ފުރަތަމަ ސަފްޙާ / ޚަބަރު / ދިއްދޫ އިން ދިވެހި ޕްރިމިއާ ލީގުގެ ޖާގަ ކަށަވަރުކޮށްފި
ދިއްދޫ އިން ދިވެހި ޕްރިމިއާ ލީގުގެ ޖާގަ ކަށަވަރުކޮށްފި
ގްރީން ކޮޅަށް ގޯލު ޖެހުމަށް ފަހު ދިއްދޫ ކުޅުންތެރިން އުފާފާޅުކުރަނީ. ދިއްދޫ ވަނީ އަންނަ ސީޒަނުގެ ލީގަށް ޕްރޮމޯޓްވެފަ. ފޮޓޯ: އެފްއޭއެމް

ދިއްދޫ އިން ދިވެހި ޕްރިމިއާ ލީގުގެ ޖާގަ ކަށަވަރުކޮށްފި

ފަހުމިނެޓް
ފަހުމިނެޓް
8 ގަޑިއިރު ކުރިން 21 ޖޫން 2026

އަންނަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ފަހު ހަތަރު ޖާގައިގެ ތެރެއިން އެއް ޖާގަ ހއ. ދިއްދޫއިން ކަށަވަރުކޮށްފި އެވެ.

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރުމުގެ ޝަރަފް ފުރަތަމަ ފަހަރަށް ދިއްދޫއަށް ލިބުނީ ދިވެހި ޕްރިމިއާ ލީގު ކޮލިފައިންގައި އިއްޔެ ހަވީރު ކްލަބް ގްރީން ސްޓްރީޓްސްއާ ވާދަކޮށް އެ ޓީމު ކުޅުނު މެޗު 2-2 އިން އެއްވަރުވެފައިވަނިކޮށް ރޭ ބިސްބުރު ސްޕޯޓްސް އާއި ހުރާ ބައްދަލުކުރި މެޗުން ހުރާ ބަލިވުމުންނެވެ.

ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ދިއްދޫއިން ކަށަވަރުކޮށްފައި މިވަނީ ހަ ޓީމު ވާދަކުރަމުން އަންނަ ކޮލިފައިން ބުރުގައި އެ ޓީމަށް އަދި ބާކީ އެއް މެޗު އޮއްވަ އެވެ. ދިއްދޫއިން މިހާތަނަށް ކޮލިފައިން ބުރުގައި ހަތަރު މެޗު ކުޅެފައިވާއިރު އެ ޓީމުން ވަނީ ދެ މެޗު ކާމިޔާބުކޮށް އެއް މެޗު އެއްވަރުކޮށްފަ އެވެ.

ދިއްދޫ އާއެކު ދިވެހި ޕްރިމިއާ ލީގުގެ ޖާގަ މިހާތަނަށް ކަށަވަރުކޮށްފައިވަނީ މާލޭ ރީޖަން ލީގުގެ ޗެމްޕިއަންގެ ހައިސިއްޔަތުން ކޮލިފައިން ބުރުގައި ވާދަކުރަމުން އަންނަ ބިސްބުރު ސްޕޯޓްސް އާއި މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގު ހަތް ވަނައިގައި ނިންމާލި ޓީސީ ސްޕޯޓްސް ކްލަބެވެ.

ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުކުރި އުތުރުގެ ޗެމްޕިއަން ދިއްދޫ. ފޮޓޯ: އެފްއޭއެމް
ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުކުރި އުތުރުގެ ޗެމްޕިއަން ދިއްދޫ. ފޮޓޯ: އެފްއޭއެމް

ދިވެހި ޕްރިމިއާ ލީގުގައި ޖުމްލަ 10 ޓީމަކުން ވާދަކުރާ ގޮތަށް ހަމަޖެހިފައިވާއިރު މިހާތަނަށް ކަށަވަރު ނުވެ އޮތް ހަމައެކަނި ޖާގަ ލިބުމުގެ ފުރުސަތު އަދި އެއްވެސް ޓީމަކަށް ބަންދުވެފައި ނެތް ނަމަވެސް އެ ފުރުސަތު ހޯދުމުގެ އަމިއްލަ ބާރު ހަމައެކަނި އޮތީ ގައްދޫ އަށެވެ.  މިހާތަނަށް ކުޅުނު ދިން މެޗުން ހޯދި ތިން ޕޮއިންޓާއެކު ޓޭބަލްގެ ހަތަރު ވަނައިގައި ގައްދޫ މިވަގުތު އޮތް އިރު ކުރިއަށް އޮތް ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކުރިއަސް އެ ޓީމަށް ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުވާނެ އެވެ.

https://www.fahuminet.com/tournaments/dpl-qualifiers-2026

ގައްދޫއަށް ކޮލިފައިން ބުރުގައި ބާކީ އޮތް ދެ މެޗުގެ ތެރެއިން އެއް މެޗުގައި މިއަދު ހަވީރު ޓީސީ އާ ދެކޮޅަށް ނުކުންނައިރު ކޮލިފައިން ބުރުގައި އެ ޓީމުން ކުޅެން ޖެހޭ އެންމެ ފަހު މެޗުގައި ނުކުންނާނީ އަންނަ ބުދަ ދުވަހުގެ ރޭ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.

ކޮމެންޓްސް

Matches
5
Ongoing
Upcoming
Predict
Settings