ފުރަތަމަ ސަފްޙާ / ޚަބަރު / ފުރިހަމަ މޮޅަކާއެކު ހޯކްސް އާއި ކޯރާ ކޯރާ ސެމީ ފައިނަލަށް
ފުރިހަމަ މޮޅަކާއެކު ހޯކްސް އާއި ކޯރާ ކޯރާ  ސެމީ ފައިނަލަށް
ހޯކްސްގެ ސައްޓު ބޯޅަ ހިފައިގެން. ސައްޓު ވަނީ މިރޭ ދެ ގޯލު ޖަހައި އެއް ގޯލު ޖަހަން އެހީވެފަ. ފޮޓޯ: ކްލަބް މޯލްޑިވްސް

ފުރިހަމަ މޮޅަކާއެކު ހޯކްސް އާއި ކޯރާ ކޯރާ ސެމީ ފައިނަލަށް

ފަހުމިނެޓް
ފަހުމިނެޓް
1 ދުވަސް ކުރިން 10 ޖޫން 2026

ކިންގްސް ކަޕްގައި މިރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް ހޯކްސް އާއި ކޯރާ ކޯރާ މޯލްޑިވްސް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ. 

މިރޭ އުތީމު އެފްސީއާ ވާދަކޮށް ހޯކްސް މެޗު ކާމިޔާބުކުރީ 2-4 އިންނެވެ. މެޗުގައި ހޯކްސްގެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ އިޝާން އިބްރާހީމް (ސައްޓު) އެވެ. އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ ލޫތު އަހުމަދު ފަތުހީ އާއި މުހައްމަދު ފާސިރު (ފާއްޓެ) އެވެ. 

މެޗުގައި އުތީމުގެ ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ މުހައްމަދު ސަޚާއު އެވެ. 

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ހޯކްސްގެ ފާއްޓެ އެވެ. 

ކޯރާ ކޯރާ ސެމީގެ ޖާގަ ކަށަވަރުކުރީ ފަސޭހަކަމާއެކު 0-4 އިން ކޮންރަޑް ރިސޯޓް ބަލިކޮށްގެންނެވެ. 

މެޗުގައި ކޯރާ ކޯރާ ޓީމަށް ގޯލުތައް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިބްރާހީމް މައިސާން އާއި ރައުލް ނިޔާޒުގެ އިތުރުން އިބްރާހީމް އަނާން އަލީ އެވެ. މެޗުގައި ރައުލް ދެ ގޯލު ޖެހިއިރު، އެއް ގޯލަކީ ޕެނަލްޓީ އެކެވެ. 

ހޯކްސް އާއި ކޯރާ ކޯރާގެ އިތުރުން ސެމީގެ ޖާގަތައް ކަށަވަރުކުރީ އެއިޓީފޯ އެފްސީ އާއި ސްޓެލްކޯ ރިކްރިއޭޝަން ކްލަބެވެ. 

https://fahuminet.com/tournaments/kings-cup-2026

ކިންގްސް ކަޕްގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ ޖޫން 12 ވަނަ ދުވަހުގެ ރެ އެވެ. އެރޭ ދެ ސެމީ ވެސް ފަށާނީ 8:30 ގަ އެވެ. 

އެއް ސެމީގައި ވާދަކުރާނީ އެއިޓީފޯ އެފްސީ އާއި ހޯކްސް އެވެ. އަނެއް ސެމީގައި ސްޓެލްކޯ ނުކުންނާނީ ކޯރާ ކޯރާއާ ދެކޮޅަށެވެ. 

މިއަހަރުގެ ކިންގްސް ކަޕްގައި 12 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. 

ކްލަބް މޯލްޑިވްސް މިފަހަރުގެ ސީޒަނުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ. 

ކޮމެންޓްސް

Matches
5
Ongoing
1
Upcoming
Predict
Settings