Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ފައިނަލަށް ނުދެވުމުން ބޮޑު ހަމަނުޖެހުން ގަނޑެއް ހިންގާލައިފި
ފައިނަލަށް ނުދެވުމުން ބޮޑު ހަމަނުޖެހުން ގަނޑެއް ހިންގާލައިފި
މުބާރާތުގައި ވާދަކުރި ބަންގްލަދޭޝްގެ ޓީމު. އެގައުމުން ވާދަކުރީ 23 އަހަރުން ދަށުގެ ޓީމެއް. ފޮޓޯ: އެފްއޭއެމް

ފައިނަލަށް ނުދެވުމުން ބޮޑު ހަމަނުޖެހުން ގަނޑެއް ހިންގާލައިފި

ފަހުމިނެޓް
ފަހުމިނެޓް
11 ގަޑިއިރު ކުރިން 8 ޖޫން 2026

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށްގެންދާ ޑައިމަންޑް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ އާއި ބަންގްލަދޭޝް ރޭ 1-1 އިން އެއްވަރުވި މެޗުގައި ބޮޑު ހަމަނުޖެހުމެއް ހިނގައިފި އެވެ. 

ރޭގެ މެޗުގެ ނަތީޖާއާ އެކު ބަންގްލަދޭޝް ކަޓައި ފައިނަލުގެ ޖާގަ ކަށަވަރުވީ އަފްގާނިސްތާނަށެވެ. 

ލީގު އުސޫލުން ކުޅުނު ބުރުގެ އެއް ވަނަ ހޯދީ ހަތް ޕޮއިންޓާ އެކު ޕާކިސްތާނެވެ. އަފްގާނިސްތާނަށް ދެ ވަަނަ ލިބުނުއިރު ހަތަރު ޕޮއިންޓް ހޯދި އެވެ. ތިން ވަނަ ލިބުނު ބަންގްލަދޭޝް ނިންމާލީ ތިން ޕޮއިންޓުގަ އެވެ. ރާއްޖެ އަށް ތިން މެޗުން ލިބުނީ އެއް ޕޮއިންޓެވެ. 

ރޭގެ މެޗުގައި ދެޓީމުން ވެސް ގޯލު ޖެހީ ޕެނަލްޓީންނެވެ. ރާއްޖޭން ލީޑު ނެގީ ފުރަތަމަ ހާފުގައި އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކުރި ޕެނަލްޓީންނެވެ. އޭގެފަހުން ދެ ވަނަ ހާފުގައި ބަންގްލަދޭޝްގެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ މަރްޖުލް އިސްލާމް އެވެ. 

މެޗު ހޫނުވީ ރެފްރީންގެ ނިންމުންތަކާ ބަންގްލަދޭޝް ޓީމުން ދެކޮޅު ހެދުމުންނެވެ. މެޗު އެއްވަރުވާން ދިޔައިރު ބަންގްލަދޭޝްގެ ކުޅުންތެރިން ދިޔައީ ފާޅުގައި ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. މިގޮތުން ބެންޗުގައި އިން މަރްޖުލް އިސްލާމަށް ރެފްރީ ސީދާ ރަތް ކާޑެއް ދެއްކި އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ރެފްރީ އަށް ހަމަލާދިނުމާ ގުޅިގެން ބަންގްލަދޭޝްފެ އަލް އަމީނަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކި އެވެ. 

https://www.fahuminet.com/tournaments/diamond-jubilee-international-football-tournament

މެޗުގެ ފަހުމިނެޓުގައި ރާއްޖޭގެ ކުޅުންތެރިއަކަށް ބަންގްލަދޭޝްގެ ކުޅުންތެރިއަކު  ޗެލެންޖު ކުރުމުން ދެޓީމުގެ ކުޅުންތެރިންގެ މެދުގައި ބޮޑު ހަމަނުޖެހުމެއް ހިނގި އެވެ. އަދި، ހަމަނުޖެހުން ހޫނުވެ ބަންގްލަދޭޝްގެ ސަޕޯޓަރުން ވަނީ ދަނޑަށް ވެސް އަރައިފަ އެވެ. ހަމަނުޖެހުން ހުއްޓުވަން ފުލުހުން ވެސް ދަނޑަށް އަރަން ޖެހުނެވެ. 

ޑައިމަންޑް ޖުބިލީ މުބާރާތުގެ ފައިނަލުގައި ޕާކިސްތާނާއި އަފްގާނިސްތާން ވާދަކުރާ މެޗު ކުޅޭނީ ޖޫން 10 ވަނަ ދުވަހު އެވެ. މެޗު ފަށާނީ އެރޭ 9 ޖަހާއިރު އެވެ. 

ކޮމެންޓްސް

Matches
5
Ongoing
1
Upcoming
Settings