ފުރަތަމަ ސަފްޙާ / ޚަބަރު / ހުޅުމާލެ ހޮސްޕިޓަލުން ޗެމްޕިއަން ބަލިކުރިއިރު، ހެލްތުން ލަނޑު ގޯންޏެއް އޮއްސާލައިފި
ހުޅުމާލެ ހޮސްޕިޓަލުން ޗެމްޕިއަން ބަލިކުރިއިރު، ހެލްތުން ލަނޑު ގޯންޏެއް އޮއްސާލައިފި
ހެލްތު ޓީމުން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. އެޓީމުން ވަނީ ފުރަތަމަ މެޗުގައި 9 ގޯލު ޖަހާފައި. ފޮޓޯ: ކްލަބް މޯލްޑިވްސް

ހުޅުމާލެ ހޮސްޕިޓަލުން ޗެމްޕިއަން ބަލިކުރިއިރު، ހެލްތުން ލަނޑު ގޯންޏެއް އޮއްސާލައިފި

ފަހުމިނެޓް
ފަހުމިނެޓް
5 ގަޑިއިރު ކުރިން 19 ޖޫން 2026

ކްލަބް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ކްލަބް މޯލްޑިވްސް ކަޕް ކްލެސިކް މުބާރާތުގެ ފުރަތަމަ މެޗުގައި ހުޅުމާލޭ ހޮސްޕިޓަލުން އެންމެ ފަހުގެ ޗެމްޕިއަން އެޗްޕީއެސްއެން ބަލިކުރިއިރު ހެލްތު ރިކްރިއޭޝަން ކްލަބުން ކުޅުނު ފުރަތަމަ މެޗުގައި އެސްއެމްއީ ޑިޖިޓަލް ކޮޅަށް ގިނަ ގޯލްތަކެއް ޖަހައިފި އެވެ.

ކްލަބަ މޯލްޑިވްސް އިން ބާއްވަމުން އަންނަ އެންމެ ޝަރަފްވެރި އެއް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕުން ފުރުސަތު ނުލިބޭ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ ފިރިހެން ޓީމުތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގައި ރޭ، ދާދި ފަހުން ނިމުނު ކިންގްސް ކަޕްގައިވެސް ވާދަކުރި އެޗްޕީއެސްއެންގެ މައްޗަށް ހުޅުމާލެ ހޮސްޕިޓަލުން ކުރި ހޯދީ 2-6 އިންނެވެ.

މި މެޗުގައި ހުޅުމާލެ ހޮސްޕިޓަލްގެ މުހައްމަދު ޒައިދު ދެ ގޯލް ކާމިޔާބުކުރި އިރު އެ ޓީމުގެ އާދިލް އަބްދުއްރަހްމާނާއި، ހަސަން ނާއިފްގެ އިތުރުން އިބްރާހިމް ސޯލިހާއި އަދި ހަސަން ސޮލާހް ވެސް ވަނީ ގޯލެއް ޖަހައިފަ އެވެ.

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ނިސްބަތްވާ އެޗްޕީއެސްއެންގެ ޓީމުން ރޭގެ މެޗުގައި ޖެހި ދެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ އަހްމަދު ސާމިހް އާއި، އަހްމަދު ޝުއޫން އެވެ.

ކްލަބް މޯލްޑިވްސް އިން 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ކްލަސިކް މުބާރާތުގައި ރޭ އެންމެ ވާދަވެރި ކުޅުމެއް ފެނުނީ އެންމެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކްލަބް ޑީޖޭއޭ އާއި ކްރިމިނަލް ކޯޓް ވާދަކުރި މެޗުގަ އެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ ކުޅުންތެރިން، ޗެމްޕިއަން އެޗްޕީއެސްއެން ބަލިކުރި މެޗުގައި އުފާފާޅުކުރަނީ. ފޮޓޯ: ކްލަބް މޯލްޑިވްސް
ހުޅުމާލެ ހޮސްޕިޓަލުގެ ކުޅުންތެރިން، ޗެމްޕިއަން އެޗްޕީއެސްއެން ބަލިކުރި މެޗުގައި އުފާފާޅުކުރަނީ. ފޮޓޯ: ކްލަބް މޯލްޑިވްސް

މުބާރާތަށް ކޮންމެ އަހަރަކުވެސް ވަރަށް ރަގަޅަށް ތައްޔާރުވަމުން އަންނަ މި ދެޓީމުގެ ކުރިމަތިލުން 1-1 އިން އެއްވަރުވެގެން ނިމުނުއިރު ދެ ޓީމުންވެސް ގޯލް ޖަހައިފައިވަނީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. މި މެޗުގައި ކްލަބް ޑީޖޭއޭއިން ޖެހި ހަމައެކަނި ގޯލް އިބްރާހިމް ޒަޔާން ކާމިޔާބުކުރި އިރު ކްރިމިނަލް ކޯޓުން ޖެހި ގޯލް ކާމިޔާބުކޮށްދީފައިވަނީ އެ ޓީމުގެ ތަރި ޔައިޝް މުސްތަފާ އެވެ.

ރޭ މުބާރާތުގެ ހަތަރު މެޗު ކުޅެފައިވާއިރު އެންމެ ގިނަ ގޯލް ފެނިފައިވަނީ ހެލްތު ރިކްރިއޭޝަން ކްލަބާއި، އެސްއެމްއީ ޑިޖިޓަލް ވާދަކުރި މެޗުގަ އެވެ. މި މެޗު 4-9 އިން ހެލްތު ރިކްރިއޭޝަން ކްލަބް ކާމިޔާބުކުރި އިރު އެ ޓީމުގެ ޔޫސުފް ޝާހިދާއި، ނިމާލް ހާލިދު ވަނީ ހެޓްރިކް ހަދައިފަ އެވެ. މީގެ އިތުރުން ހެލްތުގެ އާސިފް ހަނީފާއި، އަބްދުﷲ މުއާޒް ގޯލެއް ކާމިޔާބުކުރި އިރު އެ ޓީމުން ކާމިޔާބުކުރި އެއް ގޯލަކީ އެސްއެމްއީ ޑިޖިޓަލްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.  މި މެޗުގައި އެސްއެމްއީގެ ގޯލްތައް ކާމިޔާބުކޮށްދިނީ މުހައްމަދު އައްފާނާއި، މަމްދޫހް އިބްރާހިމްގެ އިތުރުން އާދަމް އާޒިމާއި، އިބްރާހިމް އަހްޒަމެވެ.

https://fahuminet.com/tournaments/cmc-classic-2026

ރޭ ކުޅުނު ހަތަރު ވަނަ މެޗުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ނިސްބަތްވާ ޕެމާއާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ޓީމު ވާދަކޮށް 3-5 އިން މެޗު ކާމިޔާބުކޮށްފައިވަނީ އޭވިއޭޝަން ސެކިއުރިޓީގެ ޓީމެވެ. މި މެޗުގައި އޭވިއޭޝަން ސެކިއުރިޓީގެ އިބްރާހީމް ޒިޔާން ހެޓްރިކް ހެދިއިރު އެ ޓީމުން ޖެހި އަނެއް ދެ ގޯލް ކާމިޔާބުކޮށްފައިވަނީ  ތައުމީން ނޫހް އާއި  އީމާން އިލްޔާސް އެވެ. މި މެޗުގައި ޕެމާއިން ޖެހި ތިން ގޯލްގެ ތެރެއިން ދެ ގޯލް އަހަމަދުﷲ މުހައްމަދު ސަދާތު ކާމިޔާބުކުރި އިރު އަނެއް ގޯލް ކާމިޔާބުކޮށްދީފައިވަނީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

މުބާރާތުގައި މިރޭ ވެސް ހަތަރު މެޗު ކުރިއަށްދާނެ އެވެ. 

ކޮމެންޓްސް

Matches
4
Ongoing
Upcoming
Predict
Settings