ކިންގްސް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ސަލްޓަން ނުވަތަ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ޗެމްޕިއަން ސްޓެލްކޯ ރިކްރިއޭޝަން ކްލަބްގެ އިބްރާހީމް ރިމާހް (ރިމޭ) ހޯދައިފި އެވެ.
ކ. ގާފަރަށް އުފަން ރިމޭ ވަނީ ސްޓެލްކޯ ޗެމްޕިއަންކަމަށް ކުރި ދަތުރުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޓީމު ލީޑު ކުރުމުގައި އިސް ރޯލެއް އަދާކުރިއިރު މުހިއްމު ގޯލުތަކެއް ވެސް ރިމޭ ޖެހި އެވެ. މުބާރާތުގައި ރިމޭ ހަތަރު ގޯލު ޖެހި އެވެ.
ރިމޭ ވަނީ ފައިނަލް މެޗުގައި ދެ ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ.
މިއީ ރިމޭ ފުޓްސަލްގެ ކިންގުކަން ޖެހިޖެހިގެން ހޯދި ބޮޑު ދެ ވަނަ މުބާރާތެވެ. މި އަހަރު ކުޅުން އޮފީސް ލީގުގެ ޗެމްޕިއަންކަން ބަލިނުވެ ސްޓެލްކޯ އިން ހޯދިއިރު ވެސް ކިންގަކީ ރިމޭ އެވެ. އޮފީސް ލީގުގައި ރިމޭ ވަނީ ކިންގުގެ މަގާމުގެ އިތުރުން އެންމެ ގިނަ ގޯލު ޖެހި ދެ ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފަ އެވެ.
ރިމޭ އަކީ ރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިއެކެވެ. އުފަން ރަށް ގާފަރުގައި ވެސް ރިމޭގެ ދައުރު ބޮޑެވެ.
ސްޓެލްކޯ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލުގައި 7-4 އިން ކްލަބް ހޯކްސް ބަލިކޮށްގެންނެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތޭރޭގައި ހިމެނުނީ، ރިމޭގެ އިތުރުން ސްޓެލްކޯގައި މޮޅު ކުޅުމެއް ދެއްކި ޝުއައިދު ސައީދު އާއި ސްޓެލްކޯގެ ގޯލްކީޕަރު އަދުހަމް އަހުމަދުގެ އިތުރުން ރަނަރަޕް ހޯކްސްގެ މުހައްމަދު ފާސިރު (ފާއްޓެ) އަދި ހޯކްސްގެ ބިދޭސީ ކުޅުންތެރިޔާ އުލާން އެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމް ލިބުނީ ސްޓެލްކޯގެ ކޯޗު އުސްމާން ނަސީރު (އޮއިލޭ) އަށެވެ. އޮއިލޭ އަކީ އޮފީސް ލީގުގެ ޗެމްޕިއަންކަން ވެސް ސްޓްލްކޯ އަށް ހޯދައިދިން ކޯޗެވެ.
https://fahuminet.com/tournaments/kings-cup-2026
އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިޔާއަށްދޭ ރަން ބޫޓު ލިބުނީ 8 ގޯލު ޖެހި ފާއްޓެ އަށެވެ.
މުބާރާތުގައި އެންމެ މޮޅަށް ސަޕޯޓްކުރި ޓީމަކަށް ހޮވުނީ ހޯކްސް އެވެ.
ކިންގްސް ކަޕްގައި މިއަހަރު 12 ޓީމަކުން ވަނީ ވާދަކޮށްފަ އެވެ. ކިންގްސް ކަޕަކީ ޗެމްޕިއަނުންނަށް އަމާޒުކޮށްގެން ކްލަބް މޯލްޑިވްސް އިން ކުރިއަށްގެންދާ މުބާރާތެކެވެ.