ފުރަތަމަ ސަފްޙާ / ޚަބަރު / އެޗްޑީސީ އިން ފުރަތަމަ މެޗުގައި 14 ގޯލު ޖަހައިފި
އެޗްޑީސީ އިން ފުރަތަމަ މެޗުގައި 14 ގޯލު ޖަހައިފި
އެޗްޑީސީ އިން ހޯދި ބޮޑު މޮޅުގެ ތެރެއިން. ފޮޓޯ: ކްލަބް މޯލްޑިވްސް

އެޗްޑީސީ އިން ފުރަތަމަ މެޗުގައި 14 ގޯލު ޖަހައިފި

ފަހުމިނެޓް
ފަހުމިނެޓް
15 ގަޑިއިރު ކުރިން 26 ޖޫން 2026

މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގައި ކްލަބް އެޗްޑީސީއިން ކްލަބް ފެން ކޮޅަށް 14 ގޯލް ޖަހައިފި އެވެ.

މިފަހަރުގެ މުބާރާތުގައި ބައިވެރިވި ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލި އިރު ފަސް ޓީމު ހިމެނޭ ހަމައެކަނި ގްރޫޕް ކަމަށްވާ ގްރޫޕް ޑީ ގައި ރޭ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުގައި އެޗްޑީސީން ގިނަ ގޯލް ތަކެއް ޖެހިއިރު އަނެއްކޮޅުން ވާދަކުރި އެމްޑަބްލިއުއެސްސީ ގެ ޓީމަށް ސުންވެސް ކަނޑުވާލެވޭ ގޮތެއް ނުވި އެވެ.

މިފަހަރުގެ މުބާރާތުގައި އެޗްޑީސީއިން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުގެ މުހައްމަދު ސާދު ނިޒާރު ހަތަރު ގޯލް ޖެހި އިރު އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި ނާއިޒް ހަސަން (ދާދު) ގެ އިތުރުން ހުސައިން ސުހައިލް ވަނީ ދެ ގޯލް ޖަހައިފަ އެވެ. ރޭގެ މެޗުގައި ދެން އެޗްޑީސީއިން ގޯލް ޖަހައިފައިވަނީ އަބްދުﷲ ސުޒޭރާއި، އަލީ ޝާމިސް (ތޮއްޕެ) އާއި އަލީ އަލްސަންގެ އިތުރުން އެޗްޑީސީގެ ޓީމަށް ކުޅެމުން އަންނަ ބިދޭސީ ކުޅުންތެރިޔާ އެޒްހަން ބަކްޓިބެކޮވް އެވެ. 

ގްރޫޕް ޑީގައި ރޭ ކުޅުނު ދެވަނަ މެޗުގައި އިމިގްރޭޝަން އާއި ވެމްކޯ ވާދަކުރި އިރު އެ މެޗު 2-6 އިން ކާމިޔާބުކޮށްފައިވަނީ ވެމްކޯ އެވެ. މިއީ މި މުބާރާތުގައި މި ދެ ޓީމް ކުޅުނު ދެވަނަ މެޗެވެ. ވެމްކޯއިން މިފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޗެމްޕިއަން ރޯޑް ރިކްރިއޭޝަން ކްލަބް އަތުން 1-2 އިން ބަލިވިއިރު އިމިގްރޭޝަނުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ކްލަބް ފެން އަތުން 2-9 އިން އޮތީ މޮޅުވެފަ އެވެ.

ވެމްކޯގެ ފާއްޓެ ބޯޅަ ހިފައިގެން. ކްލަބް މޯލްޑިވްސް ކަޕްގައި މިއަހަރު 17 ޓީމު ވާދަކުރާނެ. ފޮޓޯ: ކްލަބް މޯލްޑިވްސް
ވެމްކޯގެ ފާއްޓެ ބޯޅަ ހިފައިގެން. ކްލަބް މޯލްޑިވްސް ކަޕްގައި މިއަހަރު 17 ޓީމު ވާދަކުރާނެ. ފޮޓޯ: ކްލަބް މޯލްޑިވްސް

ރޭގެ މެޗުގައި ވެމްކޯއަށް ކުޅެމުން އަންނަ ބިދޭސީ ކުޅުންތެރިޔާ ފިގިރޭޑޯ ކާޖާ ދެ ގޯލް ޖެހިއިރު އިބްރާހިމް މައިސާން، މުހައްމަދު ފާސިރު (ފާއްޓެ) އަދި އަހްމަދު ވިޖްދާން، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއް ގޯލް ކާމިޔާބުކޮށްފަ އެވެ.

ވެމްކޯއިން ރޭގެ މެޗުގައި އިމިގްރޭޝަން ކޮޅަށް ވައްދާލި  ހަ ގޯލްގެ ތެރެއިން އެއް ގޯލަކީ އިމިގްރޭޝަން ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.  ރޭގެ މެޗުގައި އިމިގްރޭޝަނަށް ގޯލްތައް ކާމިޔާބުކޮށްދިނީ  ކައިސާން ބިން ހިސަާން އާއި ބިދޭސީ ކުޅުންތެރިޔާ ބިކްރަންޓް ރަނާ އެވެ.

https://fahuminet.com/tournaments/club-maldives-cup-2026

ޖުމްލަ 17 ޓީމަކުން ވާދަކުރަމުން އަންނަ ކްލަބް މޯލްޑިވްސް ކަޕްގެ ކުޅުން ދެން އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ރެ އެވެ. އެ ރޭ މުބާރާތުގެ  ހަތަރު މެޗެއް ކުޅޭ ގޮތަށް ވަނީ ތާވަލްކޮށްފަ އެވެ.

ހަތް މުބާރާތް ހިމަނައިގެން ކުރިއަށްގެންދާ ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި މިރޭ ކުރިއަށްދާނީ ކްލަބް މޯލްޑިވްސް ކަޕް ކްލަސިކް މުބާރާތުގެ މެޗުތަކެވެ.

މިއަހަރުގެ ކްލަބް މޯލްޑިވްސް ސީޒަނުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ފަހުމިނެޓެވެ. 

ކޮމެންޓްސް

Matches
5
Ongoing
Upcoming
Predict
Settings