Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ކިންގްސް ކަޕްގައި ފުވައްމުލަކާއި، އުތީމަށް މުހިންމު ރެއެއް
ކިންގްސް ކަޕްގައި ފުވައްމުލަކާއި، އުތީމަށް މުހިންމު ރެއެއް
އުތީމާއި އެމްޓީސީސީ ވާދަކުރި މެޗުގެ ތެރެއިން. މިރޭ އެޓީމު ނުކުންނާނީ އެޗްޕީއެސްއެންއާ ދެކޮޅަށް. ފޮޓޯ: ކްލަބް މޯލްޑިވްސް

ކިންގްސް ކަޕްގައި ފުވައްމުލަކާއި، އުތީމަށް މުހިންމު ރެއެއް

ފަހުމިނެޓް
ފަހުމިނެޓް
10 ގަޑިއިރު ކުރިން 2 ޖޫން 2026

ކިންގްސް ކަޕް 2026 ގައި މިރޭ ދެ މެޗު ކުޅޭއިރު، މި ދެ މެޗަކީ ވެސް ގްރޫޕް ސްޓޭޖުގައި ކުރިއަށް ދިއުމަށް ޓީމުތަކަށް މުހިއްމު މެޗުތަކެކެވެ. 

މިރޭ 8:30 ގައި ކުޅޭނީ ގްރޫޕް އޭގައި ހިމެނޭ އެޗްޕީއެސްއެން އާއި އުތީމު އެފްސީ އެވެ. އޭގެފަހުން މިރޭ 10 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީގައި ހިމެނޭ ހޯކްސް އާއި ފުވައްމުލަކު ފިސްޑާ އެވެ. 

މިއީ ކޮންމެ ޓީމަކުން ވެސް މުބާރާތުގައި ކުޅޭ ދެ ވަނަ މެޗެވެ. ފުރަތަމަ މެޗުގައި އުތީމު ވަނީ އެމްޓީސީސީއާ ވާދަކޮށް 1-4 އިން ބަލިވެފަ އެވެ. އަދި ކ. ގުރައިދޫ އަށް ނިސްބަތްވާ އެޗްޕީއެސްއެން ވަނީ އެއިޓީފޯ އެފްސީއާ ވާދަކޮށް 2-6 އިން ބަލިވެފަ އެވެ. 

މިރޭގެ މެޗަކީ މި ދެޓީމަށް ވެސް މުހިއްމު މެޗެކެވެ. މި މެޗުން މޮޅެއް ލިބޭ ޓީމަކަށް ގްރޫޕުގައި ކުރިއަށް ދިއުމުގެ އުއްމީދެއް ލިބޭނެ އެވެ. 

މިރޭ ކުޅޭ ފަހު މެޗަކީ ފުވައްމުލަކު ފިސްޑާ އަށް ޔަގީނުން ވެސް ވަރަށް ޗެލެންޖިން މެޗަކަށް ވާނެ އެވެ. އެޓީމު އެންމެ ފުރަތަމަ ކުޅުނު މެޗުގައި ވަރުގަދަ އެސްޓީއޯއާ ވާދަކޮށް 1-3 އިން ވަނީ ބަލިވެފަ އެވެ. 

ހޯކްސްއާ ދެކޮޅަށް ފުވައްމުލަށް ނުކުންނައިރު، ހޯކްސް އިން ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި މިދިޔަ އަހަރުގެ ޗެމްޕިއަން އާރްއާރްސީ 1-3 އިން ބަލިކޮށްފަ އެވެ. އާރްއާރްސީ ބަލިކުރި ހޯކްސް ޓީމު މިފަހަރުގެ ކިންގްސް ކަޕަށް ނުކުތީ ތަރިންނާ އެކު އެވެ. އާރްއާރްސީ އަތުން ހޯދި މުހިއްމު މޮޅާ އެކު ހޯކްސް އަށް ގިނަ ބައެއްގެ ސަމާލުކަން ވެސް ވަނީ ހުއްޓިފަ އެވެ. 

https://www.fahuminet.com/predict/login

މިރޭގެ މެޗުތަކުން ޓީމުތަކަށް މޮޅެއް މުހިއްމުވާ ސަބަބަކީ ގްރޫޕުގެ ގަދަ ދޭއްގައި ނުހިމެނިއްޖެ ނަމަ ތިން ވަނަ މަގާމް ހޯދުމެވެ. މުބާރާތުގެ ގަވާއިދު އޮތް ގޮތުން ތިން ގްރޫޕުގެ އެންމެ ކުރި ހޯދާ ދެ ޓީމުގެ އިތުރުން، އެންމެ މަތީ ނަތީޖާއިން ތިން ވަނައިގައި ނިންމާލާ ދެ ޓީމަކަށް ވެސް ކުއާޓާ ފައިނަލުގެ ޖާގައެއް ލިބޭނެ އެވެ. 

ކިންގްސް ކަޕްގައި މިއަހަރު 12 ޓީމު ވާދަކުރާއިރު، މި ޓީމުތައް ކަނޑައަޅާފައިވަނީ ކްލަބް މޯލްޑިވްސްގެ މުބާރާތްތަކާއި ރާއްޖޭގައި ބާއްވާ ބޮޑެތި ފުޓްސަލް މުބާރާތްތަކުގެ ޗެމްޕިއަނުންނާއި ރަނަރަޕް ޓީމުތައް ހިމެނޭ ގޮތަށެވެ. 

https://www.fahuminet.com/tournaments/kings-cup-2026

ކްލަބް މޯލްޑިވްސް ސީޒަނުގެ ހަތް މުބާރާތް މިއަހަރު ކުޅޭއިރު ކިންގްސް ކަޕަކީ ފުރަތަމަ މުބާރާތެވެ. މިއަހަރުގެ ކްލަބް މޯލްޑިވްސްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ފަހުމިނެޓް" އެވެ. 

މި ނޫހުން މެޗުތަކުގެ ލައިވްސްކޯގެ އިތުރުން ޕްރިޑިކްޝަން ޗެލެންޖެއް ވެސް ވަނީ ހުޅުވާލާފަ އެވެ. ޕްރިޑިކްޝަން ޗެލެންޖުގައި ސްކޯ ދިމާކޮށްގެން އަގުހުރި އިނާމުތަކެއް ލިބޭނެ އެވެ. 

ކޮމެންޓްސް

Matches
2
Ongoing
2
Upcoming
Settings