Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ކިންގްސް ކަޕްގައި ދެ ގްރޫޕެއްގެ ފަހު ހަނގުރާމަ މިރޭ
ކިންގްސް ކަޕްގައި ދެ ގްރޫޕެއްގެ ފަހު ހަނގުރާމަ މިރޭ
ކިންގްސް ކަޕްގައި އެސްޓީއޯ އަތުން ޗެމްޕިއަން އާރްއާރްސީ ބަލިވި މެޗުގެ ތެރެއިން. މިރޭ އާރްއާރްސީ ނުކުންނާނީ މަރުގެ މެޗަކަށް. ފޮޓޯ: ކްލަބް މޯލްޑިވްސް

ކިންގްސް ކަޕްގައި ދެ ގްރޫޕެއްގެ ފަހު ހަނގުރާމަ މިރޭ

ފަހުމިނެޓް
ފަހުމިނެޓް
12 ގަޑިއިރު ކުރިން 5 ޖޫން 2026

މިހާރު ކުރިއަށްދާ ކިންގްސް ކަޕްގެ ގްރޫޕް ސްޓޭޖުގައި މިރޭ ދެ ގްރޫޕެއްގެ އެންމެ ފަހު މެޗުތައް ކުޅޭނެ އެވެ. ކްލަބް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގައި މިރޭ ކުޅޭނީ ގްރޫޕް ބީ އާއި ސީ ގެ އެންމެ ފަހު މެޗުތަކެވެ.

މިރޭ 08:30 ގައި ފުރަތަމަ ކުޅޭނީ ގްރޫޕް ބީގެ ދެ މެޗެވެ. އޭގެ ތެރެއިން އެއް މެޗުގައި ރޯޑް ރިކްރިއޭޝަން ކްލަބް (އާރުއާރުސީ) އާއި، ފުވައްމުލައް ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ) ވާދަކުރާއިރު ދެން ކުޅޭ މަޗުގައި ވާދަކުރާނީ އެސްޓީއޯ ރިކްރިއޭޝަން ކްލަބާއި، ހޯކްސް އެވެ.

ގްރޫޕް ބީގެ ފަހު މެޗުތަކަށް ޓީމުތަކުން ނުކުންނައިރު ހޯކްސް އާއި އެސްޓީއޯއިން ވަނީ ކުއާޓާގެ ޖާގަ ކަށަވަރުކޮށްފަ އެވެ.

ކޮންމެ ގްރޫޕަކުންވެސް އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމުގެ އިތުރުން ކޮންމެ ގްރޫޕަކުންވެސް ތިންވަނައަށް އަންނަ ޓީމުތަކުގެ ތެރެއިން އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމަށް ކުއާޓާ ފައިނަލުން ޖާގަ ލިބޭ ގޮތަށް އޮތުމާއެކު އާރްއާރްސީ އަށާއި، ފިސްޑާ އަށް ހަނި ފުރުސަތެއް އަދި އެބަ އޮތެވެ. އެކަމަކު ދެން އޮތް ދެ ގްރޫޕްގައި މިވަގުތު ތިންވަނައިގައި އޮތް ޓީމަށް މިހާރުވެސް ތިން ޕޮއިންޓް ލިބިފައިވާއިރު އާރްއާރްސީ އާއު ފިސްޑާ މިރޭ ކުޅޭ މެޗުން ކޮންމެ ޓީމެއް މޮޅުވިޔަސް އެ ޓީމަކަށް ކުއާޓާގެ ޖާގަ ލިބޭކަން ޔަގީންވާނީ އަނެއް ދެ ގްރޫޕްގައި ކުޅޭ މެޗުތަކުގެ ނަތީޖާއަށް ބެލުމަށްފަހު އެވެ.

https://fahuminet.com/tournaments/kings-cup-2026

ގްރޫޕް ސީގައި ކުޅޭ މެޗުތައް މިރޭ 10 ޖަހާއިރު ފަށާގޮތަށް ހަމަޖެހިފައިވާ އިރު އެއް މެޗުގައި ވާދަކުރާނީ ކޯރާކޯރާ މޯލްޑިވްސް އާއި ސްޓެލްކޯ ރިކްރިއޭޝަން ކްލަބެވެ. އަނެއް މެޗުގައި ބައްދަލުކުރާނީ ކޮންރެޑް މޯލްޑިވްސް އާއި ކްލަބް ބިނާރާ އެވެ.

މިރޭގެ މެޗުތަކަށް ގްރޫޕް ސީގެ ޓީމުތައް ނުކުންނައިރު ކުއާޓާގެ ޖާގަ ކަށަވަރުވެފައި އަދި އޮތީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ހަ ޕޮއިންޓާއެކު އެއްވަނައިގައި އޮތް ކޯރާކޯރާ އަށް އެކަންޏެވެ. ސްޓެލްކޯ އާއި ކޮންރެޑަށް ތިން ޕޮއިންޓް ލިބިފައިވާއިރު ގޯލްގެ ތަފާތުން ކުރީގައި އޮތީ ސްޓެލްކޯ އެވެ. ކްލަބް ބިނާރާއަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

https://fahuminet.com/predict

ކްލަބް މޯލްޑިވްސް މި ސީޒަނުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ފަހުމިނެޓެވެ. މި ނޫހުގެ ފަރާތުން ވަނީ ކިންގްސް ކަޕްގައި ސްކޯ ދިމާކޮށްގެން އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ. 

ކޮމެންޓްސް

Matches
3
Ongoing
3
Upcoming
Settings