Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / އެއް މެޗު ބާކީ އޮއްވައި ރާއްޖެއަށް މުބާރާތް ނިމިއްޖެ
އެއް މެޗު ބާކީ އޮއްވައި ރާއްޖެއަށް މުބާރާތް ނިމިއްޖެ
ރާއްޖެ އާއި ޕާކިސްތާން ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ޕްރެސް ފޮޓޯސް

އެއް މެޗު ބާކީ އޮއްވައި ރާއްޖެއަށް މުބާރާތް ނިމިއްޖެ

ފަހުމިނެޓް
ފަހުމިނެޓް
5 ގަޑިއިރު ކުރިން 4 ޖޫން 2026

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްގެންދާ ޑައިމަންޑް ޖުބިލީ އިންްޓަނޭޝަނަލް މުބާރާތުގައި، ބާކީ އެއް މެޗު އޮއްވައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު މުބާރާތުން ކަޓައިފި އެވެ. 

ރާއްޖެ މުބާރާތުން ކެޓީ މިއަދު ހަވީރު ގަލޮޅު ދަނޑުގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުން 3-0 އިން ބަލިވުމުންނެވެ. 

ލީގު ބުރުގެ ފުރަތަމަ މެޗުގައި ރާއްޖެ ވަނީ އަފްގާނިސްތާން އަތުން 1-0 އިން ބަލިވެފަ އެވެ. ރާއްޖެ އަށް ބާކީ އޮތީ ބަންގްލަދޭޝް މެޗެވެ. އެކަމަކު، އެ މެޗުން މޮޅުވިޔަސް ގަދަ ދެ ޓީމުގައި ހިމެނުމުގެ ފުރުސަތެއް ރާއްޖެއަކަށް ނެތެވެ. 

މިއަދުގެ މެޗުގައި ޕާކިސްތާނުން ތިން ގޯލު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. އެޓީމުގެ ފުރަތަމަ ގޯލު 54 ވަނަ މިނެޓުގައި ޖެހީ އުމަރު ނަވާޒެވެ. ދެ ވަނަ ގޯލު 83 ވަނަ މިނެޓުގައި ޖެހީ އަބްދުއްސަމަދު ޝަހްޒާދު އެވެ. 

ޕާކިސްތާން މެޗުގައި ދާދު ބޯޅަ ހިފައިގެން ދަނީ. ފޮޓޯ: ޕްރެސް ފޮޓޯސް
ޕާކިސްތާން މެޗުގައި ދާދު ބޯޅަ ހިފައިގެން ދަނީ. ފޮޓޯ: ޕްރެސް ފޮޓޯސް

ޕާކިސްތާނުގެ ފަހު ގޯލު 89 ވަނަ މިނެޓުގައި ޖެހީ ހާރޫން ރާޝިދު ފަހީމް ހާމިދު އެވެ.

މިއަދުގެ މެޗުގައި ރާއްޖޭގެ ޓީމުން ވެސް ވަނީ ފުރުސަތުތައް ތަނަވަސްކޮށް ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ. އެކަމަކު ގޯލު ސްކޯ ކުރުމުގައި ރާއްޖެ އަށް މިއަދު ވެސް މައްސަލަ ކުރިމަތިވީ އެވެ. 

https://www.fahuminet.com/tournaments/diamond-jubilee-international-football-tournament

މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ އަފްގާނިސްތާނާއި ބަންގްލަދޭޝް އެވެ. ރާއްޖޭގެ ފަހު މެޗުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނާނީ ޖޫން ހަތް ވަނަ ދުވަހުގެ ރެ އެވެ. 

ކޮމެންޓްސް

Matches
2
Ongoing
2
Upcoming
Settings