Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖު މިއަދު ފަށަނީ، ނައިފަރު ޗެލްސީ ހުއްޓުވޭނެތަ؟
ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖު މިއަދު ފަށަނީ، ނައިފަރު ޗެލްސީ ހުއްޓުވޭނެތަ؟
ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖުގެ މިދިޔަ އަހަރުގެ ތެރެއިން. މިއަހަރުގެ މުބާރާތް މިއަދު ފަށާނެ. ފޮޓޯ: ކުރެންދޫ ކައުންސިލްގެ އިދާރާ

ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖު މިއަދު ފަށަނީ، ނައިފަރު ޗެލްސީ ހުއްޓުވޭނެތަ؟

ފަހުމިނެޓް
ފަހުމިނެޓް
15 ގަޑިއިރު ކުރިން 5 ޖޫން 2026

ޅ. ކުރެންދޫ ކައުންސިލް އިދާރާ އާއި އެރަށް އިޖުތިމާއީ މަރުކަޒު ގުޅިގެން އިންތިޒާމުކުރާ ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖު 2026 މިއަދު ފަށަން ތައްޔާރުވެއްޖެ އެވެ.

ޅ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި މިފަހަރު ޖުމްލަ 10 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ކުރެންދޫއިން ބައިވެރިވާ ފަސް ޓީމަކާއި، ނައިފަރަށް ނިސްބަތްވާ ދެ ޓީމަކާއި، ހިންނަވަރު އަދި އޮޅުވެލިފުށިގެ ޓީމެއްގެ އިތުރުން ޅ. އަތޮޅު ޕޮލިސް ރިކްރިއޭޝަން ކްލަބް ހިމެނެ އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ މި މުބާރާތް މިއަދު ހަވީރު ފަށާއިރު މިއަދާއި މިރޭ ޖުމްލަ ކަތަރު މެޗު ކުޅޭގޮތަށް ވަނީ ތާވަލް ކޮށްފަ އެވެ. މިއަދު ހަވީރު 4 ޖަހާއިރު މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ ހިންނަވަރަށް ނިސްބަތްވާ މަކާއު އާއި  ކުރެންދޫގެ ޓީމެއް ކަމަށްވާ ހުދުހާ އެވެ. ހަވީރު ކުޅޭ ދެވަނަ މެޗުގައި 5 ޖަހާއިރު ބައްދަލުކުރާނީ ކުރެންދޫއަށް ނިސްބަތްވާ ދެ ޓީމު ކަމަށްވާ ޒިފިއަސް އާއި ކްލަބް މާމަ ޓީމެވެ.

މުބާރާތުގައި މިއަދަށް ތާވަލުކޮށްފައި ހުރި މެޗުތަކުގެ ތެރެއިން އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވެނީ މިރޭ ކުޅޭ މެޗުތަކެވެ. މިރޭ ކުޅޭ ދެ މެޗުގެ ތެރެއިން 08:30 ގައި ފަށާ މެޗުގައި ވާދަކުރާނީ އޮޅުވެލިފުށިން ބައިވެރިވާ މޮނާކީ އެފްސީ އާއި ނައިފަރަށް ނިސްބަތްވާ ޓީމެއް ކަމަށްވާ އެޕެކްސް އެވެ. މިރޭގެ ފަހު މެޗު 09:30 ގައި ފަށާ ގޮތަށް ހަމަޖެގހިފައިވާ އިރު އެ މެޗުގައި ވާދަކުރާނީ ޕޮލިސް ރިކްރިއޭޝަން ކްލަބާއި، ނައިފަރު ޗެލްސީ އެވެ.

ކޮންމެ ގްރޫޕަކުންވެސް އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމު މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރާ ގޮތަށް މުބާރާތް ރާވާފައިވާއިރު ގްރޫޕް ސްޓޭޖްގެ މެޗުތައް އަންނަ އަންގާރަ ދުވަހާ ހަމައަށް ކުރިއަށް ދާނެ އެވެ. މުބާރާތުގެ ސެމީފައިނަލްގެ ދެ މެޗު މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ކުޅޭ ގޮތަށް ހަމަޖެހިފައިވާ އިރު ފައިނަލް މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ 13 ވަނަ ދުވަހުގެ ރެ އެވެ.

https://fahuminet.com/tournaments/loi-kurendhoo-futsal-challenge-2026

ޗެމްޕިއަން ޓީމަށް 50,000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 30,000 ރުފިޔާ ދޭ ގޮތަށް ހަމަޖެހިފައިވާ މި މުބާރާތް މިހާތަނަށް ނައިފަރު ޗެލްސީ ނޫން އެހެން ޓީމަކަށް ކާމިޔާބުކުރެވިފައެއް ނުވެ އެވެ.

ފުރަތަމަ މުބާރާތުގައި އެމްއެންޑީއެފް ނޮދަން ކޮމާންޑްގެ ޓީމަކާ ފައިނަލްގައި ވާދަކޮށް ނައިފަރުި ޗެލްސީން ތަށި ހޯދިއިރު މުބާރާތުގެ ތަށި އެ ޓީމުން މިދިޔަ އަހަރު ދިފާއުކޮށްފައިވަނީ އޮޅުވެލި ފުށިން މި މުބާރާތުގައި ވާދަކުރާ މޮނާކީ އެފްސީ ފައިނަލްގައި ބަލިކުރުމަށް ފަހު އެވެ.

ނައިފަރު ޗެލްސީ އަކީ ފުޓްސަލްގެ އިތުރުން ފުޓްބޯޅައިގައިވެސް ކާމިޔާބު ކްލަބެލެވެ. އެޓީމު ވަނީ ރާއްޖޭގައި ބާއްބާ އެންމެ އަގު ބޮޑު އެއް ފުޓްބޯޅަ މުބާރާތް ކަމަށްވާ ދި މެންގްރޫވް އައިކެންޑް ފުޓްބޯލް ޗެމްޕިއަންޝިޕްގެ ތަށި މިއަހަރު އުފުލާލައިފަ އެވެ.

https://fahuminet.com/predict

ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖު 2026 ގެ މީޑިއާ ޕާޓްނަރަކީ "ފަހުމިނެޓް" އެވެ. މުބާރާތުގެ ހުރިހާ މެޗެއްގެ ލައިވް ސްކޯ އާއި އެންމެ ފަހުގެ މައުލޫމާތު މި ނޫހުގެ ވެބްސައިޓްގައި މުބާރާތަށް ހާއްސަކޮށްފައިވާ ޕޭޖުން ފެންނާނެ އެވެ. މީގެ އިތުރުން މުބާރާތުގެ މެޗުތަކުގެ ސްކޯ ދިމާކޮށްގެން އިމާމު ހޯދުމުގެ ފުރުސަތުވެސް މި ނޫހުން ވަނީ ހުޅުވާލައިފަ އެވެ.

ކޮމެންޓްސް

Matches
3
Ongoing
3
Upcoming
Settings