Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / އެންމެންގެ ލޯބި ހޯދި ދަގަނޑޭ ބައިނަލްއަގްވާމީ ސަތޭކަ މެޗު ހަމަކޮށްފި
އެންމެންގެ ލޯބި ހޯދި ދަގަނޑޭ ބައިނަލްއަގްވާމީ ސަތޭކަ މެޗު ހަމަކޮށްފި
ދަގަނޑޭގެ ބައިނަލްއަގްވާމީ ސަތޭކަ ވަނަ މެޗުގައި ކުޅެން އަރަނީ. ފޮޓޯ: ދި ޕްރެސް ފޮޓޯސް

އެންމެންގެ ލޯބި ހޯދި ދަގަނޑޭ ބައިނަލްއަގްވާމީ ސަތޭކަ މެޗު ހަމަކޮށްފި

ފަހުމިނެޓް
ފަހުމިނެޓް
1 ގަޑިއިރު ކުރިން 1 ޖޫން 2026

ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ގައުމީ ފުޓްބޯޅަ ޓީމުގެ ޖާޒީގައި ސަތޭކަ މެޗު މިރޭ ހަމަކޮށްފި އެވެ. 

އެންމެންގެ ލޯބި ހޯދާފައިވާ ދަގަނޑޭ ސަތޭކަ މެޗު ހަމަކުރީ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި މިރޭ އަފްގާނިސްތާނާ ދެކޮޅަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައިގެންނެވެ. 

މެޗުގައި ދަގަނޑޭ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރީ 84 ވަނަ މިނެޓުގައި ޑިފެންޑަރު ހުސައިން ސިފާއު ޔޫސުފް (ކުރޯ) ގެ ބަދަލުގަ އެވެ. ދަގަނޑޭ ކުޅެން އެރުމާއެކު އޭނާ އަށް ސަޕޯޓަރުން ވަނީ ހޫނު ތަރުހީބެއް ދީފަ އެވެ. 

ދަގަނޑޭ އަކީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ސަތޭކަ މެޗު ހަމަކޮށްދިން ދެ ވަނަ ކުޅުންތެރިޔާ އެވެ. މީގެކުރިން އެ ޝަރަފް ހޯދީ ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ އެއް ނަންބަރު ގޯލްކީޕަރު އިމްރާން މުހައްމަދު އެވެ. 

ގައުމީ ޓީމަށް 111 މެޗު ކުޅެދިނުމަށް ފަހު އިމްރާން ރަސްމީކޮށް ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 2016 ވަނަ އަހަރު އެވެ. އިމްރާން ވަނީ 1999 އިން ފެށިގެން 2016 އާ ހަމައަށް ގައުމީ ޓީމަށް ކުޅެފަ އެވެ. 

ދަގަނޑޭ ގައުމީ ޓީމަށް ސަތޭކަ މެޗު ހަމަކޮށްދިންއިރު، އެންމެ ފުރަތަމަ ގައުމީ ޖާޒީގައި ދަގަނޑޭ ފެނުނީ 2003 ވަނަ އަހަރު އެވެ. އޭގެފަހުން ދަގަނޑޭ އަކީ ރާއްޖޭގެ ގައުމީ ޓީމުގެ އެއް ވަނަ ކުޅުންތެރިޔާ އެވެ. އެކަމަކު އަނިޔާގެ ސަބަބުން މިދިޔަ އަހަރުތަކުގައި ގައުމީ ޓީމުގެ ގިނަ މެޗުތަކެއް ދަގަނޑޭ އަށް ގެއްލުނެވެ.

ޑައިމަންޑް ޖުބިލީ މުބާރާތުގައި އަފްގާނިސްތާނާ ދެކޮޅަށް ކުޅުނު ތާރީހީ މެޗުގައި ދަގަނޑޭ ބޯޅަ ފޮނުވާލަނީ. ފޮޓޯ: ދި ޕްރެސް ފޮޓޯސް
ޑައިމަންޑް ޖުބިލީ މުބާރާތުގައި އަފްގާނިސްތާނާ ދެކޮޅަށް ކުޅުނު ތާރީހީ މެޗުގައި ދަގަނޑޭ ބޯޅަ ފޮނުވާލަނީ. ފޮޓޯ: ދި ޕްރެސް ފޮޓޯސް

ދަގަނޑޭ ވަނީ ގައުމީ ޓީމަށް 58 ގޯލު ޖަހައިދީފަ އެވެ. ރާއްޖޭގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި އުޅެނީ ވެސް ދަގަނޑޭ އެވެ. 

ރާއްޖޭން ފުރަތަމަ ފަހަރަށް ފުޓްބޯޅައިން ރަން މެޑަލް 2008 ވަނަ އަހަރު ހޯދިއިރު ދަގަނޑޭ އަކީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އެވެ. އެ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ދަގަނޑޭ ހޯދި އެވެ. 

ގައުމީ ޖާޒީގައި ދަގަނޑޭގެ އުސްއަލިތަކަށް ބަލާއިރު، ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފް ހޯދުން ހިމެނެ އެވެ. އެ މުބާރާތުގައި ދަގަނޑޭ ވަނީ ޖުމްލަ 23 ގޯލު މިހާތަނަށް ކާމިޔާބުކޮށްފަ އެވެ. 

ފާހަގަކޮށްލެވޭ އަނެއް ކާމިޔާބީއަކީ 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ސްރީ ލަންކާއާ ދެކޮޅަށް ދަގަނޑޭ 6 ގޯލު ޖަހައި ދެ ހެޓްރިކް ފުރިހަމަކުރުމެވެ. އޭރު ދަގަނޑޭ އަކީ އޭޝިއާ ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭ، އަދި ދެކުނު އޭޝިއާގެ އޭރުގެ އެންމެ ހުނަރުވެރި ކުޅުންތެރިޔާ އެވެ. 

ދަގަނޑޭ ވަނީ އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީން ހޮވި، އޭޝިއާގެ އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުގެ ގަދަ 10 ގައި 2008 އަދި 2009 ވަނަ އަހަރު ހިމެނިފަ އެވެ. 

https://fahuminet.com/tournaments/diamond-jubilee-international-football-tournament

އިމްރާނާއި ދަގަނޑޭގެ އިތުރުން ދެކުނު އޭޝިއާ ސަރަހައްދުގެ ހަތަރު ކުޅުންތެރިއަކު ވަނީ ގައުމީ ޓީމަށް ސަތޭކަ މެޗު ހަމަކޮށްފަ އެވެ. އެއީ އިންޑިއާގެ ސުނިލް ޗެތުރީ އާއި އިންޑިއާގެ ބައިޗުން ބުޓިއާ އަދި ނޭޕާލުގެ ރޯހިތު ޗާންދްގެ އިތުރުން ނޭޕާލުގެ ގޯލްކީޕަރު ކިރަން ޝެމްޝޮން އެވެ. 

ކޮމެންޓްސް

Matches
4
Ongoing
2
Upcoming
Settings