Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖުގެ ސްކޯ ދިމާކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު
ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖުގެ ސްކޯ ދިމާކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު
ކުރެންދޫ ފުޓްސަލް މުބާރާތުގެ މިދިޔަ އަހަރުގެ ފައިނަލް މެޗުގެ ތެރެއިން. މިއަހަރުގެ މުބާރާތުގެ މެޗުތަކުގެ ސްކޯ ދިމާކޮށްގެން އިނާމު ލިބޭ ފުރުސަތު ވަނީ ހުޅުވާލާފައި. ފޮޓޯ: ކުރެންދޫ ކައުންސިލް

ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖުގެ ސްކޯ ދިމާކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު

ފަހުމިނެޓް
ފަހުމިނެޓް
13 ގަޑިއިރު ކުރިން 3 ޖޫން 2026

އަންނަ ހުކުރު ދުވަހު ފަށާ ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖު 2026 ގައި ކުޅޭ މެޗުތަކުގެ ސްކޯ ދިމާކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު "ފަހުމިނެޓް" އިން ހުޅުވާލައިފި އެވެ.

މެޗުތަކުގެ ސްކޯ ދިމާކުރުމުގެ ފުރުސަތު އާންމުކޮށް އެންމެންނަށް ހުޅުވާލައިވާއިރު މިކަމަށްޓަކައި މި ނޫހުގެ ފަރާތުން ވަނީ ވެބްސައިޓްގައި ހާއްސަ ޕޯޓަލެއް ހަދައިފަ އެވެ. މުޅިން ހިލޭ ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މި ފުރުސަތުގައި، މުބާރާތުގެ ކޮންމެ މެޗެއް ފެށުމާ ހަމައަށް އެ މެޗެއްގެ ލަފާކުރާ ސްކޯ ޖެހުމުގެ ފުރުސަތު އޮންނާނެ އެވެ. ސްކޯ ދިމާކޮށްގެން އެ އެ ފަރާތަކަށް ލިބޭ ޕޮއިންޓާއި، ވާދަކުރާ ލީގެއްގައި އެމީހަކު އޮތް ވަނަ މެޗު ނިމުމާއެކު ޕޯޓަލުން ވަގުތުން ފެންނަން ހުންނާނެ އެވެ.

މީގެ އިތުރުން ސްކޯ ޕްރިޑިކްޓާ ޕޯޓަލްގެ ތެރެއިން ވަކިވަކި އާއިލާތަކަށް ނުވަތަ އޮފީސްތަކަށް ނުވަތަ ގްރޫޕްތަކަށް އެ ބައެއްގެ ތެރޭގައި ސްކޯ ދިމާކުރުމުގެ ލީގުތައް ހަދައި އެ ގްރޫޕްގެ ތެރެއިން އެންމެ މޮޅުވަނީ ކާކުތޯ ވެސް ބެލޭނެ އެވެ. ގްރޫޕްތަކުގެ ތެރޭގައި ސްކޯ ދިމާކުރުން ކުރިއަށްދިއަޔަސް އެ ގްރޫޕެއްގެ ތެރޭގައި ހިމެނޭ އެންމެންގެ ރޭންކު ވަކިން ފެންނަން ހުންނާނެ އެވެ. މިފަދަ ލީގުތައް ވަކިން ހަދާ ފަރާތްތަކަށްވެސް އެ ލީގެއްގައި ހޮވާ ވަނަތަކަށް ކަނޑައަޅާ އިނާމު ލީގުގައި ބައިވެރިވާ ފަރާތްތަކަށް ފެންނަ ގޮތް ހެދޭނެ އެވެ. އެކަމަކު މިފަދަ ލީގުތަކުގައި ދޭން ހުށަހަޅާ އިނާމުތަކަށް ޒިންމާ ވާނީ އެ ލީގެއް އުފައްދާ ފަރާތަކުންނެވެ.  

https://fahuminet.com/predict

ކުރެންދޫ ކައުންސިލް އިދާރާ އާއި އެރަށު އިޖުތިމާއީ މަރުކަޒު ގުޅިގެން ބާއްވާ ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖު 2026 ގައި ޖުމްލަ 10 ޓީމު ބައިވެރިވެފައިވާ އިރު މުބާރާތުގައި މިފަހަރު ކުޅޭގޮތަށް ހަމަޖައްސާފައިވަނީ ޖުމްލަ 23 މެޗެވެ.

މުބާރާތް ކުރިއަށްގެންދަން ނިންމާފައިފައިވަނީ ޓީމުތައް ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައިވެސް ފަސް ޓީމު ހިމެނޭ އިރު ގްރޫޕް އޭ ގައި ހިމެނެނީ މިދިޔަ އަހަރުގެ ރަނަރަޕް މަގާމު ހޯދި މޮނާކީ ފުޓްބޯލް   ކްލަބާއި، އެޕެކްސް އާއި، އެފްސީ ބަދަވީންގެ އިތުރުން މަކާއު އަދި ހުދުހާ އެވެ.

ގްރޫޕް ބީ ގައ ހިމެނެނީ މުބާރާތް މިދިޔަ ދެ އަހަރުވެސް ކާމިޔާބުކުރި ނައިފަރު ޗެލްސީ ސްޕޯޓްސް ކްލަބާއި، ޅ. އަތޮޅު ޕޮލިސް ރިކްރިއޭޝަން ކްލަބާއި، ކްލަބް މާމަ ޓީމުގެ އިތުރުންމީ މެންސް އަދި ޒިފިއަސް އެވެ.  

https://www.fahuminet.com/tournaments/loi-kurendhoo-futsal-challenge-2026

ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖުގެ މެޗުތައް މި މަހުގެ 05 ވަނަ ދުވަހު ފެށިގެން 13 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފއިވާއިރު މުބާރާތުގެ ގްރޫޕް ސްޓޭގައި ކުޅެންޖެހޭ މެޗުތަކަށް ފަހު ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ އަށް އަންނަ ޓީމު ކޮރޮސްކޮށް ވާދަކުރާނީ ސެމީ ފައިނަލްގަ އެވެ.

ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖް 2026 އަށް ފަހުމިނެޓް ސްކޯ ޕްރިޑިކްޓާ ޕޯޓަލްގައި ލީގު ސްޕޮންސާކޮށް އިނާމު ހުށަހެޅުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލެވިފަ އެވެ.

 

  

 

ކޮމެންޓްސް

Matches
2
Ongoing
2
Upcoming
Settings