ފުރަތަމަ ސަފްޙާ / ޚަބަރު / ފުރިހަމަ ފައިނަލަކަށް ފަހު އެސްޕަޔާ އެކަޑަމީ އިން ކިޑްސަލް މުބާރާތް ކާމިޔާބުކޮށްފި
ފުރިހަމަ ފައިނަލަކަށް ފަހު އެސްޕަޔާ އެކަޑަމީ އިން ކިޑްސަލް މުބާރާތް ކާމިޔާބުކޮށްފި
ކިޑްސަލްގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެސްޕަޔާ އެކަޑަމީ ޓީމު، ތައްޓާއެކު. މުބާރާތުގެ ޗެމްޕިއަންކަން އެސްޕަޔާއިން ހޯދީ މުބާރާތުގައި އެ ޓީމު ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ - ފޮޓޯ: ފޮޓޯ މާސްޓާ

ފުރިހަމަ ފައިނަލަކަށް ފަހު އެސްޕަޔާ އެކަޑަމީ އިން ކިޑްސަލް މުބާރާތް ކާމިޔާބުކޮށްފި

ފަހުމިނެޓް
ފަހުމިނެޓް
1 ދުވަސް ކުރިން 3 ޖުލައި 2026

ވާދަވެރި ފައިނަލް މެޗެއްގައި ފެންނާނެ ހުރިހާ ކަމެއް ހެން ފެނުމަށްފަހު  ކްލަބް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި ފުރަތަމަ ކިޑްސަލް މުބާރާތުގެ ޗެމްޕިއަންކަން އެސްޕަޔާ އެކަޑަމީ އިން ހޯދައިފި އެވެ.

އެކަޑަމީތަކަށް އަމާޒުކޮށްގެން ކްލަބް މޯލްޑިވްސް އިން މިއަހަރު މުޅިން އަލަށް ފެށި މި މުބާރާތުގެ ޗެމްޕިއަންކަން އެސްޕަޔާ އެކަޑަމީއިން ހޯދީ މެޗުގެ ފުރުހަމަ ވަގުތު ހަމަވި އިރު 2-2 އެއްވަރުވުމުން ފެނަލްޓީ ޝޫޓްއައުޓްގައި އެލީޓް އެލަޑަމީގެ މައްޗަށް 2-4 އިން ކުރި ހޯދައިގެންނެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި އެސްޕަޔާ އެކަޑަމީއިން ޖެހި ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކޮށްފައިވާއިރު އެލީޓުން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ވަނީ އެސްޕަޔާގެ ގޯލްކީޕަރު އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަބްދުﷲ ރައުޝަމް މަތަކޮށްފަ އެވެ. އޭގެ ތެރެއިން އެއް ޕެނަލްޓީ އަކީ މި މެޗުގައި އެލީޓުން ޖެހި ދެ ގޯލްވެސް ކާމިޔާބުކޮށްދިން އާދު ބިން މުހައްމަދު ނިޔާޒެވެ.

މިއަދު ހަވީރު ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗު ޕެނަލްޓީއާ ހަމައަށް ދިޔައީ ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު މުބާރާތުގެ ފައިނަލުން ޖާގަ ކަށަވަރުކުރި އެލީޓް އެކަޑަމީގެ ޓީމުން މެޗުގައި ދެފަހަރަށް ލީޑް ނަގާފައިވަނިކޮށް އެސްޕަޔާ އެކަޑަމީއިން ފަހަތުން އަރައި އެއްވަރުކުރުމުންނެވެ. މެޗު ފަށައިގެން ފުރަތަމަ މިނެޓްގައި އެސްޕަޔާގެ ގޯލު އެލީޓްގެ ހުނަރުވެރި ފޯވާޑް އާދު ހުޅުވާލިއިރު އެއަށް އެސްޕަޔާއިން ޖަވާބު ދިނީ ފުރަޔަމަ ހާފުގެ ހަތްވަނަ މިނެޓުގައި އެ ޓީމުގެ އަހަމަދު ޔާލް ޝުޖާއު އެލީޓްގެ ގޯލް ފޫއަޅުވާލައިގެންނެވެ. އެކަމަކު އެސްޕަޔާއިން މެޗުގެ ނަރީޖާ ހަމަހަމަކުރިތާ ގިނަ އިރުތަކެއް ނުވަނީސް އާދު އަނެއްކާވެސް ލަނޑެއް ޖަހައި އެލީޓަށް ލީޑް ހޯދައިދިނެވެ. މިއީ އާދު މި މުބާރާތުގައި ޖެހި 17 ވަނަ ގޯލެވެ. މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ އާދު އެވެ.

https://fahuminet.com/tournaments/kidsal-2026

ގަޑި ހުއްޓައިގެން ކުޅުނު 15 މިނެޓްގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފާ ހިލާފަށް ފަހު ހާފު ވަރުގަދަކޮށް ފެށީ އެސްޕަޔާ އިންނެވެ. ނަތީޖާއަކަށްވީ ފަހު ހާފު ފަށައިގެން ފުރަތަމަ މިނެޓްގެ ތެރޭގައި އެސްޕަޔާއިން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރުމެވެ. މި ލަނޑޔ އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔަލްސަން ބިން ހިސާނެވެ.

މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ އެސްޕަޔާ އެކަޑަމީގެ އައްމާރު ބިން ނަވާޒާއި، އެ ޓީމުގެ ގޯލްކީޕަރު އަބްދުﷲ ރައުޝަމް އާއި  ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ރާއިޝް ރަމީޒްގެ އިތުރުން އެލީޓް އެކަޑަމީ ޓީމުގެ އާދު އާއި މުހައްމަދު ރައުޝަމް ރަމީޒެވެ.

މުބާރާތުގެ ފެއާ ޕްލޭ ކުޅުންތެރިޔާގެ މަގާމު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ މުހައްމަދު އަޒްހާން ހޯދިއިރު ފެޔާ ޕްލޭ ޓީމަކަށް ހޮވުނީ ހުޅުމާލޭ ޔޫތު ސްޕޯޓްސް ކްލަބެވެ. އެންމެ މޮޅު ކޯޗުގެ މަގާމު ހޯދީ އެސްޕަޔާ އެކަޑަމީ ޓީމުގެ ކޯޗު ނައުފަލް މުހައްމަދެވެ.

ކޮމެންޓްސް

Matches
6
Ongoing
Upcoming
Predict
Settings