Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / އެމްޓީސީސީ އާއި އެސްޓީއޯ ކަޓައި، އެއިޓީފޯ އާއި ސްޓެލްކޯ ސެމީ އަށް
އެމްޓީސީސީ އާއި އެސްޓީއޯ ކަޓައި، އެއިޓީފޯ އާއި ސްޓެލްކޯ ސެމީ އަށް
ގްރޫޕް ސްޓޭޖުގައި އެމްޓީސީސީން އެއިޓީފޯ 2-0 އިން ބަލިކުރި މެޗުގެ ތެރެއިން. މިރޭ އެއިޓީފޯ އިން ވަނީ އެމްޓީސީސީ ކަޓުވާލާފައި. ފޮޓޯ: ކްލަބް މޯލްޑިވްސް

އެމްޓީސީސީ އާއި އެސްޓީއޯ ކަޓައި، އެއިޓީފޯ އާއި ސްޓެލްކޯ ސެމީ އަށް

ފަހުމިނެޓް
ފަހުމިނެޓް
1 ގަޑިއިރު ކުރިން 9 ޖޫން 2026

ކްލަބް މޯލްޑިވްސް ކިންގްސް ކަޕް ކުއާޓާ ފައިނަލުގައި މިރޭ ކުޅުނު މެޗުތަކުން ބަލިވެ މަޝްހޫެރު އެސްޓިއޯ އާއި އެމްޓީސީސީ މުބާރާތުން ކަޓައިފި އެވެ. 

މިރޭ ކުޅުނު ކުއާޓާ ފައިނަލް ފުރަތަމަ ދެ މެޗުގައި އެންމެން ސިއްސުވާލުމަށް ފަހު ސެމީ ފައިނަލުން ޖާގަ ހޯދީ ސްޓެލްކޯ ރިކްރިއޭޝަން ކްލަބާއި އޭދަފުށީގެ އެއިޓީފޯ އެފްސީ އެވެ. 

ސްޓެލްކޯ އިން އެސްޓީއޯގެ މައްޗަށް ކުރި ހޯދީ 2-1 އިންނެވެ. މެޗުގައި ސްޓެލްކޯގެ ފުރަތަމަ ގޯލު ޖެހީ މުހައްމަދު ނަޒާމް އެވެ. އެސްޓީއޯ އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ މުހައްމަދު އިމްރާން (އިންމި) އެވެ. އޭގެ އިރުކޮޅެއް ފަހުން ސްޓެލްކޯ އަށް ލީޑު ނަގައިދިނީ ޝުއައިދު ސައީދު އެވެ. 

ކުއާޓާ ފައިނަލުގެ އަނެއް މެޗުގައި އެމްޓީސީސީ އާއި އެއިޓީފޯ ވާދަކުރި މެޗު 1-1 އިން އެއްވަރުވިއިރު، ޕެނަލްޓީގައި އެއިޓީފޯ ކުރި ހޯދީ 5-2 އިންނެވެ. 

މެޗުގައި އެމްޓިސީސީން ފުރަތަމަ ލީޑު ނެގީ އިސްމާއީލް ވަޖީހު (ވައްޖެ) ގެ ގޯލުންނެވެ. މެޗުގެ ފަހުކޮޅު އެއިޓީފޯ އަށް ނަތީޖާ ހަމަހަމަކޮށްދިނީ އަހުމަދު ހުސާމް އެވެ. 

ޕެނަލްޓީގައި އޭދަފުށީގެ ޓީމުން ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކުރި އެވެ. އެކަމަކު އެމްޓީސީސީގެ ތިން ޕެނަލްޓީގެ ތެރެއިން ސާމިން މުހައްމަދު ނަސީރު އާއި އަލީ ޝިޔާހް (ޝިޔަޅޭ) ޖެހި ޕެނަލްޓީތައް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

https://fahuminet.com/tournaments/kings-cup-2026

އެސްޓީއޯ އާއި އެމްޓީސީސީ އަކީ ވެސް ގްރޫޕް ސްޓޭޖުގެ ތިން މެޗުން ވެސް މޮޅުވެ ކުއާޓާ ފައިނަލުން ޖާގަ ހޯދި ދެ ޓީމެވެ. އަނެއްކޮޅުން ސްޓެލްކޯ އާއި އެއިޓީފޯ އަކީ ގްރޫޕް ސްޓޭޖުގެ ތިން ވަނަ ޖާގަ ހޯދައިގެން ކުއާޓާ ފައިނަލުގެ ޖާގަ ހޯދި ދެ ޓީމެވެ. 

އެސްޓީއޯ އާއި އެމްޓީސީސީ ކެޓުމަކީ އަނެއްކާވެސް ބޮޑު ހައިރާން ކަމެކެވެ. މަޝްހޫރު ކުޅުންތެރިން ހިމެނޭ ދެ ޓީމު ކެޓިއިރު މިދިޔަ އަހަރުގެ ޗެމްޕިއަން ރޯޑް ރިކްރިއޭޝަން ކްލަބް (އާރްއާރްސީ) ވެސް ވަނީ ގްރޫޕް ސްޓޭޖުން މިފަހަރު ކަޓައިފަ އެވެ. 

ކޮމެންޓްސް

Matches
5
Ongoing
1
Upcoming
Settings