ފުރަތަމަ ސަފްޙާ / ޚަބަރު / އަގުހުރި އިނާމުތަކާއެކު މުލަކު ދާއިރާ އަށް ހާއްސަ ސްކޯ ޕްރިޑިކްޝަން ޗެލެންޖެއް
އަގުހުރި އިނާމުތަކާއެކު މުލަކު ދާއިރާ އަށް ހާއްސަ ސްކޯ ޕްރިޑިކްޝަން ޗެލެންޖެއް
މުލަކު ދާއިރާގެ ރަށްތަކަށް ހުޅުވާލާފައިވާ ޕްރިޑިކްޝަން ލީގުގެ އިނާމުތައް.

އަގުހުރި އިނާމުތަކާއެކު މުލަކު ދާއިރާ އަށް ހާއްސަ ސްކޯ ޕްރިޑިކްޝަން ޗެލެންޖެއް

ފަހުމިނެޓް
ފަހުމިނެޓް
4 ގަޑިއިރު ކުރިން 12 ޖޫން 2026

މުލަކު ދާއިރާގެ ރަށްތަކަށް ހާއްސަކޮށްގެން، ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާގެ މެންބަރު އިބްރާހީމް ނައުފަލް ޕްރިޑިކްޝަން ޗެލެންޖެއް ހުޅުވާލައިފި އެވެ. 

މުލަކު ދާއިރާގެ ޕްރިޑިކްޝަން ޗެލެންޖް ކުރިއަށްދާނީ ފަހުމިނެޓުން ހުޅުވާލާފައިވާ ސްކޯ ޕްރިޑިކްޝަން ޕްލެޓްފޯމްގަ އެވެ. 

މި ޕްރިޑިކްޝަން ޗެލެންޖުގައި ބައިވެރިވެވޭނީ ހަމައެކަނި މުލަކު ދާއިރާ އަށް ރަޖިސްޓްރީވެފައިވާ ރައްޔިތުންނަށެވެ. މުލަކު ދާއިރާގައި ހިމެނެނީ މުލަކާއި ކޮޅުފުށީގެ އިތުރުން ނާލާފުއްޓެވެ. އެހެންކަމުން މި ތިން ރަށުގެ ރަށްވެހިކަން އޮންނަ ރައްޔިތުންނަށް މި ޗެލެންޖުގައި ވާދަކުރެވޭނެ އެވެ. 

މި ޗެލެންޖް ކުރިއަށްދާނީ ވޯލްޑް ކަޕް ނިމެންދެނެވެ. ޕްރިޑިކްޝަން ޗެލެންޖުން އެންމެ ކުރި ހޯދާ ތިން ފަރާތަކަށް އަގުހުރި އިނާމުތަކެއް ވަނީ ހުށަހަޅައިފަ އެވެ. 

މުލަކު ދާއިރާއަށް ހާއްސަކޮށްފައިވާ ލީގު. މި ލީގުގައި މުލަކު ދާއިރާގެ ރައްޔިތުންނަށް ބައިވެރިވެވޭނެ. 
މުލަކު ދާއިރާއަށް ހާއްސަކޮށްފައިވާ ލީގު. މި ލީގުގައި މުލަކު ދާއިރާގެ ރައްޔިތުންނަށް ބައިވެރިވެވޭނެ. 

އެއް ވަނަ އިނާމަކީ 75 އިންޗީގެ ހައިސެންސް ޓީވީ އެކެވެ. ދެ ވަނަ އިނާމަކަށް ހުށަހަޅާފައިވަނީ 55 އިންޗީގެ ޓީވީ އެކެވެ. އަދި ތިން ވަނަ އިނާމަކީ 9000 ބީޓީޔޫގެ އޭސީ އެކެވެ. 

https://fahuminet.com/predict

މުލަކު ދާއިރާގެ ލީގު ކޯޑު: Q4LRX59X

ފަހުމިނެޓުން ހުޅުވާލާފައިވާ ޕްރިޑިކްޝަން ޕްލެޓްފޯމުގައި ޕްރައިވެޓް ލީގުތަކުގެ އިތުރުން ޕަބްލިކް ލީގުތައް ހެދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ. 

ކޮމެންޓްސް

Matches
5
Ongoing
Upcoming
Predict
Settings