ފުރަތަމަ ސަފްޙާ / ޚަބަރު / ވަރުގަދަ ކުރިމަތިލުންތަކެއް ފެނުނު އިރު ޓީޓީއެސް އާެއި އެފްެެއެސްއެމަށް ފަސޭހަ މޮޅެއް
ވަރުގަދަ ކުރިމަތިލުންތަކެއް ފެނުނު އިރު ޓީޓީއެސް އާެއި އެފްެެއެސްއެމަށް ފަސޭހަ މޮޅެއް
ގޯލު ޖެހުމަށް ފަހު އިމިގްރޭޝަންގެ ކުޅުންތެރިން އުފާފާޅުކުރަނީ. ރޭ އެންމެ ބޮޑު މޮޅު ހޯދީ އެޓީމުން. ފޮޓޯ: ކްލަބް މޯލްޑިވްސް

ވަރުގަދަ ކުރިމަތިލުންތަކެއް ފެނުނު އިރު ޓީޓީއެސް އާެއި އެފްެެއެސްއެމަށް ފަސޭހަ މޮޅެއް

ފަހުމިނެޓް
ފަހުމިނެޓް
15 ގަޑިއިރު ކުރިން 23 ޖޫން 2026

ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު މެޗުތަކުން ކްލަބް އިމިގްރޭޝަނާއި ޓީޓީއެސް އިން ބޮޑު މޮޅުތަކެއް ހޯދައިފި އެވެ. 

މުބާރާތުގައި ރޭ ވަނީ ގްރޫޕް ސްޓޭޖުގެ ހަތަރު މެޗު ކުޅެފަ އެވެ. ރޭ އެންމެ ފުރަތަމަ ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރިކްރިއޭޝަން ކްލަބް (އާރްއާރްސީ) އިން ވަނީ 1-2 އިން ކްލަބް ވެމްކޯ ބަލިކޮށްފަ އެވެ. އަނެއް މެޗުގައި އެސްޓިއޯ ރިކްރިއޭޝަން ކްލަބާއި އެމްޓީސީސީ ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. 

އެފްއެސްއެމް އިން ރޭ ބޮޑު މޮޅެއް ހޯދީ ދިވެހި ސިފައިންގެ ކްލަބާ ވާދަކޮށެވެ. މި މެޗުން އެފްއެސްއެމް މޮޅުވީ 5-1 އިންނެވެ. ކްލަބް އިމިގްރޭޝަނުން ފެން ކްލަބް ބަލިކުރީ 2-9 އިންނެވެ. 

އިމިގްރޭޝަނުން ޖެހި ނުވަ ގޯލުގެ ތެރެއިން ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނޭ މިޑްފީލްޑަރު އަހުމަދު އައިހަމް ވަނީ ފަސް ގޯލު ޖަހައިފަ އެވެ. އެޓީމުގެ ހައިސަމް ރަޝީދު ވެސް ދެ ގޯލު ޖެހި އެވެ. އަނެއް ގޯލުތައް ކާމިޔާބުކޮށްދިނީ ބިކްރާންތު ނާސިން ރަނާ އާއި ހުސައިން ނިޔާޒް އެވެ. ފެން ކްލަބުގެ އެއް ގޯލު ސަނާއު ރަޝީދު ޖެހިއިރު އަނެއް ގޯލަކީ އިމިގްރޭޝަނުގެ އަހުމަދު ވިސާމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. 

އެފްއެސްއެމްގެ ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: ކްލަބް މޯލްޑިވްސް
އެފްއެސްއެމްގެ ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: ކްލަބް މޯލްޑިވްސް

ސިފައިންގެ ކްލަބް ކޮޅަށް އެފްއެސްއެމް އިން ޖެހި ފަސް ގޯލު ކާމިޔާބުކޮށްދިނީ، އިޒާން ޝާހިދު އާއި ހަލީލް ގަމާލްގެ އިތުރުން މުހައްމަދު ޖުމާން އަދި ދެ ގޯލު ޖެހި ހުޒޭފާ އިބްން ހުސައިން އެވެ. ހުޒޭފާ އެއް ގޯލު ޖެހީ ޕެނަލްޓީއަކުންނެވެ. 

ޗެމްޕިއަން އާރްއާރްސީ އިން ހޯދި މުހިއްމު މޮޅުގައި އެޓީމުގެ ދެ ގޯލު ޖެހީ ފުޓްސަލް ދެ ތަރިން ކަމަށްވާ އަލީ ހާފިޒް (ހާއްޕެ) އާއި އިބްރާހީމް އަސްވަދު (ގަބޭ) އެވެ. ވެމްކޯގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ފާސިރު (ފާއްޓެ) އެވެ. 

މިދިޔަ އަހަރުގެ ފައިނަލުގައި ބަލިވި އެސްޓީއޯ އިން ކުޅުނު ފުރަތަމަ މެޗުގައި އެމްޓީސީސީ ކޮޅަށް ގޯލު ޖެހީ އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) އެވެ. އެމްޓީސީސީގެ ގޯލު ކާމިޔާބުކޮށްދިނީ ޖުމައިލް ޖަމީލް (ޖުމްބެ) އެވެ. 

މިފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި 17 ޓީމެއް ވާދަކުރެ އެވެ. ހަތަރު ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުޅޭއިރު ގްރޫޕް ސްޓޭޖަށް ފަހު ކުޅޭނީ ކުއާޓާ ފައިނަލް މެޗުތަކެވެ. 

ކްލަބް މޯލްޑިވްސް ސީޒަނުގެ ހަތް މުބާރާތް ރާވާފައިވާއިރު، މިއަދު ހަވީރު ކުޅޭނީ ކިޑްސަލްގެ ކުއާޓާ ފައިނަލް މެޗުތަކެވެ. 

ކޮމެންޓްސް

Matches
5
Ongoing
Upcoming
Predict
Settings