ފުރަތަމަ ސަފްޙާ / ޚަބަރު / ރިސޯޓް ފުޓްސަލްގެ ނަން ދިރުވަން ކޯރާ ކޯރާ އިން މިރޭ ސްޓެލްކޯއާ ދެކޮޅަށް
ރިސޯޓް ފުޓްސަލްގެ ނަން ދިރުވަން ކޯރާ ކޯރާ އިން މިރޭ ސްޓެލްކޯއާ ދެކޮޅަށް
ކޯރާ ކޯރާގެ ރައުލް ނިޔާޒް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ސެމީގައި މިރޭ ނުކުންނާނީ ސްޓެލްކޯއާ ދެކޮޅަށް. ފޮޓޯ: ކްލަބް މޯލްޑިވްސް

ރިސޯޓް ފުޓްސަލްގެ ނަން ދިރުވަން ކޯރާ ކޯރާ އިން މިރޭ ސްޓެލްކޯއާ ދެކޮޅަށް

ފަހުމިނެޓް
ފަހުމިނެޓް
6 ގަޑިއިރު ކުރިން 12 ޖޫން 2026

ކްލަބް މޯލްޑިވްސްގެ ތާރީހަށް ބަލާއިރު ފުޓްސަލްގައި ރިސޯޓުތަކުގެ ބައިވެރިވުން ވަނީ ފެނިފަ އެވެ. އެހެންނަމަވެސް ކުންފުނިތަކާއި އިދާރާތަކުގެ ވަރުގަދަ ޓީމުތަކާ ވާދަކޮށް ތައްޓާ ހަމައަށް ދިއުމުގައި ރިސޯޓު ފުޓްސަލްގެ ޓީމުތަކަށް މީގެކުރިން ވަނީ އުނދަގޫވެފަ އެވެ. އެކަމަކު މިފަހަރުގެ ކިންގްސް ކަޕްގައި ރ. އަތޮޅަށް ނިސްބަތްވާ ކޯރާ ކޯރާ އިން ދައްކަމުން އެދަނީ ތަށީގެ އުއްމީދު ގެނުވައިދޭ ކުޅުމެވެ. 

ޝަރަފްވެރި ކިންގްސް ކަޕްގެ ސެމީ ފައިނަލުގައި ކޯރާ ކޯރާ މިރޭ ނުކުންނާނީ ސްޓެލްކޯ ރިކްރިއޭޝަން ކްލަބާ ދެކޮޅަށެވެ. ކޯރާ ކޯރާ ކިންގްސް ކަޕްގައި ވާދަކުރަނީ ދާދިފަހުން ނިމުނު ރާބަދި ޗެލެންޖުގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުންނެވެ. ސްޓެލްކޯ އިން ވަނީ މިއަހަރުގެ އޮފީސް ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. 

ކިންގްސް ކަޕްގައި ކޯރާ ކޯރާ އިން މިހާތަނަށް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ކުއާޓާ ފައިނަލުގެ ޖާގަ އެޓީމުން ހޯދީ ގްރޫޕް ސްޓޭޖުގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ތިން މެޗުގެ ތެރެއިން ދެ މެޗުގައި ކޮންރަޑް މޯލްޑިވްސް އާއި ކްލަބް ބިނާރާ ބަލިކުރި އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްޓެލްކޯއާ ވާދަކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ. 

ކުއާޓާ ފައިނަލުގައި އެޓީމު ނުކުތީ ކޮންރެޑް މޯލްޑިވްސްއާ ދެކޮޅަށެވެ. އެ މެޗުގައި މޮޅު ކުޅުމެއް ދައްކައި 0-4 އިން ކާމިޔާބުކުރި އެވެ. 

ކިންގްސް ކަޕްގައި އެޓީމު މޮޅުވުމުގެ ރެކޯޑް އޮތީ 75 އިންސައްތައިގަ އެވެ. 

ވަރުގަދަ އެސްޓީއޯ ކަޓުވާލުމަށް ފަހު ސްޓެލްކޯ ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: ކްލަބް މޯލްޑިވްސް
ވަރުގަދަ އެސްޓީއޯ ކަޓުވާލުމަށް ފަހު ސްޓެލްކޯ ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: ކްލަބް މޯލްޑިވްސް

ކޯރާ ކޯރާ ސެމީ ފައިނަލުގައި ސްޓެލްކޯއާ ދެކޮޅަށް ނުކުންނައިރު މެޗު އެޓީމަށް ވަނީ ޔަގީނުން ވެސް ވާނީ ވަރުގަދަ ޗެލެންޖަކަށެވެ. ގްރޫޕް ސްޓޭޖުގައި މި ދެޓީމު ވާދަކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. އެކަމަކު އެ މެޗާ މި މެޗު ހާސްބައި ތަފާތުވާނެ އެވެ. 

ސްޓެލްކޯއަކީ ފުޓްސަލްގައި ވަރުގަދަ ނަމެކެވެ. މިފަހަރުގެ މުބާރާތުގައި ސްޓެލްކޯ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ވަނީ މޮޅުވެފަ އެވެ. އެއް މެޗު އެއްވަރުވިއިރު ބަލިވީ އެއް މެޗުންނެވެ. 

މުބާރާތުގައި ސްޓެލްކޯ އިން ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ މަޝްހޫރު ތަރިން ހިމެނޭ ވަރުގަދަ އެސްޓީއޯ ކުއާޓާ ފައިނަލުގައި 2-1 އިން ބަލިކުރުމެވެ. މިއީ މުބާރާތުގައި ފެނިގެންދިޔަ އާދަޔާހިލާފު އެއް ނަތީޖާ އެވެ. 

https://fahuminet.com/tournaments/kings-cup-2026

ސްޓެލްކޯ އިން ވަނީ ސަރުކާރު އޮފީސްތަކަށް ހުޅުވާލައިގެން ބިގް މޭން މޯލްޑިވްސް އިން ބާއްވާ އޮފީސް ލީގުގެ ޗެމްޕިއަންކަން މިދިޔަ ދެ އަހަރު ވެސް ހޯދައިފަ އެވެ. މިއަހަރުގެ ޗެމްޕިއަންކަން އެޓީމު ހޯދީ ތަފާތު މޮޅު ކުޅުމެއް ދައްކައިގެންނެވެ. މިއަހަރުގެ އޮފީސް ލީގުގެ ހުރިހާ މެޗަކުން މޮޅުވިއިރު ހަ މެޗުގައި 56 ގޯލު ޖެހި އެވެ. ބައިކޮޅަށް ވަނީ އެންމެ ފަސް ގޯލެވެ. 

ސްޓެލްކޯ ކިންގްސް ކަޕްގައި ވާދަކުރަމުން އަންނަނީ އޮފީސް ލީގަށްވުރެ ކުރިއަށްވުރެ ވަރުގަދަކޮށެވެ. އެއްކޮށް ކުޅޭ ގިނަ ކުޅުންތެރިންތަކަކާ އެކު އެޓީމުގައި އޮތީ އެއްބައިވަންތަ ރޫހެކެވެ. 

ކޯރާ ކޯރާ އިން ސެމީގައި ސްޓެލްކޯއާ ދެކޮޅަށް ނުކުންނަ މެޗަކީ ޔަގީނުން ވެސް ވާދަވެރި މެޗަކަށް ވާނެ އެވެ. ކޯރާ ކޯރާއިން ރިސޯޓު ފުޓްސަލްގެ ނަން ދިރުވަން ނުކުންނައިރު ސްޓެލްކޯ ނުކުންނާނީ އަނެއްކާވެސް އިތުރު ފައިނަލަކާ އެކު ތަށީގައި އަތްލަން ފުރުސަތު ހޯދާށެވެ. 

ކިންގްސް ކަޕްގެ ސެމީ ފައިނަލުގެ ދެ މެޗު ވެސް ފަށާނީ މިރޭ 8:30 ގަ އެވެ. އަނެއް ސެމީގައި ވާދަކުރާނީ އޭދަފުއްޓަށް ނިސްބަތްވާ އެއިޓީފޯ އެފްސީ އާއި ހޯކްސް އެވެ. 

https://fahuminet.com/predict

ކިންގްސް ކަޕްގެ ސެމީ ފައިނަލް ދެ މެޗުގެ ލައިވްސްކޯ ވެސް މި ނޫހުން ވަގުތުން އަދާހަމަ ކުރާނެ އެވެ. މިއަހަރުގެ ކްލަބް މޯލްޑިވްސްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ވެސް ފަހުމިނެޓެވެ. އަދި ކިންގްސް ކަޕަށް ހާއްސަކޮށް ޕްރިޑިކްޝަން ޗެލެންޖެއް ވެސް ވަނީ ހުޅުވާލާފަ އެވެ.  

ކޮމެންޓްސް

Matches
5
Ongoing
Upcoming
Predict
Settings