ފުރަތަމަ ސަފްޙާ / ޚަބަރު / ސައްޓުގެ ހަތަރު ގޯލާއެކު ބީއެމްއެލް ފެށީ ބޮޑު މޮޅަކުން
ސައްޓުގެ ހަތަރު ގޯލާއެކު ބީއެމްއެލް ފެށީ ބޮޑު މޮޅަކުން

ސައްޓުގެ ހަތަރު ގޯލާއެކު ބީއެމްއެލް ފެށީ ބޮޑު މޮޅަކުން

ފަހުމިނެޓް
ފަހުމިނެޓް
13 ގަޑިއިރު ކުރިން 22 ޖޫން 2026

ކްލަބް މޯލްޑިވްސް ސީޒަނުގެ އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް ރޭ ފެށިއިރު، ޔުނައިޓެޑް ބީއެމްއެލް އިން ބޮޑު މޮޅެއް ހޯދައިފި އެވެ. 

މުބާރާތުގައި 17 ޓީމު ވާދަކުރާއިރު ރޭ ވަނީ ހަތަރު މެޗު ކުޅެފަ އެވެ. އެންމެ ބޮޑު މޮޅު ބީއެމްއެލް އިން ހޯދީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބާ ވާދަކޮށް 0-8 އިން މޮޅުވެގެންނެވެ. 

އެހެން މެޗުތަކަށް ބަލާއިރު، އެމްޕީއެލް އާއި ސްޓެލްކޯ ރެކްރިއޭޝަން ކްލަބް ވާދަކުރި މެޗު ނިމުނީ 5-5 އިން އެއްވަރުވެގެންނެވެ. އެމްއޭސީއެލް އިން ވަނީ ޓީމް ފެނަކަ 3-4 އިން ބަލިކޮށްފަ އެވެ. އަދި ކްލަބް ޓީޓީއެސް ވަނީ 2-4 އިން ޕޮލިސް ކްލަބް ބަލިކޮށްފަ އެވެ. 

މީގެ ކުރިން ދެ ފަހަރު ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކޮށްފައިވާ ބީއެމްއެލް ރޭ ކުޅުނު މެޗުގައި ތަރިއަކަށްވީ އިޝާން އިބްރާހީމް (ސައްޓު) އެވެ. މެދުނުކެނޑި ގިނަ އަހަރުތަކެއް ވަންދެން ބީއެމްއެލް ޓިމުގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ސައްޓު ވަނީ މެޗުގައި ހަތަރު ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ. 

ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން. ގަޑި ހުއްޓައިގެން ކުޅޭތީ ގިނަ ގޯލުތަކެއް ރޭ ފެނުނު. ފޮޓޯ: ކްލަބް މޯލްޑިވްސް
ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން. ގަޑި ހުއްޓައިގެން ކުޅޭތީ ގިނަ ގޯލުތަކެއް ރޭ ފެނުނު. ފޮޓޯ: ކްލަބް މޯލްޑިވްސް

ސައްޓުގެ އިތުރުން ބީއެމްއެލް އަށް ގޯލުތައް ކާމިޔާބުކޮށްދިނީ ދެ ގޯލު ޖެހި އިބްރާހީމް ހަމްދާން އާއި އަރީން އަބްދުﷲ އިބްރާހީމްގެ އިތުރުން އަލީ އުޒައިރު މުހައްމަދެވެ. 

އެމްޕީއެލްއާ އެއްވަރުވި މެޗުގައި ސްޓެލްކޯ އަށް ގޯލުތައް ކާމިޔާބުކޮށްދިނީ، އިބްރާހީމް ރިމާހު އާއި މުހައްމަދު ވިލްފުގެ އިތުރުން މުހައްމަދު ނަޒާމް އަދި މުހައްމަދު ސިރުޚާނާއި ޝުއައިދު ސައީދު އެވެ. އެމްޕީއެލްގެ ފަސް ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ އިބްރާހީމް ވަހީދު ހަސަން އެވެ. އަނެއް ތިން ގޯލު ކާމިޔާބުކޮށްދިނީ އިބްރާހީމް އަތީގު ހަސަން އާއި ނަޝާހް އަހުމަދުގެ އިތުރުން އިބްރާހީމް ސަނޫނެވެ. 

އެމްއޭސީއެލް އިން ފެނަކަ ބަލިކުރި މެޗުގައި އަހުމަދު ހުސާމް ވަނީ ހެޓްރިކް ހަދައިފަ އެވެ. އަނެއް ގޯލު ޖެހީ މުހައްމަދު ޖިނާހު އެވެ. ފެނަކައިގެ ތިން ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ނަޝީދު އާއި މުހައްމަދު ހުޝާމްގެ އިތުރުން މުހައްމަދު ވަހީދު އެވެ. 

ކްލަބް މޯލްޑިވްސްގެ ފުރަތަމަ ރޭގެ މެޗުތަކުގެ ތެރެއިން. ފޮޓޯ: ކްލަބް މޯލްޑިވްސް
ކްލަބް މޯލްޑިވްސްގެ ފުރަތަމަ ރޭގެ މެޗުތަކުގެ ތެރެއިން. ފޮޓޯ: ކްލަބް މޯލްޑިވްސް

ޓީޓީއެސް އިން ޕޮލިސް ކްލަބް ކޮޅަށް ޖެހި ހަތަރު ގޯލުގެ ތެރެއިން އަހުމަދު މާއިން މުހައްމަދު ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަނެއް ގޯލު ޖެހީ ހުސައިން އަފްސަލް އާއި ސައްޖަދު އެވެ. ޕޮލިސް ކްލަބުގެ ދެ ގޯލު ވެސް ޖެހީ ޕެނަލްޓީންނެވެ. މި ދެ ގޯލު ވެސް ޖަހައިދިނީ އަހުމަދު ލޫތު އެވެ. 

ކްލަބް މޯލްޑިވްސް ކަޕްގެ މިއަހަރުގެ މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅެނީ ގަޑި ހުއްޓައިގެންނެވެ. އެހެންވެ، ގިނަ ގޯލުތަކެއް ފެންނައިރު ޓީމުތަކުގެ ކުޅުން ވެސް މިފަހަރު ފެންނަނީ ތަފާތުކޮށެވެ. 

ކްލަބް މޯލްޑިވްސް ކަޕްގައި މިރޭ ވެސް ހަތަރު މެޗު ކުޅޭނެ އެވެ. މީގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މެޗަކީ އެންމެ ފަހުގެ ޗެމްޕިއަން އާރްއާރްސީ އާއި ވެމްކޯ ވާދަކުރާ މެޗެވެ. މި މެޗު ފަށާނީ މިރޭ 8:15 ގަ އެވެ. 

ކޮމެންޓްސް

Matches
5
Ongoing
Upcoming
Predict
Settings