Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ކިންގްސް ކަޕް ކުއާޓާ ފައިނަލްގެ ހުރިހާ މެޗެއް މިރޭ
ކިންގްސް ކަޕް ކުއާޓާ ފައިނަލްގެ ހުރިހާ މެޗެއް މިރޭ
މުބާރާތުގައި ސްޓެލްކޯ ކުޅުނު މެޗެއްގެ ތެރެއިން. މިރޭ އެޓީމު ނުކުންނާނީ ވަރުގަދަ އެސްޓީއޯއާ ދެކޮޅަށް. ފޮޓޯ: ކްލަބް މޯލްޑިވްސް

ކިންގްސް ކަޕް ކުއާޓާ ފައިނަލްގެ ހުރިހާ މެޗެއް މިރޭ

ފަހުމިނެޓް
ފަހުމިނެޓް
10 ގަޑިއިރު ކުރިން 9 ޖޫން 2026

ކްލަބް މޯލްޑިވްސް އިން އިންތިޒާމުކުރާ ފޯރިގަދަ ކިންގްސް ކަޕްގެ ކުއާޓާ ފައިނަލުގެ ވާދަވެރި މެޗުތައް މިރޭ ކުޅޭނެ އެވެ. 

ކިންގްސް ކަޕްގައި މިއަހަރު 12 ޓީމު ވާދަކުރެ އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ފަހު މިހާރު ވަނީ ކުއާޓާ ފައިނަލް ޓީމުތައް ކަށަވަރުވެފަ އެވެ. 

ގްރޫޕުތަކުގެ އެއް ވަނަ ހޯދައިގެން ކުއާޓާ ފައިނަލަށް ހޮވުނީ އެމްޓީސީސީ އާއި އެސްޓީއޯ ރިކްރިއޭޝަން ކްލަބުގެ އިތުރުން ކޯރާކޯރާ މޯލްޑިވްސް އެވެ. ދެ ވަނަ ޓީމުތަކުގެ ގޮތުގައި ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުކުރީ އުތީމު އެފްސީ އާއި ހޯކްސްގެ އިތުރުން ކޮންރަޑް މޯލްޑިވްސް އެވެ. 

ތިން ވަނައިގައި އެންމެ ރަނގަޅު ނަތީޖާގައި ނިންމާލި ޓީމުތަކުގެ ތެރެއިން ކުއާޓާ ފައިނަލް ކަށަވަރުވީ އޭދަފުށީގެ އެއިޓީފޯ އެފްސީ އާއި ސްޓެލްކޯ ރިކްރިއޭޝަން ކްލަބަށެވެ. 

ގްރޫޕް ސްޓޭޖުން ކެޓި އެންމެ ފާހަގަކޮށްލެވޭ ޓީމަކީ މިދިޔަ އަހަރުގެ ކިންގްސް ކަޕާއި ކްލަބް މޯލްޑިވްސްގެ ޗެމްޕިއަން ރޯޑް ރިކްރިއޭޝަން ކްލަބް (އާރްއާރްސީ) އެވެ. މަޝްހޫރު އެތައް ކުޅުންތެރިންނެއް ހިމެނޭ އާރްއާރްސީ ކެޓުމަކީ ގިނަ ބަޔަކަށް ލިބުނު ހައިރާން ކަމެކެވެ. 

މިރޭ ކުޅޭ ކިންގްސް ކަޕްގެ ކުއާޓާ ފައިނަލް މެޗުތައް.
މިރޭ ކުޅޭ ކިންގްސް ކަޕްގެ ކުއާޓާ ފައިނަލް މެޗުތައް.

ކުއާޓާ ފައިނަލުގައި މިރެ ފޯރިގަދަ މެޗުތަކެއް ކުޅޭނެ އެވެ. މެޗުތައް ކުޅޭނީ ގަޑި ހުއްޓައިގެންނެވެ. 

ކްލަބް މޯލްޑިވްސް މިއަހަރުގެ ސީޒަނުގައި ހަތް މުބާރާތް ކުޅޭނެ އެވެ. މީގެ ތެރެއިން މިހާރު ކުރިއަށްދަނީ ކިންގްސް ކަޕާއި، މުޅިން އަލަށް ފެށި ކިޑްސަލް އެވެ. 

https://www.fahuminet.com/tournaments/kings-cup-2026

މިއަހަރުގެ ކްލަބް މޯލްޑިވްސްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ. މި ނޫހުގެ ފަރާތުން މެޗުތަކުގެ ލައިވްސްކޯ އާއި މުބާރާތުގެ މައުލޫމާތުތައް ގެނެސްދޭނެ އެވެ. 

މުބާރާތަށް ހާއްސަކޮށްގެން ސްކޯ ޕްރިޑިކްޝަން ޗެލެންޖެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. 

ކޮމެންޓްސް

Matches
5
Ongoing
1
Upcoming
Settings