާއި،  އިބްރާހިމް އައިސަމްގެ އިތުރުން  އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ.

 ކްލަބް މޯލްޑިވްސް ކަޕްގެ ކުޅުން ދެން އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރެ އެވެ. އެރޭ މުބާރާތުގެ ހަތަރު މެޗް ކުޅޭނެ އެވެ.

ކޮމެންޓްސް

Matches
6
Ongoing
Upcoming
Predict
Settings