Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ދިހަ ޓީމާއެކު ކިޑްސަލްގެ ފުރަތަމަ މުބާރާތް މިއަދު ފަށަނީ
ދިހަ ޓީމާއެކު ކިޑްސަލްގެ ފުރަތަމަ މުބާރާތް މިއަދު ފަށަނީ
ކިޑްސަލް ރަސްމީކޮށް އިފްތިތާހުކުރަން ބޭއްވި ހާއްސަ އިވެންޓުގެ ތެރެއިން. ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ކިޑްސަލް މިއަދު ހަވީރު ފަށާނެ. ފޮޓޯ: ކްލަބް މޯލްޑިވްސް

ދިހަ ޓީމާއެކު ކިޑްސަލްގެ ފުރަތަމަ މުބާރާތް މިއަދު ފަށަނީ

ފަހުމިނެޓް
ފަހުމިނެޓް
13 ގަޑިއިރު ކުރިން 7 ޖޫން 2026

ކްލަބް މޯލްޑިވްސް އިން ރާއްޖޭގައި މުޅިން އަލަށް ފަށާ ކިޑްސަލް މުބާރާތުގެ ކުޅުން މިއަދު ފަށާނެ އެވެ. 

ކްލަބް މޯލްޑިވްސްގެ މުބާރާތްތައް ބާއްވާ ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުތަކުގައި ކުޅޭ ކިޑްސަލްގައި 10 ޓީމަކުން ވަނީ ބައިވެރިވެފައެވެ. 

މުބާރާތުގައި މިއަދު ހަތަރު މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. 

ކިޑްސަލް މުބާރާތް ކުރިއަށްގެންދަނީ 10 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ ވެލެންސިއާ އެކެޑަމީ އާއި ބީޖީ ސްޕޯޓްސް ކްލަބުގެ އިތުރުން ސްޓާސް އެކެޑަމީ، އެލީޓް އެކެޑަމީ އަދި ވިލިމާލެ ޔުނައިޓެޑެވެ. 

ގްރޫޕް ބީގައި ހިމެނެނީ ހުޅުމާލެ ޔޫތު ސްޕޯޓްސް ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، އެސްޕަޔަރ އެކެޑަމީ، އެޑްވެންޗަރ އެކެޑަމީ އަދި ބިސްބުރު އެކެޑަމީ އެވެ. 

ކިޑްސަލް އިފްތިތާހުކުރުމުގެ އިވެންޓުގެ ތެރެއިން. މިއީ ކްލަބް މޯލްޑިވްސް އިން ކިޑްސަލް ބާއްވާ ފުރަތަމަ ފަހަރު. ފޮޓޯ: ކްލަބް މޯލްޑިވްސް
ކިޑްސަލް އިފްތިތާހުކުރުމުގެ އިވެންޓުގެ ތެރެއިން. މިއީ ކްލަބް މޯލްޑިވްސް އިން ކިޑްސަލް ބާއްވާ ފުރަތަމަ ފަހަރު. ފޮޓޯ: ކްލަބް މޯލްޑިވްސް

މުބާރާތް ކުޅެނީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ހަތަރު ޓީމު ކުއާޓާ ފައިނަލަށް ހޮވޭ ގޮތަށެވެ. ކުއާޓާ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 23 ވަނަ ދުވަހު އެވެ. 

ސެމީ ފައިނަލްގެ ދެ މެޗު ކުޅޭނީ ޖޫން 27 ވަނަ ދުވަހު އެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވާ ތާރީހަކީ ޖުލައި ހަތަރެކެވެ. 

https://www.fahuminet.com/tournaments/kidsal-2026

ކިޑްސަލް ރަސްމީކޮށް އިފްތިތާހްކުރުމުގެ ގޮތުން މިދިޔަ ހުކުރު ދުވަހު ވަނީ ހާއްސަ ހަރަކާތެއް ބާއްވައިފަ އެވެ. މި ހަރަކާތުގައި މިފަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުތަކާއި ގައުމީ ފުޓްސަލް ޓީމުގެ ބައެއް ކުޅުންތެރިން ބައިވެރިވެފައިވެ އެވެ. އަދި މުބާރާތުގެ ޓްރޮފީ ދައްކާލުން ވެސް އެ ހަރަކާތުގައި ކުރިއަށްގެންގޮސްފައިވެއެވެ. 

ކްލަބް މޯލްޑިވްސްގެ ހަތް މުބާރާތެއް މިއަހަރު ކުރިއަށްދާނެ އެވެ. މިހާރު ކުރިއަށްދަނީ ކިންގްސް ކަޕްގެ މެޗުތަކެވެ. 

https://www.fahuminet.com/predict/login

މިއަހަރުގެ ކްލަބް މޯލްޑިވްސް ސީޒަނުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ފަހުމިނެޓް" އެވެ. މި ނޫސް މެދުވެރިކޮށް މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތުތައް ލިބޭނެ އެވެ. އަދި ކިންގްސް ކަޕަށް ހާއްސަކޮށްގެން ޕްރިޑިކްޝަން ޗެލެންޖެއް ވެސް މިހާރު ވަނީ ފަށައިފަ އެވެ. 

ކޮމެންޓްސް

Matches
4
Ongoing
2
Upcoming
Settings
world cup