ފުރަތަމަ ސަފްޙާ / ޚަބަރު / އެލީޓުން އަނެއްކާވެސް ބޮޑު މޮޅެއް ހޯދިއިރު ވެލެންސިއާ ބަލިނުވެ ކުރިއަށް
އެލީޓުން އަނެއްކާވެސް ބޮޑު މޮޅެއް ހޯދިއިރު ވެލެންސިއާ ބަލިނުވެ ކުރިއަށް

އެލީޓުން އަނެއްކާވެސް ބޮޑު މޮޅެއް ހޯދިއިރު ވެލެންސިއާ ބަލިނުވެ ކުރިއަށް

ފަހުމިނެޓް
ފަހުމިނެޓް
16 ގަޑިއިރު ކުރިން 16 ޖޫން 2026

ކްލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ކިޑްސަލް މުބާރާތުގައި ކްލަބް ވެލެންސިއާއިން ބަލި ނުވެ ކުރިއަށްދާއިރު އެލީޓް އެކަޑަމީން މުބާރާތުގައި ކުޅުނު ދެވަނަ މެޗުވެސް ބޮޑު ތަފާތަކުން ކާމިޔާބުކޮށްފި އެވެ.  

ކިޑްސަލް މުބާރާތުގެ ތިންވަނަ ދުވަހުގެ ކުޅުން އިއްޔެ ކުރިއަށްދިޔައިރު އިއްޔެ ހަވީރާއި، ރޭ ޖުމްލަ ހަތަރު މެޗު ވަނީ ކުޅެފަ އެވެ. އިއްޔެ ހަވީރު 5 ޖެހިއިރު ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުގައި ހުޅުމާލޭ ޔޫތް އެންޑް ސްޕޯޓްސް ކްލަބާއި، އެސްޕަޔާ އެކަޑަމީ ވާދަކުރި އިރު މި މެޗު 2-6 އިން ކާމިޔާބުކޮށްފައިވަނީ އެސްޕަޔާ އެކަޑަމީ އެވެ.

މި މެޗުގައި އެސްޕަޔާ އެކަޑަމީއިން ޖެހި ހަ ގޯލްގެ ތެރެއިން އަހްމަދު އާހިލް ހުސައިން އާއި ޔަލްސަން ބިން ހިސާން ދެ ގޯލް ކާމިޔާބުކުރިއިރު އަނެއް ދެ ގޯލް ޖަހައިފައިވަނީ އައްމާރު ބިން ނަވާޒާއި މުހައްމަދު ޔާނީ އަބްދުﷲ އެވެ. މި މެޗުގައި ހުޅުމާލެ ޓީމުން ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ އަންދުލްބާސިތު ބިން އަބްދުލްވާހިދެވެ.

އެލީޓް އެކެޑަމީން ހޯދި ބޮޑު މޮޅުގައި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: ކްލަބް މޯލްޑިވްސް
އެލީޓް އެކެޑަމީން ހޯދި ބޮޑު މޮޅުގައި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: ކްލަބް މޯލްޑިވްސް

ހަވީރު ހަމަ އެ ގަޑީގައި ކުޅުނު ދެވަނަ މެޗުގައި ސްޓާސް އެކަޑަމީއާ ވާދަކޮށް 0-8 އިން އެލީޓް އެކަޑަމީ ވަނީ މޮޅުވެފަ އެވެ. އެލީޓުން ވަނީ މި މުބާރާތުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ބީޖީ ސްޕޯޓްސް ކްލަބާއި ވާދަކޮށް 1-10 އިން މޮޅުވެފަ އެވެ.

މި މެޗުގައި އެލީޓް އެކަޑަމީން ޖެހި އަށް ގޯލްގެ ތެރެއިން ހަތަރު ގޯލް ކާމިޔާބުކޮށްފައިވަނީ މުހައްމަދު ރައުޝަން ތަމީޒެވެ. މީގެ އިތުރުނުން މި މެޗުގައި އެލީޓްގެ އާދު ބިން މުހައްމަދު ނިޔާޒްވެސް ހެޓްރިކް ހެދި އިރު  އެ ޓީމުގެ ހުމާމް މުއާވިޔަތު ވެސް ވަނީ ގޯލެއް ކާމިޔާބުކޮށްދީފަ އެވެ. އިއްޔެގެ މެޗުގައި އާދު ޖެހި ތިން ގޯލާއެކު އޭނާ މި މުބާރާތުގައި ޖެހި ގޯލްގެ އަދަދު ވަނީ އަށަކަށް އަރައިފަ އެވެ.

އެސްޕަޔާ އެކަޑަމީ މޮޅުވި މެޗުގެ ތެރެއިން. ކިޑްސަލްގައި 10 ޓީމު އަންނަނީ ވާދަކުރަމުން. ފޮޓޯ: ކްލަބް މޯލްޑިވްސް
އެސްޕަޔާ އެކަޑަމީ މޮޅުވި މެޗުގެ ތެރެއިން. ކިޑްސަލްގައި 10 ޓީމު އަންނަނީ ވާދަކުރަމުން. ފޮޓޯ: ކްލަބް މޯލްޑިވްސް

އެކަޑަމީތަކަށް ހާއްސަކޮށްގެން މިއަހަރު ކްލަބް މޯލްޑިވްސް އިން މުޅިން އަލަށް ފެށި ކިޑްސަލް މުބާރާތުގައި ރޭ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުގައި ވާދަކޮށްފައިވަނީ ކްލަބް ވެލެންސިއާ އާއި ވިލިމާލޭ ޔުނައިޓެޑެވެ.  މި މެޗު 0-3 އިން ވެލެންސިއާ ކާމިޔާބުކުރި އިރު އެ ޓީމަށް މި މެޗުގައި ގޯލްތައް ކާމިޔާބުކޮށްދީފައިވަނީ  އިބްރާހިމް އިޔާސް ބިން ހަސަން އާއި އަހްމަދު އުލްވާން އަބްދުއްރަހީމްގެ އިތުރުން  އަލީ އަޒީން އާދިލެވެ. މި މުބާރާތުގައި ވެލެންސިއާއިން ތިން މެޗު ކުޅެފައިވާއިރު އެ ޓީމުން ވަނީ ދެ މެޗު ކާމިޔާބުކޮށް އެއް މެޗު އެއްވަރުކޮށްފަ އެވެ.

ރޭ ކުޅުނު އަނެއް މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އެޑްވެންޗާ އެކަޑަމީ ވާދަކުރި އިރު މި މެޗު 2-8 އިން ކާމިޔާބުކުރީ  ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. މި މެޗުގައި ނިއު ރޭޑިއަންޓްގެ މުހައްމަދު އަޒްހާން އަލީ ހެޓްރިކް ހަދާފައިވާ އިރު ނިއުއިން މެޗުގައި ޖެހި އަނެއް ފަސް ގޯލް ކާމިޔާބުކޮށްދީފައިވަނީ  މުހައްމަދު ޔަމަކް ރަޝީދާއި،  ރާއިޝް ރަމީޒާއި،  އާރޭ އިލްމާރީގެ އިތުރުން  މާން އިބްރާހިމް ޝަހީލް އަދި  އަދި ހަސަން އަޒީން އެވެ. މި މެޗުގައި އެޑްވެންޗާ އެކަޑަމީން ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ޒައުލް ބިން އިބްރާހިމް ދީދީ އެވެ.

https://fahuminet.com/tournaments/kidsal-2026

ޖުމްލަ 10 ޓީމަކުން ވާދަކުރަމުން އަންނަ ކިޑްސަލް މުބާރާތުގައި ދެން ކުޅުން އޮންނާނީ މާދަމާ އެވެ. މާދަމާވެސް މުބާރާތުގެ ހަތަރު މެޗު ކުޅޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.

   

ކޮމެންޓްސް

Matches
4
Ongoing
Upcoming
Predict
Settings