ކްލަބް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ކިންގް ކަޕްގެ ފައިނަލްގައި މިރޭ ހޯކްސް އިން ބޮޑަށް ބަލާނީ އެ ޓީމުގެ ގޭމް ޕްކޭން ތަންފީޒުކުރަން ކަމަށާއި، އެކަން ކުރެވިއްޖެ ނަމަ ކޮންމެ ޓީމެއްވެސް ހޯކްސްއަށް ބަލިކުރެވޭނެ ކަމަށް އެ ޓީމުން ބުނެފި އެވެ.
ރާއްޖޭގެ ފުޓްސަލް ޗެމްޕިއަންސް ލީގުގެ ގޮތުގައި މަޝްހޫރުވަމުޔް އަންނަ ކިންގްސް ކަޕްގެ ފައިނަލްގައި މިރޭ ހޯކްސްއިން ނުކުންނާނީ ސްޓެލްކޯ އާ ދެކޮޅަށެވެ. ކްލަބް މޯލްޑިވްސް އިން މިދިޔަ އަހަރު މުޅިން އަލަށް ތައާރަފްކުރި ސެކްޓާ ލީގުގެ ރަނަރަޕް ޓީމުގެ ހައިސިއްޔަތުން ކިންގްސް ކަޕްގައި ކުޅުމުގެ ފުރުސަތު ލިބުނު ހޯކްސް އިން މުބާރާތާ ކުރިމަތިލީ ވަރުގަދަ ސްކޮޑަކާ އެކު އެވެ. އެ ޓީމުގެ ސްކޮޑްގައި ރާއްޖޭގެ ފުޓްބޯޅައާއި އަދި ފުޓްސަލްގައި އެންމެ ކާމިޔާބު އެއް ރަށް ކަމަށްވާ އޭދަފުށްޓަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ އިޝާން އިބްރާހިމް (ސައްޓު) އާއި މުހައްމަދު ފާސިރު (ފާއްޓޭ) ގެ އިތުރުން ރާއްޖޭގެ ފުޓްސަލްގައި އެންމެ ގިނަ ބައެއްގެ މަގްބޫލްކަން ހޯދާފައިވާ ބިދޭސީ ކުޅުންތެރިޔާ އުލާން ހިމެނޭއިރު ހޯކްސް މުބާތާތުގެ ފައިނަލަށް ގެންގޮސްދިނުމުގައި މި ކުޅުންތެރިންގެ ހިއްސާ ވަރަށް ބޮޑެވެ.
ކިންގްސް ކަޕްގެ ފައިނަލަށް ހޯކްސް އާއީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރިކްރިއޭޝަން ކްލަބް ހިމެނުނު ގްތރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލަށް އައިސް ކުއާޓާގައި އުތީމު ބަލިކުރުމަށް ފަހު ސެމީގައި ބޮޑު ތަފާތަކުން އޭދަފުށްޓަށް ނިސްބަތްވާ އެއިޓީފޯ އެފްސީ ބަލިކުރުމަށް ފަހު އެވެ. މުބާރާތުގައި މިހާތަނަށް ހޯކްސްއިން 17 ގޯލް ކާމިޔާބުކޮށްފައިވާއިޮރު އެ ޓީމު ކޮޅަށް ފަސް މެޗުގައި ވަދެފައިވަނީ ޖުމްލަ ހަތަރު ގޯލެވެ.
މިރޭގެ މެޗުގެ ކުރިން "ފަހުމިޮނެޓް" އާ ވާހަކަދައްކަމުން ހޯކްސްގެ މެނޭޖަރު މުހައްމަދު ރިފްޝާން ބުނެފައިވަނީ ކިންގްސް ކަޕް ޖަހަލަ ވަރުގަ މުބާރާތެއްގެ ފައިނަލަށް ބަލި ޓީމެއް ނާންނާނެ ކަމަށާއި، ޓީމުގެ ގޭމް ޕްލޭނާ އެއްގޮތަށް ކުޅެފި ނަމަ ބަލި ނުކުރެވޭނެ އެއްވެސް ޓީމެއް މުބާރާތުގައި ނެތް ކަމަށެވެ.
"އިދިކޮޅުން ވާދަކުރާ ޓީމު ގައިމުވެސް ބައްޔެއް ނުވާނެ. ފައިނަލަށް އަންނާނީ އަހަރެން ގަބޫލުކުރާ ގޮތުގައި ވަރުގަދަ ޓީމެއް. އެކަމަކު އަހަރެންނަށް ގަބޫލުކުރެވޭ ގޮތުގައި އަހަރެމެންގެ ގޭމް ޕްލޭނާ އެއްގޮތަށް ކުޅެފިއްޔާ އަހަރެމެންނަށް ކޮންމެ ޓީމެއްވެސް ބަލިކުރެވޭނެ." ރިފްޝާން ބުންޏެވެ.
https://fahuminet.com/tournaments/kings-cup-2026
ރިފްޝާން ފާހަގަކުރި ގޮތުގައި ކިންގްސް ކަޕްގައި ހޯކްސް އިން ބައިވެރިވިއިރުވެސް އަމާޒަކީ ސީދާ ތަށި ކަމަށާއި، މިހާ ހިސާބަށްް ޓީމަށް މިއާދެވުނީ ޓީމުގެ ކުޅުންތެރިންނާއި، މެނޭޖުމަންޓްގެ އިތުރުން ކުންފުނީގެ އެންމެ އިސް ވެރިޔާއާ ހަމައިން މިކަމަށް ބެހެއްޓި ޝައުގުވެރިކަމާއި، ސަމާލުކަމުގެ ސަބަބުން ކަމަށެވެ.
"މިހާ ހިސާބަށް އައުމުގަ ސަޕޯޓަރުންގެ ހިއްސާވެސް ވަރަށް ބޮޑު، އަހަރެމެންނަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ ޓީމުގެ ފަހަތުގައި މުޅި ކޮމްޕެނީ އެކަތިގަނޑެއްގެ ގޮތުގައި އޮތުން. ކުންފުނީގެ ޖީއެމްއިން ފެށިގެން ގޮސް ޠޮޕް މެނޭޖްމަންޓްގެ ބޭފުޅުން ކޮންމެ މެޗެއް އޮންނަ ރެއަކުވެސް ޓީމަށް ތަރުހީބު ދޭން ސަޕޯޓަރުންނާއެކު ތިއްބަވާ. އެއީ މުޅި ޓީމަށްވެސް ލިބޭ ވަރަށް ބޮޑު ހިތްވަރެއް. " ރިފްޝާން ބުނެފައިވެ އެވެ.
މިރޭގެ މެޗެއް ނުކުންނައިރު ޓީމުގައި ކަން ބޮޑުވާންޖެހޭ ވަރުގެ އަނިތޔާގެ މައްސަލައެއް ނެތް ކަމަށާއި، މެޗަށް ޓީމު އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ. ކިންގްސް ކަޕްގައި ހޯކްސް އާއި ސްޓެލްކޯ ވާދަކުރާ މެޗު ފަށާނީ މިރޭ ނުވައެއް ޖަހާއިރު އެވެ.