ފުރަތަމަ ސަފްޙާ / ޚަބަރު / އެންމެ ތާރީހީ ވޯލްޑް ކަޕް މިރޭ ފަށަނީ
އެންމެ ތާރީހީ ވޯލްޑް ކަޕް މިރޭ ފަށަނީ
ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާ މެކްސިކޯގެ ސްޓޭޑިއަމް. ފުރަތަމަ މެޗު ކުޅޭނީ މި ސްޓޭޑިއަމްގައި.

އެންމެ ތާރީހީ ވޯލްޑް ކަޕް މިރޭ ފަށަނީ

ފަހުމިނެޓް
ފަހުމިނެޓް
15 ގަޑިއިރު ކުރިން 11 ޖޫން 2026

އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ ތާރީހީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް މިރޭ ފަށާނެ އެވެ. 

ވޯލްޑް ކަޕް ފަށާނީ މެކްސިކޯ އާއި ސައުތު އެފްރިކާ މިރޭ ކުޅޭ މެޗުންނެވެ. 

މިފަހަރުގެ ވޯލްޑް ކަޕަކީ ދުނިޔޭގެ ފުޓްބޯޅައިގައި ކުޅޭ އެންމެ ތާރީހީ މުބާރާތެވެ. މިއީ ތިން ގައުމެއް އެކުވެގެން ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ. މީގެކުރިން ދެ ގައުމެއްގައި ވޯލްޑް ކަޕް ބާއްވާފައިވަނީ 2002 ވަނަ އަހަރު އެވެ. އެ އަހަރު މުބާރާތް ބޭއްވީ ދެކުނު ކޮރެއާ އާއި ޖަޕާނުގަ އެވެ. 

ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް 48 ގައުމު ވާދަކުރުމަކީ ވެސް މި މުބާރާތް ތާރީހުން ޖާގަ ހޯދާ އެއް ސަބަބެވެ. މިފަހަރުގެ މުބާރާތުގައި މީގެކުރިން މުބާރާތްތަކުގައި ނުފެންނަ ޓީމުތައް ފެންނާނެ އެވެ. މީގެތެރޭގައި މުޅިން އަލަށް ފުޓްބޯޅައިގެ ސްޓޭޖުން ފުރުސަތު ލިބުނު ގައުމުތައް ވެސް ހިމެނެ އެވެ. 

މީގެކުރިން 32 ޓީމާ އެކު ކުޅުނު ވޯލްޑް ކަޕް ތަކުގައި ކުޅުނީ 64 މެޗެވެ. އެކަމަކު މިފަހަރު 48 ޓީމަށް އިތުރުވުމާ އެކު މެޗުތައް ކުޅޭ އަދަދު 104 އަށް ވަނީ އަރައިފަ އެވެ. 

https://www.fahuminet.com/tournaments/world-cup-2026

އެހެން ވޯލްޑް ކަޕް ތަކާ ހިލާފަށް މިފަހަރުގެ މުބާރާތުގައި ގަދަ 32 ޓީމުގެ ބުރެއް ކުޅޭނެ އެވެ. މުބާރާތުގައި 12 ގްރޫޕް ހިމެނޭއިރު ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމާއި، ތިން ވަނައިގައި ނިންމާލާ ޓީމުތަކުގ ެތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ 8 ޓީމަށް ނޮކައުޓް ބުރުން ފުރުސަތު ލިބޭނެ އެވެ. 

މުބާރާތް ގާތްގަނޑަކަށް ހަ ހަފްތާގެ މުއްދަތަކަށް ކުރިއަށްދާއިރު މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ކުޅޭނެ އެންމެ ދިގު މުބާރާތެވެ. މުބާރާތް ކުރިއަށްދާނީ ޖޫން 11 އިން ޖުލައި 19 ގެ ނިޔަލަށެވެ. 

މިފަހަރުގެ މުބާރާތް ބާއްވާ މެކްސިކޯގެ އެސްޓާޑިއޯ އަޒްޓެކާ ސްޓޭޑިއަމް ވެގެންދާނީ ތިން ވޯލްޑް ކަޕް ހޯސްޓްކުރާ ފުރަތަމަ ސްޓޭޑިއަމަށެވެ. މީގެކުރިން އެ ސްޓޭޑިއަމްގައި ވަނީ 1970 އަދި 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް މެޗުތައް ވެސް ކުޅެފަ އެވެ. 

https://www.fahuminet.com/predict

މިފަހަރުގެ މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ގައުމުތަކަކީ، ކުރަސާއޯ އާއި ކޭޕް ވާޑޭގެ އިތުރުން ޖޯޑަން އަދި އުޒްބެކިސްތާނެވެ. 

މުބާރާތް ތަފާތުވާ އަނެއް ސަބަބަކީ މިފަހަރުގެ ޓެކްނޮލޮޖީގެ ކުރިއެރުން އިތުރުކޮށްފައިވުމެވެ. 

ތާރީހީ މި ވޯލްޑް ކަޕާ ގުޅުވައިގެން ފަހުމިނެޓުން ވަނީ ޕްރިޑިކްޝަން ޗެލެންޖެއް ހުޅުވާލައިފަ އެވެ. މިގޮތުން ޕްރިޑިކްޝަން ޗެލެންޖުގެ އެއް ވަނަ ހޯދާ މީހަކަށް ޕްލޭސްޓޭޝަން 5 ވަނީ އިނާމެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. 

ކޮމެންޓްސް

Matches
6
Ongoing
Upcoming
Predict
Settings